Archive for the ‘Uncategorized’ Category
Posted by allaboutmaldives on February 6, 2012
ދިވެހި ސަރުކާރުން ރއްޔިތުންނާ ދެތެރޭ ހިންގަމުން ގެންދަ ނޭއްގާނި ކަންތަކަށް އެހީތެރި ވެ ދިވެހި ސިފައިން ދަނީ ރައީސް ނަޝީދު ވިދާޅު ވިހާ ކަމެއް ކުރަމުންނެވެ. އެންމެ ފަހުން ރައީސް ގެ ނޭއްގާނި ކަން އިންތިހާ އަށް ބޮޑުވި ހިނދު ދިވެހި ހިއްވަރުގަދ ފުލުހުން މިހާރު ވަނީ ރައްޔިތުންނާ އެއްކޮޅަށް ނިކުމެފައެވެ. ނަތީޖާއެއްގެ ގޮތުން މޫސާ އަލީ ޖަލީލު ވަނީ ހުރިހާ ފުލުހުން ހައްޔަރު ކުރުމަށް އަމުރު ނެރެފައެވެ. ސުވާލަކީ އާންމުންނާއި ފުލުހުން ނަށް އަނިޔާ ވެރިވެ އަނިޔާ ވެރިވެ ޣައްދާރު ވުމަށް ފަހު މޫސަ ގޮސް އޮންނާނީ ކޮންތާކު ބާވައެވެ.
ރައީސް ނަޝީދު ކުރައްވަމުން ގެންދަވަނީ ރަނގަޅު ކަން ތަކެއް ނޫން ކަން އެންމެ ކުޑަ ކުއްޖާޔަށް ވެސް އެނގެއެވެ. ޚުދު އެމަނިކުފާނުގެ ދޫފުޅުން ވެސް އެކަމަށް އެވަނީ އިގުރާރު ވެ ވަޑައިގެންފައެވެ. އެހެންކަމުން މިފަދަ އަމަލު ތަކަށް ކެތް ނުވެގެން ދިވެހި ހިތްވަރު ގަދަ ފުލުހުން މިހާރު ވަނީ ޢާންމުންނާ ގުޅިފައެވެ. އެމީހުން ހައްޔަރުކޮށް އަދަބު ދިނުމަށް އެމްޑީޕީ ގެ ޗެއާމަން ރީކޯ މޫސާ މަނިކު އެގޮވަލާ ގޮވާލުމަށް އިޖާބަދީ އެމީހުން ހައްޔަރުކުރުމުގެ ދަށު ދަރަޖައިގެ އަމަލު މިއަދު ކުރައްވަމުން އެ ގެންދަވަނީ ދިވެހިން އެއް ބަޔަކު ނުހަނު އިހުތިރާމް ކުރި ގައުމީ ބަތަލެއް ކަމުގައި ދުށް މީހެކެވެ.
މި ފުރުސަތުގައި މޫސާ އަލީ ޖަލީލަށް ދަންނަވަން އޮތީ ރައްޔިތުންނަށް ހަރާން ކޯރު ވެ ޚުދު މުޚުތާރު ވެރިކަމެއް ކުރަމުން ގެންދާ ވެރިޔަކަށް ކިޔަމަން ނުވެ ދިވެހި ރައްޔިތުންގެ ދިފާއުގައި ދިވެހި ފުލުހުންނާ އެކު ނުކުމެ ވަޑައިގަންނަވާށެވެ.
Posted in Uncategorized | 1 Comment »
Posted by allaboutmaldives on February 6, 2012
ރައީސް ނަޝީދު ވެރިކަމުގެ ކުރީ ކޮޅު ރާއްޖެ ޒިޔާރަތް ކުރި އިންޑިޔާގެ ނޫސްވެރިޔަކު އެގައުމުގެ ނޫހެއް ކަމުގައިވާ އޭޝިއަން އޭޖް ގައި ލިޔުނެވެ. ދިވެހި ރާއްޖޭގައި ހުންނަ އިންޑިޔާގެ އެމްބަސީއާ، މިވަގުތު ހަވާލު ވެފައި އޮތް އެންމެ ބޮޑު ޒިންމާ އަކީ ރާއްޖޭގެ މައި އެއާޕޯޓްގެ ކޮންޓްރޯލް އިންޑިޔާގެ ކުންފުންޏަކަށް ހޯދައި ދިނުމެވެ. އެއީ ޖީއެމް އާރަށް ދިވެހި ރާއްޖޭގެ ބައިނަލް އަގުވަމީ އެއާޕޯޓް ވިއްކާލުމުގެ ވާހަކަ ދެކެވެމުން ދިޔަ ދުވަސްވަރެ. މާގިނަ ދުވަހެއް ނުވަނީސް ސަރުކާރުން ވަނީ އެއާޕޯޓް ޖީއެމް އާރަށްދީފައެވެ. ދެމެދުގައި ވެވުނު އެއްބަސްވުމުގެ ތަފުސީލެއް ވެސް ބަޔަކަށް ނޭނގޭނޭ ހެން ސިއްރު ކޮށްފައެވެ
Read the rest of this entry »
0.000000
0.000000
Posted in Uncategorized, ދިރާސާ | 1 Comment »
Posted by allaboutmaldives on August 24, 2009
އިންޓަނޭޝަނަލް ސްކޫލް ތައް ހުންނަނީ ކޮން ތާކު؟
ކޮންމެއަކަސް ދިވެހިންނަށް އިންޓަނޭޝަނަލް ސްކޫލު މިވަނީ ވަރަށް މުހިންމު ތަނަކަށް ވެފައެވެ. މިހިސާބުން އުފެދޭ ސުވާލަކީ އިންޓަނޭޝަނަލް ސްކޫލް ދިވެހިންނަށް ދަސްވީ ކޮން ގޮތަކުން ބަވައެވެ. މިސުވާލުގެ ޖަވާބު ވަރަށް ފަސޭހައިން ލިބޭނެއެވެ. އަވަށްޓެރި ސްރީލަންކާޔާއި އިންޑިޔާ އަދި މެލޭޝީޔާގެ އިންޓަނޭޝަނަލް ސްކޫލު ތަކުގައި ދިވެހި ކުދިން ކިޔަވަން ތިބުމަކީ ފަހަކަށް އައިސް ޢާދަޔަކަށް ވަނީ ވެފައެވެ. އެހެންކަމުން ދިވެހިންނަށް އިންޓަނޭޝަނަލް ސްކޫލް ދަސްވެގެން އުޅެނީ އެގައުމު ތަކުން ކަމުގައި ވުމަކީ ވަރަށް ފަސޭހައިން ގަބޫލު ކުރެވިދާނެ ކަމެކެވެ. Read the rest of this entry »
Posted in Uncategorized | Leave a Comment »
Posted by allaboutmaldives on August 21, 2009
ދިވެހި ރާއްޖޭގެ ވެރިކަމަށް ދަހިވެތި ވެގެން އުޅުނު ދެތިން ޢާއިލާޔަކުން ފާއިތުވި ހައެއްކަ އަހަރުހިންގަމުން އައި ޢަމަލުތަކެއްގެ ނަތީޖާ އެއްގެ ގޮތުން ދެކުނު އޭޝިޔާގެ ބާރު ގަދަ ސިންގާ ކަމުގައިވާ އިންޑިޔާގެ ވަކިތަކުގެ ޝިކާރަޔަކަށް ދިވެހި ރާއްޖޭގެ މިނިވަންކަން ވެ ނިމި ދަނީއެވެ. ދުރާ ލައި ރޭވިގެން އައި މަކަރު ވެރި ރޭވުމެއްގެ ދަށުން ދިވެހި ރާއްޖެ އަޅުވެތި ކޮށް އިންޑިޔާގެ ބާރުގެ ދަށަށް ގެންދިއުމުގެ އެންމެ ފަހުގެ ނިންމުންތައް ނިންމުމަށް އިންޑިޔާގެ ދިފާޢީ ވަޒީރު އެންތަނީ މިއަދު ރާއްޖެ ވަޑައިގެންފިއެވެެ. އެ މަނިކުފާނުގެ މިދަތުރުފުޅުގައި ސޮއި ކުރެވެން އުޅޭ އެއްބަސްވުމަކީ ރާއްޖެއަށް ކިތަންމެ ނުރައްކާ ތެރި އެއްބަސް ވުމަކަށް ވިޔަސް ދިވެހި ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ މުހަންމަދު ނަޝީދަށް ކުރެއްވޭނެ އެއްކަމެއް ވެސް ނެތެވެ. އެމަނިކުފާނު ހުންނެވީ އެމަނިކުފާނުގެ އަމިއްލަ ބަހުރުވައިން ނަމަ ފައިން އެރިފައެވެ. ނަމަވެސް އަޅުގަނޑުމެންގެ ބަހުރުވަޔަށް މިބަސް ތަރުޖަމާ ކޮށްފައި ލިޔާ ނަމަ ލިޔެވޭނީ އެމަނިކުފާނު ހުންނެވީ ސޯޓް ފުޅު ބޭލުއްވެވިފައި ކަމުގައެވެ. Read the rest of this entry »
Posted in Uncategorized | Leave a Comment »
Posted by allaboutmaldives on August 19, 2009
ޢަބްދުﷲ ސަމީރު
ސްކޫލްތައް ޕްރައިވަޓައިޒް ކުރުމަކީ ރައީސް ނަޝީދުގެ އެމްޑީޕީ ސަރުކާރުގެ މައިގަނޑު ޕޮލިސީ ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކޮންމެވެސް ސިފައެއްގައި މިކަން ފެށިގެން ކުރިޔަށް ދާއިރު އާންމުންގެ މެދުގައި ވަނީ ފާޑެއްގެ ނުތަނަވަސް ކަމެއްވެސް އުފެދިފައެވެ. އަމިއްލަ ސްކޫލްތަކުގެ އަގު ބޮޑު ވުމާއި ކިޔަވާދޭ ގޮތާއި މެދު ކުރެވޭ ސުއާލުތަކަކީ ހަގީގަތުގައި އެކަށީގެންވާ ޖަވާބު މިހާތަނަށް ލިބިފައިވާ ސުވާލު ތަކަކަށް ނުވިޔަސް ސަރުކާރުގެ ސްކޫލްތައް އަމިއްލަ ފަރާތްތަކާ ހަވާލު ކުރުން ނުވަތަ “ވިއްކާ”ލުމުގެ މަޝްރޫއަކީ މިއަދުގެ އެޑިޔުކޭޝަން މިނިސްޓަރު އެންމެ ބުރަ ކޮށް ކުރައްވަމުން ގެންދަވާ އެއް މަސައްކަތް ޕުޅެވެ. މި ލިޔުމުގައި ބަލާލާނީ ދިވެހި ރާއްޖޭގެ ސްކޫލްތައް ޕްރައިވަޓައިޒް ކުރުމާ ބެހޭގޮތުން އުފެދޭ ބައެއް ސުވާލުތަކާއި، ކުރި އަރާފައިވާ ގައުމު ތަކުގެ ތަޢުލީމީ ނިޒާމު އޮންނަ ގޮތުގެ މައްޗަށް ރިޢާޔަތް ކޮށް އެސުވާލު ތަކަށް ލިބިގެންދާ ޖަވާބުގެ މައްޗަށެވެ.. Read the rest of this entry »
Posted in Uncategorized | Leave a Comment »
Posted by allaboutmaldives on August 18, 2009
ކުރީ ޒަމާނުގައި އިންޑިޔާއިން ގެންނަ ހިންދީ ފިލްމު ތަކުގައި ހުންނަނީ ބުޗާގެ ދޮންމަނިކުގެ ސޮއި ކޮށް ސެންސަރު ކޮށްފައެވެ. ފިލްމަކީ އިންޑިޔާގެ އޯޑިއަންސަށް ތައްޔާރު ކޮށްފައި ހުންނަ ފިލް މު ތައް ކަމުން ދިވެހި އޯޑިއަންސަށް ފެތޭ ގޮތަށް ސެންސަރު ކޮށްލަނީ އެވެ. ދިވެހިންނަށް މިފިލްމު ތައް އެޑިޓް ކޮށް އަލުން ބަދަލު ކުރުމުގެ ހައްގު ނޯންނާތީ ހަދާ ގޮތަކީ ކަމު ނުދާ ބައި ކޮންމެވެސް ގޮތަކަށް ގާނާ ލަނީ އެވެ. ފަހުން މިކަން އެޑްވާންސް ވެގެން ގޮސް މަންޒަރުގެ މައްޗަށް މަލެއް އަރުވާފައި ހުއްޓާ ވެސް ފެނެއެވެ. Read the rest of this entry »
Posted in Uncategorized | Leave a Comment »
Posted by allaboutmaldives on August 16, 2009
ދިވެހިންގެ ތާރީޚު އެނގެން ފެށި ހިސާބުން ފެށިގެންވެސް ދިވެހި ގައުމާ ތަފާތު ގޮތް ގޮތުން ތޮޅި ހަމަލާ ދެމުން އައި އިންޑިޔާ އަކީ މިޒަމާނުގެ މޮޑަން ދުނިޔެއަށް އަހަރެމެންނަށް ނޭވާ ލެވުނު އިރު ދިވެހި ރާއްޖެއިން ބަޔެއް ދަމައިގެންފައިވާ ގައުމެކެވެ. ހަގީގަތުގައި އިންޑިޔާގެ ބިޔަކަމާއި ހަތިޔާރުގެ ގިން ކަމާއި ތަންތަނަށް އަތް ގަދަ ކުރަން ހުރި ކެތް ބަލި ކަމަށް ބަލަ އިރު ދިވެހި ރާއްޖޭގެ މީހުން އުޅޭ އެންމެ ރަށެއް އެމީހުންގެ އަތުގައި އޮތް އޮތުމަކީ މާބޮޑު ކަމަކަށް ނުވެއެވެ. ކާބަފައިން ވަނީ އިންޑީޔާ މީހުން ރާއްޖެޔާ ތޮޅެން އައި ކޮންމެ ފަހަރަކު ނިކަން ރަނަގަޅަށް ރޭރު ކޮށްލާފައެވެ. މިނިވަން ކަމުގެ ތޢރީޚަށް ބަލާ އިރު ދިވެހިންނަކީ އިންޑިޔާ އަށް ވުރެ ފަޚުރު ވެރި ތާރީޚެއް އޮތް ގައުމެކެވެ. ރާއްޖެއާ ތޮޅެން އައި ކޮންމެ ބަޔަކާ ވެސް ކާ ބަފައިން ވަނީ ފިސާރި ކެރިގެން ކުރިމަތި ލާ ފައެވެ. މިގޮތުން އިންޑިޔާ ހިފައިގެން ތިބި ޕޯޗްގީޒުންނަށް ވެސް ރައްޖެޔާ ކުޅެން ހަދައިގެނ ލިބުނީ ބޮޑު ލަނޑެކެވެ. މިއިރު އިންޑިޔާ އިންޑިޔާ އަކަށް ވީ އިނގިރޭސީންގެ ސަބަބުންނޭ ދެންނެވިދާނެއެވެ. އެއިގެ ކުރިން މަޝްހޫރު މޯގަލުން ކުޅަ ވެރިކަން ފަދަ ވެރިކަމަކީ އެމީހުން ހިތް ނޭދުނަސް އިންޑިޔާގެ މުގައްދަސް ތާރީޚު ކަމުގައި ދައްކަން އޮތް އެމީހުން ހަތުރުން ކަމުގައި ބަލާ މުސްލިމުންގެ ވެރިކަމެވެ. Read the rest of this entry »
Posted in Uncategorized | 1 Comment »
Posted by allaboutmaldives on July 29, 2009
މަގުމަތިން އިވެމުން ދިޔަ އަޑުފަށް ގަނޑެއްގެ ތެރެއިން އިވެމުން ދިޔަ އެއް އަޑަކީ “ނާސިރަށް ބޮޑު ބޮޅެކޭ ނާސިރަށް” މި އަންބާ އެވެ. ގޭގެ ފެންޑާގައި ހުރެ މަގު މައްޗާ ދިމާޔަށް ބަލައިލީމެވެ. ބޮޑު ގާޑިޔާ އެއްގައި ނާސިރު ސިފަކޮށް ދޭ ގޮތަށް މީހަކު ހެދުން އަޅުވައިގެން އޭނަޔަށް ތަޅާ އަދަބު ދޭކަމުގައި ދޭހަވާ ކަހަލަ ރޯލް ޕލޭއެއް ކުޅެމުން މަގުމަތިން މަޑުމަޑުން ދިޔަ ގާޑިޔަލެކެވެ. ގާޑިޔާގެ ވަށައިގެން އެކި ފުރާގެ މީހުން ޖަމާވެ ތިބެގެން ކުރިން ބުނި ފަދަ އަންބާކިޔަމުން މަޑު މަޑުން އޮވެ ދެއެވެ. ކިތަންމެ ދާހިތް ވިޔަސް ބައްޕަ ފެންޑާގެ އުނދޯލީގައި އަވަށްޓެރިޔަކާ ވާހަކަ ދައްކަން ހުރުމުން ނުކުމެގެން ގާޑީޔާ ކައިރިޔަކަށް ދާކަށް ނުކެރުނެވެ. އެވަގުތު ބައްޕަ ޖެހިގެން ހުރި މީހާ ގާތުގައި ބުނެލިއެވެ. Read the rest of this entry »
Posted in Uncategorized | 1 Comment »
Posted by allaboutmaldives on July 26, 2009
ދިވެހި ރާއްޖޭގެ 45 ވަނަ މިނިވަން ދުވަސް މިއަދު ފާހަގަ ކުރަމުން ދާއިރު މިއަދު ގައުމު މިވަނީ ގައުމުގެ ޙަޔާތުގެ ވަރަށް ބޮޑު ބަދަލަކާ ކުރިމަތިލައި ފައެވެ. ދިވެހި ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީ އެއް ލިބި، އެ ޑިމޮކްރްސީ އިން ލިބުނު ބާރުގައި އަނެއް ރާއްޖޭގެ ނަމުގައި ވެރިކަމެއް ފެށިތާ އަދި ކިރިޔާ މިވީ ހައެއްކަ މަސް ދުވަހެވެ. މިނިވަން ދުވަހުގެ ބާނީ ކަމުގައިވާ ކުރީގެ ރައީސް އިބުރާހިމް ނާސިރު ދުނިޔެ ދުކުރައްވައި ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވިތާ ވެސް މިވީ ހަމަ އެހާކަށް ހާ ދުވަހެވެ. އެހެން ކަމުން ފާއިތުވެ ހައެއްކަމަސް ދުވަހުގެ ތެރޭގައި މިނިވަން ދިވެހި ރާއްޖޭގެ ނާ ކުރިޔަށް މިސްރާބަކާ މެދު ފުން ކޮށް ވިސްނާ ފިކުރު ކޮށްލުމަކީ ކޮންމެހެން ކުރަން ވީ ކަމެއް ކަމުގައި ފެނެއެވެ. Read the rest of this entry »
Posted in Uncategorized | 2 Comments »
Posted by allaboutmaldives on July 24, 2009
އެމް ޑީ ޕީ، ނުވަތަ ރަސްމީ ނަމުން ނަމަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އުފެދުނީއްސުރެ އެޕާޓީގެ ޖަލްސާތަކުގަޔާއި އެސެމްބްލީތަކުގައި ސީޝެލްސްގެ ކުރިގެ ރައީސް ސަރ ޖޭމްސް މެންކަމް ބައިވެރި ވެ ވަޑައިގަންނަވާތަން އަންނަނީ ފެންނަމުންނެވެ.އެންމެ ފަހުން އިއްޔެ ބޭއްވުނު އެޕާޓީގެ ޖަލްސާގައިވެސް މީނާ ވަނީ ބައިވެ ވަޑައިގެންފައެވެ. މި ޖަލްސާ ގައި ވާހަކަ ފުޅު ދައްކަވަމުން ދިވެހި ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ވަނީ ސަރ މެންކަމަކީ ޑިމޮކްރަސީގެ ނަމޫނާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ޚާއްސަ ކޮށް ވެރިކަމުން ވަކިވެ ވަޑައިގެން އިދިކޮޅު ޕާޓީއެއްގެ ލީޑަރަކަށް ހުންނެވުމުގެ ބަދަލުގައި ކުރީގެ ރައީސުގެ ގޮތުގައި ހުންނެވުން އެމަނިކުފާނު ޚިޔާރު ކުރެއްވި ކަމުގައި ޢިއްޒަތްތެރި ރައީސް ނަޝީދު ވަނީ ވިދާޅު ވެފައެވެ. އެހެން ކަމުން މިފަދަ އަގުހުރި ނަމޫނާ ޝަޚުސިއްޔަތަކީ ކިހިނެއް އުފެދުނު ކިހާވަރެއްގެ ބެފުޅެއްތޯ ބަލާލުމަކީ ކޮންމެހެންވެސް ކުރަން ވެއްޖެ ކަމެއް ކަމުގައި ފެންނާތީ މިތާގައި މި ލިޔެލަނީ ސަރ ޖޭމްސް މެންކަމް އާ ބެހޭގޮތުން އެއްކޮށްލެވިފައިވާ ޚުލާސާ މަޢުލޫމާތު ކޮޅެކެވެ. Read the rest of this entry »
Posted in Uncategorized | 1 Comment »