Archive for the ‘ޚަބަރު’ Category
Posted by allaboutmaldives on October 19, 2010
ކުރިޔަށް އޮތް ކައުންސިލް އިންތިޚާބުގައި ރައްޔިތުން އެމްޑީޕީ އާ ދެކޮޅަށް ވޯޓް ދީފިނަމަ އެމީހުނަށް ލިބެންޖެހޭ އަސާސީ ޚިދުމަތް ތައް ހޯދުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތި ލާން ޖެހޭނެ ކަމުގެ އިންޒާރު އެމްޑީޕީ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރ ޑޮކްޓަރ ޑީޑީ ދެއްވައިފިއެވެ
އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި އެޕާޓީގެ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑޮކްޓަރ ޑީޑީ ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ވެފައި ވާ ވައުދުތައް ފުއްދާނީ އެމްޑީޕީ އަށް ކައުންސިލް އިންތިޚާބު ކާމިޔާބު ވެއްޖެނަމައެވެ. އަދި މިހާރު ގެ ސިޔާސީ މަސްރަހު އޮތްގޮތުން އެމްޑީޕީ އަށް މި އިންތިޚާބު ކާމިޔާބު ވުމަކީ އެހާ ފަސޭހަ ކަމެއް ކަމުގައި ނުފެންނަ ކަމަށާއި އެހެން ކަމުން އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަށް އެމަނިކުފާނު ގޮވައި ލެއްވިއެވެ. Read the rest of this entry »
0.000000
0.000000
Posted in ޚަބަރު | 1 Comment »
Posted by allaboutmaldives on January 15, 2010
ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ އަނބިކަނބަލުން ދުއްވެވުމަށް ބޭނުން ފުޅު ކުރައްވާފައި ވަނީ ވަރަށް ބާ ކާރު ތަކެއް ކަމުގައި ފިނޭންސް މިނިސްޓްރީގެ ޕާމަނެންޓް ސެކެރޓެރީ އިސްމާޢީލް ޝަފީގު ވިދާޅު ވެއްޖެއެވެ.
ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ އަނބިކަނބަލުން ބޭނުން ކުރެއްވި ކާރު ކޮޅުތައް ނީލަމުގައި ވިއްކާލި ވިއްކާލުމާ ބެހެ ގޮތުން ވާހަކަފުޅު ދައްކަވަމުން ޝަފީގު ވިދާޅުވި ގޮތުގައި އެ ކާރު ތަކަކީ 5 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އަދި ވަރަށް ބޮޑަށް ބާ ވެފައިވާ ކާރު ތަކެކެވެ. މިގޮތުން 18 ކާރެއް ނީލަމަށް ލައިފައި ވާނެ ކަމުގައި އެމަނިކުފާނު ވިދާޅު ވިއެވެ. މިއީ މިހާރު ވެރިކަން ކުރާ ރައީސް ނަޝީދުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމާއެކު ސަރުކާރަށް މުޅިން އަލަށް ގެނައި ކާރު ތަކުގެ ޢަދަދާ ދާދި އެއްވަރުގެ ޢަދަދެކެވެ. Read the rest of this entry »
0.000000
0.000000
Posted in ޚަބަރު | 1 Comment »
Posted by allaboutmaldives on January 9, 2010

މައުމޫނުގެ ވެރިކަމުގައި ރީކޯ މޫސަޖަލަށް ލައި ފައި ވާނަމަ އޮންނާނީ ކޮންމެ ވެސް ބޮޑު ކުށެއް ކޮށްގެން ހުކުމެއް ކޮށްފައި ކަމުގައި ކުރީގެ ރައީސް މައުމޫން ވިދާޅު ވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދި އެފްއެމްގެ ވަންޓު ވަން ޕްރޮގްރާމުގައި އިއްޔެ ވާހަކަ ފުޅު ދައްކަވަމުންނެވެ. ރީކޯ މޫސަޔަށް ނަހައްގުން އަނިޔާދީ ޖަލަށް ލެވުނު ކަމުގެ ވާހަކަޔަކީ މޫސަ، ރައްޔިތުންގެ މަޖިލީހުގައި ވެސް އަދި އެނޫން ޖަލްސާތަކުގައި ވެސް ވަރަށް ގަދަޔަށް ދައްކަވާ ވާހަކައެވެ. މި ޕްރޮގްރާމަށް މިސުވާލު ހުށަހެޅިފައިވަނީ އެސް އެމް އެސް އެއްގެ ޒަރީއާއިންނެވެ. Read the rest of this entry »
0.000000
0.000000
Posted in ޚަބަރު | 5 Comments »
Posted by allaboutmaldives on January 8, 2010
ދިވެހި ރާއްޖޭގެ ވެރިކަން މިވަގުތު ކުރަމުން ގެންދާ ޕާޓީ އެމްޑީޕީގެ ގިނަ އަދަދެއްގެ ބަޔަކު އިއްޔެ މަގު މައްޗަށް ނުކުމެ އެ ޕާޓީގެ ސަގާފަތު ހިފެހެއްޓުމުގެ ގޮތުން މުޒާހަރާ އެއް ކޮށްފިއެވެ. މުޒާހަރާ ކުރުމާއި މަދަނީ ބަސްނޭހުމުގެ ހަރަކާތްތަކުން އެއްޒަމާނެއްގައި މަޝްހޫރު ވެފައިވާ އެމްޑީޕީ ގެ މެންބަރުން މި މުޒާހަރާ ކުރީ ދިވެހި ސަރުކާރުން ކަރަންޓުގެ ޚިދުމަތަށް ގެނައި ބަދަލާ ނުރުހިގެންނެވެ. މިގޮތުން މާލޭގެ ރައްޔިތުންގެ ފަރާތުން ބާއްވާ މުޒާހަރާ އެއްގެ ގޮތުގައި ސްޓެލްކޯ ކުރިމަތީގައި ތިބެ އަޑު އުފުލަމުން ގެންދިޔަ މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ އެމްޑީޕީގެ މެންބަރުންނެވެ. Read the rest of this entry »
0.000000
0.000000
Posted in ޚަބަރު | 1 Comment »