އެމް ޑީ ޕީ، ނުވަތަ ރަސްމީ ނަމުން ނަމަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އުފެދުނީއްސުރެ އެޕާޓީގެ ޖަލްސާތަކުގަޔާއި އެސެމްބްލީތަކުގައި ސީޝެލްސްގެ ކުރިގެ ރައީސް ސަރ ޖޭމްސް މެންކަމް ބައިވެރި ވެ ވަޑައިގަންނަވާތަން އަންނަނީ ފެންނަމުންނެވެ.އެންމެ ފަހުން އިއްޔެ ބޭއްވުނު އެޕާޓީގެ ޖަލްސާގައިވެސް މީނާ ވަނީ ބައިވެ ވަޑައިގެންފައެވެ. މި ޖަލްސާ ގައި ވާހަކަ ފުޅު ދައްކަވަމުން ދިވެހި ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ވަނީ ސަރ މެންކަމަކީ ޑިމޮކްރަސީގެ ނަމޫނާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ޚާއްސަ ކޮށް ވެރިކަމުން ވަކިވެ ވަޑައިގެން އިދިކޮޅު ޕާޓީއެއްގެ ލީޑަރަކަށް ހުންނެވުމުގެ ބަދަލުގައި ކުރީގެ ރައީސުގެ ގޮތުގައި ހުންނެވުން އެމަނިކުފާނު ޚިޔާރު ކުރެއްވި ކަމުގައި ޢިއްޒަތްތެރި ރައީސް ނަޝީދު ވަނީ ވިދާޅު ވެފައެވެ. އެހެން ކަމުން މިފަދަ އަގުހުރި ނަމޫނާ ޝަޚުސިއްޔަތަކީ ކިހިނެއް އުފެދުނު ކިހާވަރެއްގެ ބެފުޅެއްތޯ ބަލާލުމަކީ ކޮންމެހެންވެސް ކުރަން ވެއްޖެ ކަމެއް ކަމުގައި ފެންނާތީ މިތާގައި މި ލިޔެލަނީ ސަރ ޖޭމްސް މެންކަމް އާ ބެހޭގޮތުން އެއްކޮށްލެވިފައިވާ ޚުލާސާ މަޢުލޫމާތު ކޮޅެކެވެ. Read the rest of this entry »
އެމް ޑީ ޕީ ގެ ޖަލްސާތަކުގައި ބައިވެރިވަމުންދާ ސީޝެލްގެ ކުރީގެ ރައީސް ސަރ ޖޭމްސް މެންކަމަކީ ކާކު؟
Posted by allaboutmaldives on July 24, 2009
Posted in Uncategorized | 2 Comments »
ސެންޓް ހެލީނާގައި ވަޒަންވެރި ވި ދިވެހިންނަކީ އަޅުންނެއް ނޫން
Posted by allaboutmaldives on July 22, 2009

ޖޯން ޓައިރަލް، އޭނާގެ މަޢުލުމާތު ޙިއްސާ ކޮށް ލައްވަނީ
ސެންޓް ހެލީނާ ގައި ދިވެހި އަޅުން ތަކެއް އަށާރަ ވަނަ ގަރުނުގެ ތެރޭގައި ވަޒަން ވެރިވެފައި ވާކަމަށާއި އެމީހުންގެ ނަމުން ނަންދީފައިފައިވާ މޯލްޑީވާ ކިޔާ ހިސާބެއް ރަށުގެ މެދުތެރޭގައި އޮންނަކަމުގައި ދިވެހި ރާއްޖޭގެ އެންމެ މަޝްހޫރު ދުވަހު ނޫސް ހަވީރުގައި ޝާއިޢު ކޮށްފައި ވި ކަމުގައި ވިޔަސް އެ ރަށުގައި ވަޒަން ވެރިވި މީހުންނަކީ އަޅުން ނޫންކަމުގައި ދިރާސާގެ އަލީގައި ސާބިތު ވެއްޖެއެވެ. ދިވެހި ބަޔަކު ސެންޓް ހެލީނާގައި އަޅުންގެ ގޮތުގައި ވަޒަންވެރި ވެފައިވާކަމަށް ހަވީރު ނޫހުގައި ލިޔުނު ލިޔުމުގައި ހޯދި މަޢުލޫމާތުގެ އަސްލެއް ކަމުގައި ބަލާފައި ވަނީ އިނގިރޭސި ރައްޔިތެއްކަމުގައިވާ ޖޯން ޓައިރަލް، ސެންޓް ހެލީނާ ޔަށް ކުރި ދަތުރާ ބެހޭގޮތުން އޭނާގެ އަމިއްލަ ބްލޮގުގައި ލިޔެފައިވާ ލިޔުމެކެވެ. މި ދެންނެވި ލިޔުމަށް ރިއާޔަތް ކޮށް ހަވީރު ނޫހުގައި ލިޔެފައިވާ ލިޔުމުގައި ހ. ޝަފީގު ގެ ޝަފީގާ ހަވާލާ ދެއްވައި ލިޔުމަށް އިތުރު ބާރު ގެންނަވާފައި ވެއެވެ. ޝަފީގު ވިދާޅުވެފައި ވާކަމުގައި ހަވީރު ނޫހުގައި އޮތް ގޮތުގައި ނަމަ އެފްރިކާޔާއި ޢަރަބި ކަރައިގެ އެކި ހިސާބުގައި ދިވެހިން އަޅުންގެ ގޮތުގައި މަސައްކަތް ކޮތްފައިވާކަން ޝަފީގަށް އެނގި ވަޑައިގަންނަވަވައެވެ. އެހެންނަމަވެސް ތާރީޚީ ގޮތުން ބަޔަކަށް ބަލައިގަނެވޭފަދަ އެއްވެސް ހެއްކެއް ނުވަތަ އެގޮތަށް އޭނާ އެވިދާޅުވަނީ ކޮން ކަމަކާ ހަވާލާ ދެއްވާ ކަމެއްވެސް ހާމަ ނުކުރައްވާ ތާނގައި ސެންޓް ހެލީނާގެ ވާހަކަ އިވިވަޑައިގަތުމުން ވެސް ޝަފީގު ވިދާޅުވި ކަމުގައި ވަނީ “ތިއީ މަޝްހޫރު ރަށެއް އިނގޭތޯއެވެ.” ތާރީޚީގޮތުން އެފަދަ މަޝްހޫރު ސެންޓް ހެލީނާޔަކީ ކޮން ތަނެއްކަން، އެތަން އެނގި ވަޑައިގަންނަވަނީ ކޮންގޮތަކުން ކަން، ބުނެދެވޭ ފެންވަރުގެ މަޢުލޫމާތެއްވެސް ޝަފީގުގެ ކިބައިގައި ނެތުމުން ތާރީޚީ މި މުހިންމު ހާދިސާގައި ޝަފީގަށް އެނގި ވަޑައިގަންނަވާ ކަމުގައި ވިދާޅުވާ މަޢުލޫމާތަކީ އެއްވެސް ބަރުދަނެއް ހުރި އެއްޗެއް ކަމުގައި ބެލެވޭކަށް ނެތެވެ. Read the rest of this entry »
Posted in Uncategorized | 1 Comment »
ރައީސް ނަޝީދަށް އެއް ކަމެއް ވެސް ނުކުރެއްވިގެން އުޅުއްވަނީ ކުރީގެ ސަރުކާރުން ކަންތައް ކޮށްފައި އޮތް ގޮތުންނެވެ
Posted by allaboutmaldives on July 16, 2009
ކޮއިމަލާ ކަލޯގެ މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް ހެދުން ރަނަގަޅު ވާނެ ކަމަށް ފެނޭ
ޙަގީގަތުގައި ވެސް ވަރަށް ބޮޑު ތެދެކެވެ. މިއަދު ދިވެހި ގައުމުގެ ހިންގެވުމާ ހަވާލުވެގެން ތިއްބެވި ވެރިންނަށް ދިވެހި ގައުމުގެ ތަރައްގީ އަށްޓަކާ ކަމުގައި ވިޔަސް ނުވަތަ އެނޫން ގޮތެއްގައި ވެސް ރަނގަޅޫ އެއްކަމެއްވެސް ނުކުރެވިގެން އުޅެނީ ކުރީގެ ސަރުކާރުން ކަންތައް ކޮށްފައި އޮތް ގޮތުން ނެވެ. އޭގެ މިސާލެއް ލިޔެލެވެން އަންނަނީ މިކަހަލަ ގޮތަކަށެވެ. Read the rest of this entry »
Posted in Uncategorized | Leave a Comment »
ޣައްސާނަށް ކެންޕޭނު ކުރެވޭ ފަދަ އަމާން މާހައުލަކަށް ތިމަރަ ފުށި ވާން އަދި ދެތިން އަހަރު ވަރު ނަގާނެ: ހޯމް މިނިސްޓަރ
Posted by allaboutmaldives on June 28, 2009
ތ. ތިމަރަފުށީ ދާއިރާގެ ވޯޓް ކެންސަލް ކޮށް އަލުން ވޯޓް ލުމަށް ހައި ކޯޓުން ކުރި އަމުރާ ގުޅިގެން އެދާއިރާގެ އިންތިޚާބީ ކެންޑިދޭޓެއް ކަމުގައިވާ ޣައްސާނު މައުމޫނަށް އެރަށުގައި އަމާން ކަމާ އެކު ކެންޕޭނު ކުރެވޭ ފަދަ މާހައުލެއްގާއިމު ކޮށް ދެއްވުމަށް ދެއަހަރެއްހާ ދުވަސް ވެސް ނަގައިފާނެކަމަށް ހޯމް މިނިސްޓަރު ވިދާޅު ވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކެމްޕޭނު ދަތުރު ފުޅެއްގައި ތިމަރަފުށްޓަށް ވަޑައިގަތުމުން އެކަމާ ބަޔަކު ހުރަސް އަޅައި އޭނާޔަށް ރަށަށް ފޭބުނަ ނުދިނުމުގެ ހާދިސާޔާ ގުޅިގެން ހަވީރު ނޫހުން ދެންނެވި ސުވާލެއްގެ ޖަވާބުގައެވެ. Read the rest of this entry »
Posted in Uncategorized | Leave a Comment »
މަރުހަބާ ރައީސް: ޑިމޮކްރަސީ ތިއޮތް ފައްކާ ވަނީއެވ
Posted by allaboutmaldives on June 1, 2009
ސަރުކާރުގެ އެންމެ އެތެރޭގެ ކަންތައް އެކަމެއް ހިނގުމުގެ ކުރިން ގެނެސްދޭ ބްލޮގެއް ކަމުގައިވާ އެމްވީ ޖާނަލިސްޓް ގައި “ނިއުމޯލްޑިވްސް ގެ އެރުމާއި ހުލިވުން” މި ސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުން ނިންމާލަމުން ލިޔެފައިވެއެވެ. “އަދި 28 މެއި އައިސް އާ ރައްޔެތުންގެ މަޖިލިސް ހުވާ ކުރިއިރުގައި އެބައެއްގެ ހިތި ނިމުމާއި ކުރިމަތި ލާފައިވަނީ ހަމައެކަނި ތަމަޅަ ޓައިގަރުންތޯ ބައެއް ފަރާތްތަކުން ސުވާލުކުރެއެވެ.” ޖަވާބު އައީ އެލިޔުން ޕަބްލިޝް ކުރި ދުވަހުގެ ފަހު ދުވަހު އެވެ. ޑޮކްޓަރ ޖަމީލް، އެމްޑީޕީ ކޯލިޝަނުން އުފެއްދި ސަރުކާރުގެ މިނިސްޓަރ ކަމުން ވަކި ކުރީ އެވެ. އެހިސާބުން ކުރިން ކުރެވުނު ސުވާލުގެ ޖަވާބު އަހަރެމެންނަށް ލިޔެވެން އޮތީ މިކަހަލަ ގޮތަކަށެވެ. އާނއެކެވެ. ތަމަޅަ ޓައިގަރުންގެ ވެރިޔާ ޕްރަބާކަރަންގެ މަސްގަނޑު އަންދާލެވެނުހެން، ފަސްބައިގައި ލައްކޮޅެއް ނެތް ތިން ޑޮކްޓަރުންގެ ގައުމީ ޕާޓީ ކަފުން ކޮށް ހަރަމަށް އަތް އެރުވީ އެވެ. ބާކީ އޮތީ ޖަނާޒާ އެވެ. ޖަނާޒާ ނިންމާލާނެ ދުވަހެއްވެސް އޮތީ ބަލަންތިބޭށެވެ. އެކަން އޮތީ ރައީސް ގެ އަތްޕުޅު ގައެވެ. Read the rest of this entry »
Posted in Uncategorized | Leave a Comment »
ނަނާ ހުވަފެން ދުށީމޭ، އަންނި ބުނިހެން ވެދާތީ: ރީކޯ މޫސާމަނިކު
Posted by allaboutmaldives on May 30, 2009

ރީކޯ މޫސަ ވިދާޅު ވާ ގޮތުގައި ކުރިޔަށް އޮތްތާގައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕި އަށް ތާއީދު ކުރާ މީހުން އިތުރު ވެގެންދާތަން ފެނިގެން ދާނެއެވެ. އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާ މުޚާޠަބު ކުރައްވައި މޫސާ މަނިކު މިދެއްކެވި ވާހަކަ ފުޅަކީ އެމީހުނަށް އަޑުއަހަން ވަރަށް ފަސޭހަ އަދި ގަބޫލު ކުރަން ވަރަށް ބޭނުން ވާހަ ފުޚަކަށް ވިއެވެ. އެމީހުނަށް ހަނދާން ނެތިފައި އޮތް ކަމަކީ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު މާ ކުރިން މި ވާހަކަ ފުޅު މިމޭރުމުން ދައްކަވައިފައި އޮތް ކަމެވެ. Read the rest of this entry »
Posted in Uncategorized | Leave a Comment »
ޑީއާރޕީ ގެ ކާމިޔާބީގެ ސަބަބުން ފިނިވެފައިވާ އެމްޑީޕީން އިއްތިހާދީންނަށް ގޮވައިލައިފި
Posted by allaboutmaldives on May 29, 2009

އެމްޑީޕީ އާ އެކު ވެރިކަން ހޯދުމަށް އިއްތިހާދުވި ޕާޓީ ތަކުގެ ތެރެއިން ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ފިޔަވައި ދެން ތިބި ހުރިހާ ފަރާތެއްވެސް އިއްތިހާދުގައި ބައިވެރިވީ އަމިއްލަ އެދުމަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވިތާ މާގިނަދުވަހެއް ނުވަނީސް ބޭއްވި ޢާންމު އިންތިޚާބުގައި ލިބުނު ނާކާމިޔާބާއި ގުޅިގެން އިއްތިހާދުގެ އެހީއަށް އެމްޑީޕީގެ ފަރާތުން އަލުން އެދެފިއެވެ. މިގޮތުން ސިޔާސީ ގޮތުން ބޮޑެތި ނާކާމިޔާބާ ކުރިމަތި ވެފައި ވާ ފަރާތްތައް ކަމުގައިވާ މޮނާޒާ ނަޢީމާއި އޭޑީކޭ ނާޝިދުމެން ފަދަ މީހުންނާ އެކު ރީކޯ މޫސާމަނިކު ވަނީ ނޫސް ކޮންފަރެންސެއް ބާއްވައި އިއްތިހާދު އެބައޮތްކަމާއި އިއްތިހާދުގެ އެންމެން ތިބީ އެކަތިގަނޑަކަށް ކަމުގައި ހާމަ ކޮށްފައެވެެ. ހަގީގަތުގައި ރައްޔިތުންގެ ސަޕޯޓެއް ނެތް އިއްތިހާދަކުން ކުރެވޭނީ ކޮން ކަމެއްތޯ އުފެދޭ ސުވާލަށް ދޭނޭ ޖަވާބެއް ރީކޯ މޫސާނިކަށް ވެސް އޮތް ކަމުގައި ދެންނެވޭ ކަށް ނެތެވެ. Read the rest of this entry »
Posted in Uncategorized | Leave a Comment »
ބިރު ދެއްކުމާއި އިންޒާރުގެ ތެރެއިން ވެސް ޑީއާރޕީ ވަރަށް ފުރިހަމަ ކާމިޔާބެއް ހޯދައި، މަޖިލީހުގެ ރައީސް ކަމާއި ނާއިބު ރައީސް ކަމުގެ ގޮނޑި ހޯދައިފި
Posted by allaboutmaldives on May 29, 2009


އިއްޔެ ހުވައިކުރި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސް ކަމުގެ ގޮނޑި ޑީއާރޕީ،ޕީއޭ ކޯލިޝަން ހޯދައިފިއެވެ. ބޮޑު ތަފާތަކުން އެމްޑީޕިގެ ކެންޑިޑޭޓުން ކަމުގައިވާ އިބުރާހިމް މުހަނމަދު ސާލިހާއި ހަމްޒާ ބަކލިކުރައްވައި ޑީއާރޕީގެ ކެންޑިޑޭޓް ޝާހިދަށް ރައީސްކަން ، ޕީއޭގެ ކެންޑިޑޭޓް ނާޒިމަށް ނައިބު ރައީސް ކަން ލިބުން ވެގެން ދިޔައީ ޑީއާރުޕީ އަށް ސިޔާސީގޮތުން މިފަހަކަށް އައިސް ހޯދުނު އެންމެ ކުލަގަދަ ކާމިޔާބު ކަމުގައެވެ. ހަމަ އެފަދައިން މި ނަތީޖާޔާ އެކު އެންމެ ބޮޑު އިދި ކޮޅު ޕާޓީ ޑީއާރޕީ އާއި ޕީއޭ ގުޅިފައިވާ ކޯލިޝަނަށް އަލަށް ހޮވުނު ރައްޔިތުންގެ މަޖިލީހުގައި ލިބިފައިވާ މަގާމު ހާމަވެގެން ހިނގައްޖެއެވެ. Read the rest of this entry »
Posted in Uncategorized | 2 Comments »
ހިފާ ހައްޔަރު ކުރުމުގެ ސިލްސިލާގެ ތެރެއިން: މައުމޫން ހައްޔަރު ކުރަން އުޅެ، އަތުވާ ގޮތެއް ނުވި
Posted by allaboutmaldives on May 27, 2009

ރައީސް ނަޝީދު ފައްޓަވައިފައިވާ ސިސްޓަމެޓިކް ގޮތެއްގައި މީހުން ހިފައި ކޑަހިނދު ކޮޅަކަށް ހައްޔަރު ކުރުމުގެ ޕްެގަރާމް ގެ ދަށުން ކުރީގެ ރައީސް މައުމޫން ޢަބްދުލް ގައްޔޫމް ހިފައި ހައްޔައރު ކުރުމުމަށް ރޭ މަސައްކަތް ކޮށްފިއެވެ.މި ޕްރޮގްރާމަކީ އާންމު ގޮތެއްގައި މީހުން ނިދާފައި ތިބޭ ގަޑިގައި ގޭ ގެޔަށް ވަދެ ހިފާ ހައްޔަރު ކޮށް ބިޑި އަޅުވާ ޕްރޮގްރާމެއް ކަމުން، ވާނުވާ ބެލުމަށްޓަކައި މައުމޫން އުޅުއްވާ ގެ ކޮޅު އަލިވާގެ ދޮށަށް ރޭ ދަންވަރު ގިނަ ޢަދަދެއްގެ ބަޔަކު އެއްވެ ތިއްބެވެ. މީގެ ތެރޭގައި މައުމޫނު ހައްޔަރު ވިޔަ ނުދޭން ޢަޒުމު ކަނޑައަޅައިގެން ތިބި އެމަނިކުފާނުގެ ސަޕޯޓަރުން ނާއި ވާނުވާ ބަލަން ގޮސް ތިބި މީހުން ވެސް ހިިމެނެއެވެ. Read the rest of this entry »
Posted in Uncategorized | Leave a Comment »
ޔާމީނު ޖިހާދު ިޢުލާން ކުރައްވައިފި: މައިދާން ކިހާ ހޫނެއް ވެދާނެބާ؟
Posted by allaboutmaldives on May 26, 2009

ފާއިތުވެ ދިޔަ ޢާންމު އިންތިޚާބުގައި ސަރުކާރު ހިންގާ އެމްޑީޕީގެ މައްޗަށް ޑީއާރޕީ އާއި ޕީއޭ ގުޅިފައިވާ ކޯލިޝަނަށް ލިބުނު ކާމިޔާބު ފާހަގަ ކުރުމުގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ޕީ އޭ ގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ދެން އޮތީ ވަރުގަދަ ގައުމީ ޖިހާދެއް ކަމުގައެވެ. ކޯލިޝަނުން މަޖިލީހަށް ހޮވި ވަޑައިގެންނެވި ފަރާތްތަކަށް އެމަނިކުފާނު ގޮވައިލެއްވީ ފަސް ޖެހުމެއް ނެތި އެ ޖިހާދަށް އެމަނިކުފާނުގެ ފަހަތްޕުޅުން ނިކުތުމަށެވެ. Read the rest of this entry »
Posted in Uncategorized | Leave a Comment »