All About Maldives ______________އޯލް އެބައުޓް މޯލްޑިވްސް

Archive for the ‘ޚަބަރު ދިރާސާ’ Category

ޖިނންސް ބަދަލު ކުރުމާއި އެއް ޖިންސުގެ ގުޅުން ހިންގުމަކީ އެއްވެސް މައްސަލަ އެއް ނޫން ކަމުގައި އެމްޑީޕިގެ ޗެއާ ޕާސަން މާރިޔާ އަހްމަދު ދީދީ ވިދާޅު ވެއްޖެ

Posted by allaboutmaldives on June 10, 2011

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ހިމެނި ވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ އިސް ވެރިން ބައިވެރިވެ ވަޑައިގަންނަވައިގެން  ތޮއްޑޫގައި ބޭއްވި ހަފުލާއެއްގައި އެމްޑީޕީގެ ޗެއާ ޕާސަން މާރިޔަ އަހުމަދު ދީދީ އިސްލާމް ދީނަށް ވަރަށް ބޮޑަށް ފުރައްސާރަ ކުރައްވައިފިއެވެ. ހުޅަނގުގެ ލާދީނީ މީހުންގެ ތެރޭގައި ވެސް އަބުރު ވެރި މީހުން އަޑު އަހަން ކަމު ނުދާފަދަ ލަވަ ކިޔުމަށް މަޝްހޫރު ލޭޑީ ގާގާ ގެ ލަވައެއް ކަމުގައި ވާ “ބޯން ދިސްވޭ” (އުފަންވީ މިގޮތަށް) ތޮއްޑޫ ގައި ހަރު އަޑުން ވިދާޅު ވެ، މަރިޔާ ވަނީ އެލަވައިގައި ވާ އިސްލާމް ދީނާ ޚިލާފު ވާހަކަތަކަށް މުޖުތަމަޢުގެ ޒުވާނުންގެ ހިތް ތައް ލަންބުވާލުމަށް ބާރު އަޅުއްވާފައެވެ Read the rest of this entry »

Posted in ޚަބަރު ދިރާސާ | 2 Comments »

ދިވެހި ސަރުކާރުން ކަން ކަން ނިންމަން ޖެހެނީ އިންޑިޔާ ސަރުކާރުން އަންގާ ގޮތަކަށް: ޑޮކްޓަރ އާމިނަތު ޖަމީލު

Posted by allaboutmaldives on January 26, 2010

ދިވެހި ސަރުކާރުން ކަން ކަން ނިންމާ އިރު އިންޑިޔާ ސަރުކާރުން އަންގާ ގޮތަކަށް ތަބާ ވާން ޖެހޭ ކަމުގައި އެމްޑީޕީ ސަރުކާރުގެ މިނިސްޓަރެއް ކަމުގައިވާ ޑޮކްޓަރ އާމިނަތު ޖަމީލު ވިދާޅު ވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ދިވެހި ސަރުކާރުގެ ހޮސްޕިޓަލް ކަމުގައިވާ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އިންޑިޔާގެ އެޕޯލޯ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސް ވުމުގައި ސޮއި ކުރެއްވުމަށް ފަހު ދިވެހި ނޫސް ވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ. Read the rest of this entry »

Posted in ޚަބަރު ދިރާސާ | 3 Comments »

ސިވިލް ސާވިސް ކޮމިޝަނުން ކޮންމެ އެއްޗެކޭ ބުނި ކަމުގައި ވިޔަސް ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑު ނުކުރާނެ ކަމުގައި ފިޝަރީޒް މިނިސްޓަރ ވިދާޅު ވެއްޖެ

Posted by allaboutmaldives on January 26, 2010

ދިވެހި ސިވިލް ސާވިސް ކޮމިޝަނުން ކޮންމެ އެއްޗެކޭ ބުނި ކަމުގައި ވިޔަސް، ކޯޓަށް ދާނެ ކަމުގެ އިންޒާރު ދިން ކަމުގައި ވިޔަސް ސަރުކާރުން އެވާހަކަ އަޑު ނާހާނެ ކަމުގައި މަސް ވެރިކަމާ ބެހޭ މިނިސްޓަރު ދަތުގެ ޑޮކްޓަރ ޑީޑީ ވިދާޅު ވެއްޖެއެވެ. އެމަނިކުފާނު މިމޭރުމުން ވާހަކަ ފުޅު ދެއްކެވީ އެމްޑީޕީގެ ހަރުގޭގައި އޮތް ބައްދަލު ވުމެއްގައެވެ. މި ބައްދަލު ވުމުގައި އިތުރަށް ވާހަކަ ފުޅު ދައްކަވަމުން ޑރ. ޑީޑީ ވިދާޅު ވިގޮތުގައި ސިވިލް ސާވެންޓުންގެ މުސާރަ ބޮޑު ކޮށް ކުޑަކޮށް ހެދޭނީ މާލިއްޔަތާ ބެހޭ ގާނޫނުގެ ދަށުންނެވެ. މާލިއްޔަތާ ބެހޭ ގާނޫނަކީ ސިވިލް ސާވިސް ކޮމިޝަނުން ބޮޑުކުރި ކަމަށް އެންގި މުސާރަޔަށް ބަލައިގެން މުސާރަ ޝީޓު ހަދާ މުވައްޒަފުން ގޮވައިގެން ކޯޓަށް ދާނެ ކަމުގެ ބިރު ފިނޭންސް މިނިސްޓްރީ އިން ދިން އިރު ވެސް ހަވާލާ ދިން ގާނޫނެވެ. Read the rest of this entry »

Posted in ޚަބަރު ދިރާސާ | Leave a Comment »

އަހަރެންގެ ވެރިކަމެއްގައި ސަރުކާރުން ވިޔަފަރިޔެއް ނުކުރާނެ: ރައީސް ނަޝީދު،ރިސޯޓް ތައް ތަރައްގީ ކުރާނީ ސަރުކާރާ އަމިއްލަފަރާތަކާ ގުޅިގެން އުފައްދާ ޖޮއިންޓް ވެންޗާ ކުންފުންޏަކުން: މިނިސްޓަރ ސަވާދު

Posted by allaboutmaldives on January 3, 2010

ރާއްޖޭގެ ވެރިކަމާ ހަވާލު ވެ ވަޑައި ގެންނެވުމުގެ ކުރިން ރައީސް ނަޝީދު އެންމެ ހަރު އަޑުފުޅުން ދެއްކެވި އެއް ވާހަކަ ފުޅަކީ އޭރުގެ ސަރުކާރުން ވިޔަފާރި ކުރާ ވާހަކަ އެވެ.  ދިވެހި ރާއްޖެ، އެންމެ އެކަށީގެން ވާ ފެންވަރަށް ތަރައްގީ ނުވެގެން އުޅެނީ ސަރުކާރުން ހުރިހާ ކަމެއް ކުރާތީ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ވެރިކަމެއްގައި ސަރުކާރުން ވިޔަފާރި ކުރުން މުޅިން ހުއްޓަވާ ލައްވަވާނެ ކަމުގައި ވިދާޅުވިއެވެ. އެސްޓީ އޯއާއި ބޭންކް އޮފް މޯލްޑިވްސް އާއި އެނޫން ވެސް އެފަދަ ކުންފުނިތައް ޕްރައިވެޓައިޒް ކުރައްވައި ވިޔަފާރިޔަކީ އަމިއްލަ ފަރާތްތަކުން ކުރާ އެއްޗެއްގެ ގޮތުގައި ދޫކޮށް ލައްވަވާނެ ކަމުގައި ކެންޕޭނު ދުވަސްވަރު އެމަނިކުފާނު ހަރު އަޑުފުޅުން ވިދާޅުވިއެވެ. އެމަނިކުފާނު އޭރު ވިދާޅު ވި ގޮތުންނަމަ ވިޔަފާރި ކުރުމުން އެއްކިބާވެ އެމަނިކުފާނު ސަރުކާރުން ކުޅޭނީ ރެގިޔުލޭޓަރީ ރޯލެކެވ. މިއީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ކެންޕޭނު ވާހަކަފުޅުތަކުގައި ވަރަށް ގިނައިން ބޭނުން ކުރެއްވެވި ވާހަކަ ފުޅެކެވެ. Read the rest of this entry »

Posted in ޚަބަރު ދިރާސާ | 2 Comments »

ދިވެހި ސަރުކާރުން ދެކޭ ގޮތުގައި ފުވައްމުލަކަކީ، އެންމެ ރީތި، އެންމެ ތަރައްޤީ، އެންމެ ބޮޑު އެއްރަށް

Posted by allaboutmaldives on December 23, 2009

ރަސްމީ ދަތުރުފުޅެއްގައި ފުވައް މުލަކަށް ވަޑައިގެން ދިވެހި ރާއްޖޭގެ ނާއިބު ރައީސް ވިދާޅު ވިގޮތުގައި ދިވެހި ސަރުކާރުން ފުވައްމުލަކާމެދު ދެކެނީ އެއީ “އެންމެ ރީތި، އެންމެ ތަރައްގީ، އެންމެ ބޮޑު އެއް ރަށު”ގެ ގޮތުގައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރަށުގެ ބައެއް ޖަމްޢިއްޔާ ތަކުގެ އިސް މެންބަރުންނާ އެކު ބޭއްވެވި ބައްދަލު ވުމެއްގައި މެންބަރުން ދެންނެވި ސުވާލެއްގެ ޖަވާބުގައެވެ. ދިވެހި ސަރުކާރުން ފުވައްމުލަކާ ދޭތެރޭ އެގޮތަށް ދުށް ކަމުގައި ވިޔަސް ރަށުގެ ރައްޔިތުން ރަށާ ދޭތެރޭ ދެކޭ ގޮތް މިއާ ވަރަށް ތަފާތެވެ.

  Read the rest of this entry »

Posted in ޚަބަރު ދިރާސާ | Leave a Comment »

 
Follow

Get every new post delivered to your Inbox.