ދިވެހިންނަކީ މުސްލިމުން ކަމުގައި ވީހިނދު މިއަދުގެ ދުނިޔޭގެ ބާރު ގަދަ ގައުމު ތަކުން މުސްލިމުންނާ މެދު ދެކޭ ނިކަމެތި ގޮތުގެ ފައިދާ ހޯދައިގެން ބޭރު މީހުންގެ އެހީގައި ދިވެހި ރާއްޖޭގެ ވެރިކަމށް އައި މީހެއް ކަމުގައި ނޫން ގޮތަކަށް ކެނެރީގޭ ނަޝީދާ މެދު ބުނެވޭކަށް ނެތެވެ. ބޭރުގެ ބޮޑެތި ބާރު ތަކުގެ ތާއީދާއި އެހީތެރިކަމާއެކު ދިވެހި ރާއްޖޭގެ ވެރިކަން ކުރަން އުޅުނު ނަޝީދަކީ ޙަގީގަތުގައި ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ހެވަކާ މަންފާޔަކަށް އެދޭ މީހެއް ނޫނެވެ. Read the rest of this entry »
Archive for the ‘ސިޔާސީ ފަޑު ކިޔުން’ Category
ކެނެރީގޭ ނަޝީދު ސަލާމަތުން ހުރިހާ ހިނދަކު ދިވެހިންނަކަށް ހަމަ ނޭވާ ލެވޭކަށް ނެތެވެ
Posted by allaboutmaldives on February 8, 2012
Posted in ސިޔާސީ ފަޑު ކިޔުން | 4 Comments »
އަލްހާން ފހުމީގެ ސިކުނޑި ހަމަ ނުޖެހެނީ ހެއްޔެވެ ނޫނީ ބުއްދި ފިލީ ހެއްޔެވެ.
Posted by allaboutmaldives on February 7, 2012
ދިވެހި ރާއްޖޭގައި މިއަދު ވެސް ހިނގަމުން ދަނީ އެމްޑީޕީގެ ވެރިކަމެއް ކަމުގައި ވިދާޅުވެ ޑޮކްޓަރ މުހަންމަދު ވަހީދަކީ އެމްޑީޕީގެ ޓިކެޓް ގައި ނައިބު ރައީސް ކަމށް ހޮވި ވަޑައިގެންނެވި ބޭފުޅެއްކަމުގައި ވިދާޅުވުމުން އަލްހާނު ފަހުމީގެ ސިކުނޑި ހަމަ ޖެހޭތޯ ސުވާލު ކުރުމުގެ ފރުސަތު ހުޅުވިއްޖެއެވެ. ސަބަބަކީ ޚުދު އަލްހާނަކީ އެހެން ޕާޓީއެއްގެ ޓިކެޓް ގައި ވާދަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރުމަށް ފަހު ކުޑަ ލާރިކޮޅަކަށް އެމްޑީޕީއަށް ގޮނޑި ވިއްކައިލި މީހެއްކަން މިއަދު އަލްހާނު ހަނދުމަފުޅު ނެތީބާވައެވެ. އައްޑު އަތޮޅު ފޭދޫ މެމްބަރެއްގެ ގޮތުން އަލްހާނު ފުރުއްވާ ގޮނޑިއަކީ އެމްޑީޕީ ގެ ގޮނޑިއެއް ކަމުގައި ވާ ނަމަ މިއަދުގެ ދިވެހި ރާއްޖޭގެ ރައީސް މުހަންމަދު ވަހީދަކީ ދިވެހި ގައުމީއިއްތިހާދުގެ ރައީސަކަށް ނުވާން ވީ ސަބަބެއް ވެސް ނެތެވެ. Read the rest of this entry »
Posted in ސިޔާސީ ފަޑު ކިޔުން | Leave a Comment »
އެނދި ރަސްގެފާނާ އެނދި ފަނޑިޔާރު މަނިކުފާނާ އަދި އަލްހާން
Posted by allaboutmaldives on February 3, 2012
ދިވެހި ތާރީޚުން އެދި ރަސްގެފާނަކާ އެނދި ފަނޑިޔާރެއްގެ ވާހަކަ އެމަނިކުފާނު އައްސަވާކަމުގައި ވިދާޅުވެ އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ ފަނޑިޔާރުން ނަށް އަލިފާނުގެ އިންޒާރެއް ދެއްވައިފިއެވެ. ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާޒީންނާ ފަނޑިޔާރުންނަކީ ވަލު ދޮރާށިން ވަދެތިބި ބައެއް ކަމުގައި ވާހަކަ ދައްކަވަމުން ފަނޑިޔާރުން އަމިއްލަޔަށް ފަނޑިޔާރުގެ ތަކުން ނުނިކުމެއްޖެނަމަ ދެން ކަންތައް ވެދާނެ ގޮތުގެ ތަސައްވުރެއް ދެއްވަމުން އަލްހާނު ވިދާޅުވީ ތާރީޚުން އެނގެން އޮތް ގޮތުގައި ފަނޑިޔާރު އަންދާލީ ރަސްގެފާނު ވިދާޅުވި ގޮތަށް ޙުކުމް ނުކޮށްގެން ކަމުގައެވެ. އހެން ކަމުން މިހާރު ރާއްޖޭގ ކޯޓު ތަކުގައި ތިއްބެވި ފަނޑިޔާރުން މިކަމަށް ސަމާލު ވާނ ޖެހި ވަޑައިގަންނަވާ ކަމުގައި ފެނެއެވެ Read the rest of this entry »
Posted in ސިޔާސީ ފަޑު ކިޔުން | Tagged: adp, alhan, anni, maldives, nasheed | 1 Comment »
ޑޮކްޓަރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަށް ޖަމީލާއި އަބދުﷲ މުހަންމަދު ހައްޔަރުކުރުމުގެ ފަތުވާ ނެރެވުނީ އޮޅުމަކުން
Posted by allaboutmaldives on January 24, 2012
މުސްކުޅިން ބުނެ އުޅެއެވެ. މީހުން ދަސްވަނީ އެއް އޮޑިން ދަތުރު ކޮށްލީމައެވެ. ޑޮކްޓަރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަކީ މިގޮތަށް މަޑުމަޑުން ދިވެހިންނަށް ދަސްވަމުން އެނގެމުންދާ ބޭފުޅެކެވެ. ޤުރުއާނުގެ ޢިލްމުން ޕީ އެޗް ޑީ ނަންގަވައިގެން ވަޑައިގަތުމުން ގިނަބަޔަކު އެމަނިކުފާނަށް ގަދަރާ އިހުތުރާމް ކުރިއެވެ. ރާއްޖެއަށް ދިމާވި ޑިމޮކްރަސީގެ ކޮޅިކަނޑުގެތެރޭގައި ވެސް ޑޮކްޓަރ މަޖީދު ހުންނަވާ ކޮޅެއް ބަލައި އެކޮޅެއް ޚިޔާރު ކުރިމީހުންގެ ޢަދަދު ވެސް މަދެއް ނޫނެވެ. ރައީސް ނަޝީދުގެ ސަރުކާރުގެ ދީނީ މިނިސްޓަރ ގެ ހައިސިއްޔަތުން ޑޮކްޓަރ މަޖީދު ގެ ސިޔާސަތާއި އެމަނިކުފާނުގެ ޢަމަލުފުޅުތައް ރައްޔިތުން ނަށް މިއަދު މިދަނީ ވަރަށް ގާތުން ފެންނަމުންނެވެ. ފެންނަ ކަންތަކުގެ މައްޗަށް ބުރަވެ އެމަނިކުފާނުގެ އިލްމީ ބުރަދަނާ ސިޔާސީ ގާބިލް ކަން ހުރި މިންވަރު އެންމެންގެ ކުރިމަތީގައި މިއަދުމިދަނީ އެނގި ހާމަވަމުންނެވެ Read the rest of this entry »
Posted in ސިޔާސީ ފަޑު ކިޔުން | 2 Comments »
ސޯނިޔާ ގާންދީގެ މެސެޖެއް ރައީސް ނަޝީދަށް
Posted by allaboutmaldives on January 20, 2012
އިންޑިޔާގެ ވެރިކަން ކުރާ ޕާޓީގެ ލީޑަރ ސޯނކިޔާ ވިދާޅު ވިއެވެ. އެބައެއްގެ ބިމާ، ފެނާ، ކޯރުތަކާ، ފަރުބަދަތަކާ ވިއްކައިލައިގެން ލިބޭ ނަފަޔަކީ ތަރައްގީ އެއް ނޫނެވެ. އެވާނީ ކޮރަޕްޝަނަށެވެ. އެކަމަނާ މިހެން ވިދާޅުވީ މިހާރު އިންޑިޔާ ގައި ހިނގަމުންދާ އިލެކްޝަން ކެމްޕޭނުގައި، ބީޖޭޕީ ގެ ސަރުކާރަކުން ހިނގާ ސްޓޭޓެއްގައި ވާހަކަ ދައްކަވަމުންނެވެ. ބީޖޭޕީގެ ސްޓޭޓެއްގައި އެކަމަނާ މި ވާހަކަ ފުޅު ދެއްކެވި ކަމުގައި ވިޔަސް ހަގީގަތުގައި މި ވާހަކަ ފުޅު އެންމެ ފުރިހަމަޔަށް ނިސްބަތް ވަނީ އެކަމަނާގެ ސަރުކާރުގެ އެއްބާރު ލުމާ އެކު ދިވެހި ރާއްޖޭގެ ވެރިކަން ކުރައަވަމުން ގެންދަވާ ރައީސް ނަޝީދަށެވެ Read the rest of this entry »
Posted in ސިޔާސީ ފަޑު ކިޔުން | Leave a Comment »
ޝޭޚު ހުސޭނަކަށް ތިހެނެއް ނުކިޔޭނެ
Posted by allaboutmaldives on January 16, 2012
ޝޭޚު ހުސޭނު ބުންޏެވެ. މީހަކު މުރުތައްދު ވެއްޖެކަން ކަނޑައަޅާނީ ކޯޓުންނެވެ. މިއަޑު އަހާފައި އަޅެ ހިންޏެއް ނާދޭ ހެއްޔެވެ. މިއޮތް ހުރިހާ ދުވަހު އަހަރެމެން ހީކޮށްގެން ތިބީ މީސްތަކުންގެ އިސްލާންކަމާ ކާފަރު ކަން ކަނޑައެޅުމުގެ ފާހެއް މީނާ ގެ އަތުގައި އޮންނަކަމަށެވެ. މީނާ ބުނެފައި ވެއެވެ. މައުމޫނަކީ ކާފަރެކެވެ. އެ އަޑު އަހައި ގިނަބަޔަކު މައުމޫނު ދެކެ ބިރު ގަތެވެ. މުސްލިމަކު ކާފަރު ވެއްޖެއްޔާ އމީހަކީ މުރުތައްދު ވީ މީހެއް ކަމަށް ބަލައި ދީނުގައި އޮންނަ ހުކުމަކުން ހުކުމް ކުރަން ޖެހޭތީ މައުމޫނު މަރަން ވެސް ބަޔަކު ގޮވާލިއެވެ Read the rest of this entry »
Posted in ސިޔާސީ ފަޑު ކިޔުން | 1 Comment »
ހޯމް މިނިސްޓަރަކަށް ތިހެނެއް ނުކިޔޭނެ
Posted by allaboutmaldives on January 16, 2012
ޑޮކްޓަރ ޖަމީލާއި ސަންދާނު އަހުމަދު ދީދީއަށް އެމީހުން ދެއްކި ވާހަކަ ފުލުސް އޮފީހުގައި ސާބިތު ކޮށް ނުދެވުނު ކަމަށް ވިދާޅުވެ ދިވެހި ރާއްޖޭގެ ހޯމް މިނިސްޓަރ ހަސަން އަފީފު ދެއްކެވި ވާހަކަ ފުޅަކީ ތަންދޮރު ފިލާ ފައި ހުރި ކުޑަކުއްޖަކުވެސް ހަމަ ހޭގައި ހުރެގެން ދައްކާ ވަރަށް ވުރެ ދޯދިޔާ ވާހަކައެކެވެ. Read the rest of this entry »
Posted in ސިޔާސީ ފަޑު ކިޔުން | 1 Comment »
ރައީސް މީހާގެ ކެމްޕޭން، ރައްޔިތުމީހާގެ ފައިސާ: މިދެން ކޮން ވައްތަރު؟
Posted by allaboutmaldives on January 21, 2011
ރައީސް ނަޝީދު ވިދާޅު ވި ބަސްފުޅެއްގައި ވެ އެވެ. ރައީސް، ކެމްޕޭން ކުރެއްވުމަކީ މިއަދުގެ ސިޔާސީ ހަގީގަތެވެ. ވަރަށް ބޮޑު ތެދު ފުޅެކެވެ. ދެބަސް ވެވެން ނެތް ހަގީގަތެކެވެ. ޕާޓީ ސިސްޓަމެއްގައި ޕާޓީ އަށް ކާމިޔާބު ހޯދުމަށްޓަކައި ކުރެވޭ މަސައްކަތެއްގައި ރައީސް ބައިވެރި ވެ ވަޑައި ނުގެން، ދެން އެ މަސައްކަތް ކުރާނީ ފަހެ ކާކު ހެއްޔެވެ. އެއީ އެކަކު ވެސް އެކަމާ ސުވާލެއް ވެސް އުފައްދާނެ ކަމެއް ނޫނެވ. ސުވާލު އުފެދި ދެލޯ ބޮޑު ވާ ގޮތް ވަނީ ރައީސުލް ޖުމުހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ދިވެހި ރައްޔިތުންގެ ފައިސާ ޚަރަދު ކުރައްވައިގެން ކެންޕޭނު ކުރައްވަން ފައްޓަވާ ހިސާބުންނެވެ. އެއީ ރަޢީސް ނަޝީދު ވިދާޅު ވިޔަސް މިއަދުގެ ހޭލުންތެރި ދިވެހިން ގަބޫލު ކުރާނެ ވާހަކަޔަކަށް ނުވާނެއެވެ. މިހިސާބުން ދެން އުފެދިގެން އަންނަ ސުވާލަކީ އެމަނިކުފާނު ކެމްޕޭނަށް ބައިތުލް މާލުން ނުވަތަ ދިވެހި ސަރުކާރުގެ ބަޖެޓުން އެބަ ޚަރަދު ކުރައްވާ ހެއްޔެވެ. ޖަވާބު އަމިއްލަޔަށް ހޯއްދެވުމަށް އިތުރަށް ވިދާޅު ވާށެވެ. Read the rest of this entry »
Posted in ސިޔާސީ ފަޑު ކިޔުން | 1 Comment »
ސާކް ސަމިޓް ބާއްވަނީ އައްޑޫ ގައެވެ- ކޮން ފުވައްމުލަކެއް ހެއްޔެވެ
Posted by allaboutmaldives on January 5, 2011
އަބްދުﷲ ސަމީރު
ޖަޕާނާ ސައުތު ކޮރެއާ ގުޅިގެން ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް މީގެ އަހަރުތަކެއް ކުރީން ބޭއްވިއެވެ. މުބާރާތުގެ ބައެއް މެޗްތައް ކުޅުނީ ޖަޕާނުގައެވެ. އަނެއް ބައި މެޗް ތައް ކުޅުނީ ސައުތު ކޮރެއާގައެވެ. މުބާރާތަށްޓަކައި ދެގައުމުން ވެސް އިންވެސްޓުކޮށް ތައްޔާރު ވިއެވެ. މުބާރާތުން ލިބުނު ފައިދާވެސް ދެ ގައުމު ހިއްސާ ކުރިއެވެ. ދިވެހި ރާއްޖޭގައި މި އަހަރު ބާއްވަން ހަމަޖެހިފައިވާ ސާކް ސަމިޓް އައްޑުއާ ފުވައްމުލަކުގައި ބާއްވާ ވާހަކަ އިޢުލާން ކުރުމުން އެ ރީޖަނުގެ މީހުންނަށް އިހުސާސް ވެގެން ދިޔައީ އިސް ވެ ބަޔާން ކުރެވުނު ފަދަ ދެއަތޮޅު ގުޅިގެން ބާއްވާ ސަމިޓަކަށް މި ސަމިޓު ވެގެން ހިނގައިދާނެ ކަމުގައެވެ. އެހެނަސް ދިވެހި ގައުމުގެ ރައީސު ކަން މިވަގުތު ކުރައްވަމުން ގެންދަވާ ރައީސް ނަޝީދުގެ ފަލްސަފާ ދަންނަ މީހުނަށް މިވެސް ހަމަ އާދައިގެ ބަސް ފުރޮޅުއްވުމަކާއި ގުޅުން ހުރި ފަލްސަފާއެއްކަން އެނގޭކަށް ލަހެއް ފަހެއް ނުވިއެވެ. Read the rest of this entry »
Posted in ސިޔާސީ ފަޑު ކިޔުން | 2 Comments »
އަނެއް ރާއްޖޭގެ ދެވަނަ އުފަން ދުވަސް: އުފަން ދުވަހުގެ ހެޔޮ އެދުންތައް އަރިސް ކުރާނީ ކޮން ޢިބާރާތަކުން؟
Posted by allaboutmaldives on November 11, 2010
އަބްދުﷲ ސަމީރު
ދެހާސް ދިހަ ވަނަ އަހަރުގެ ނޮވެމްބަރު އެގާރަވަނަ ދުވަހުގެ އިރު އުދަރެހުން ފާއްދާލުމާ އެކު ދިވެހިން ދެކެމުން މިދާ އަނެއް ރާއްޖޭގެ ދެވަނަ އުފަން ދުވަހަށް އަލި ވިލުނީއެވެ. ޒަމާންތަކެއް ވަންދެން ރާއްޖޭގައި އޮތް ސިޔާސީ ވެށި، ކަމު ނުދާ ކަމަށް ބުނެ ރައްޔިތުންން ގެ އަތް ފޯރާފަށަށް ޚިދުމަތް ތައް ގެނެސް ދޭން ކަމަށް ވަޢުދު ވަމުން ގެނައި އަނެއް ރާއްޖެއަށް ދެއަހަރު ފުރޭއިރު އުފެދޭ ސުވާލަކީ ރާއްޖޭގެ ރައްޔިތުން ގެ ދިރިއުޅުމަށް އެއްވެސް ބަދަލެއް އައިސްފި ބާވައެވެ. އައިނަމަ އަޢީ ކޮން ކަހަލަ ބަދަލެއް ބާވައެވެ. Read the rest of this entry »
Posted in ސިޔާސީ ފަޑު ކިޔުން | 1 Comment »