ރައީސް ނަޝީދު ވެރިކަމުގެ ކުރީ ކޮޅު ރާއްޖެ ޒިޔާރަތް ކުރި އިންޑިޔާގެ ނޫސްވެރިޔަކު އެގައުމުގެ ނޫހެއް ކަމުގައިވާ އޭޝިއަން އޭޖް ގައި ލިޔުނެވެ. ދިވެހި ރާއްޖޭގައި ހުންނަ އިންޑިޔާގެ އެމްބަސީއާ، މިވަގުތު ހަވާލު ވެފައި އޮތް އެންމެ ބޮޑު ޒިންމާ އަކީ ރާއްޖޭގެ މައި އެއާޕޯޓްގެ ކޮންޓްރޯލް އިންޑިޔާގެ ކުންފުންޏަކަށް ހޯދައި ދިނުމެވެ. އެއީ ޖީއެމް އާރަށް ދިވެހި ރާއްޖޭގެ ބައިނަލް އަގުވަމީ އެއާޕޯޓް ވިއްކާލުމުގެ ވާހަކަ ދެކެވެމުން ދިޔަ ދުވަސްވަރެ. މާގިނަ ދުވަހެއް ނުވަނީސް ސަރުކާރުން ވަނީ އެއާޕޯޓް ޖީއެމް އާރަށްދީފައެވެ. ދެމެދުގައި ވެވުނު އެއްބަސްވުމުގެ ތަފުސީލެއް ވެސް ބަޔަކަށް ނޭނގޭނޭ ހެން ސިއްރު ކޮށްފައެވެ
Archive for the ‘ދިރާސާ’ Category
ތުނޑުހަސަނާ ޖެހުނު މީދާ : ދިވެހިންނަށް ފާވި ޖީ އެމް އާރ
Posted by allaboutmaldives on February 6, 2012
Posted in Uncategorized, ދިރާސާ | 1 Comment »
މުސްލިމު އުންމަތާ އެކަހެރިވެ އިޒުރޭލާ ގާތަށް ދިވެހިން ގެންދަނީ
Posted by allaboutmaldives on June 7, 2011
ދުނިޔޭގެ އެތައް މުސްލިމް ގައުމެއްގެ ތެރެއިން އެންމެ ދެތިން ގައުމު ފިޔަވައި އެހެން ގައުމު ތަކުން އިޒުރޭލުގެ މަތިންދާ ބޯޓު ތައް އެގައުމު ތަކަށް ދަތުރު ކުރަން ހުއްދަ ނުދިން ކަމުގައި ވިޔަސް ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ ދިވެހި ރާއްޖެ މިއަދު މިވަނީ މުސްލިމުންނާ ދޭތެރޭ ލާއިންސާނީ އަމަލުތައް ހިންގަމުންދާ އިޒުރޭލުގެ މަތިންދާ ބޯޓު ތައް މިގައުމަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ދީފައެވެ. ޓުއަރިސްޓުންގެ ގޮތުގައި ރާއްޖެ އަންނަން ބޭނުންވާ އިޒުރޭލުގެ ރައްޔިތުންނަށް އެ ފުރުސަތު ދޭންޖެހޭނެ ކަމުގައި ވިދާޅު ވެ ދިވެހި ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު ގެންދަވަނީ ދިވެހިންގެ ގިނަބަޔަކު ދެކޮޅު ހަދަމުން ގެންދާ މި ޢަމަލު ރަނގަޅު ކަމުގައި ދައްކަވަމުންނެވެ. Read the rest of this entry »
Posted in ދިރާސާ | Leave a Comment »
މެދު އުޑުގައި ފިޔަ ޖަހަމުން ދިޔަ ޔާމީނުގެ ސިޔާސީ ތަރި އޮއްސުނީބާ
Posted by allaboutmaldives on October 27, 2010
އަބްދުﷲ ސަމީރު
މައުމޫނު އަބްދުލް ގައްޔޫމުގެ ތިރީސް އަހަރުގެ ވެރިކަން ނިމި ކެނެރީގޭ ނަޝީދު ދިވެހި ރާއްޖޭގެ ވެރިކަމާ ހަވާލު ވެ ވަޑައިގެންނެވި އިރު ރާއްޖޭގެ ސިޔާސީ އުދަރެހުގައި އިދި ކޮޅު ލީޑަރެއްގެ ގޮތުން އެންމެ އަލިގަދަ ކޮށް ވިދަ ވިދާ ހުރި ތަރިއަކީ ކުރީގެ ރައީސް މައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނު ކަމީ ގިނަ ބަޔަކު ގަބޫލު ކުރާނެ ހަގީގަތެކެވެ. ޑީއާރޕީ އާ އެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރައްވައި ރާޢްޖޭގައި ބޭއްވުނު ފުރަތަމަ ސިޔާސީ ޕާޓީތައް އެކުލެވޭ އިލެކްޝަނުން ނާކާމިޔާބު ވެ ވަޑައި ގެންނެވި އިރު، ސަބަބެއްގެ ގޮތުގައި ރައީސް މައުމޫނުގެ ވެރިކަމަށް ތިރީސް އަހަރު ވެފައި ވުމާއެކު،އެކަކަށް އެވަރު މާގިނަ ކަމުގައި ރައްޔިތުން ގަބޫލު ކުރި ކުރުން ކަމުގައި އެމަނިކުފާނު ވިދާޅު ވި ވިދާޅު ވުމަކީ އެމަނިކުފާނުގެ އިތުރުން ސިޔާސީ ތަޖުރިބާ ކާރުންނާ ޚުދު ރައީސް މައުމޫނު ވެސް ގަބޫލް ކުރެއްވި ހަގީގަތެކެވެ. އެބެފުޅުން ކޮންމެ ގޮތަކަށް ގަބޫލު ފުޅު ކުރެއްވި ކަމުގައި ވިޔަސް ރައްޖޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ބުރަވާ ގޮތުގައި ރައީސް މައުމޫނުގެ ވެރިކަމަށް ތިރީސް އަހަރު ފުރެމުން ދިޔަ ހިނދު އެމަނިކުފާނުގެ ސިޔާސީ ނަވަށް ހޮޅި ކުރި ބިޔަ ރާޅު ތަކުގެ ބަނޑު ދަށުން ދެމިގަނެވޭނެ ގޮތްތައް ހުއްޓެވެ. ޕްރޯ އެކްޓިވް އެޕްރޯޗެއް ގެންގުޅުއްވުމުގެ ބަދަލުގައި މައުމޫނު ގެންގުޅުއްވި ރިއެކްޓިވް އެޕްރޯޗަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތް ނިމި ދިޔުމުގެ ސަބަބު ކަމުގައި އެފަރާތް ތަކުން ގަބޫލު ކުރާހިނދު، ރައީސް މައުމޫނުގެ މިސިޔާސަތާ، އޭރުގެ ސަރުކާރުގައި ހިމެނި ވަޑައިގެންނެވި ބެފުޅުންގެ ތެރެއިން ފާޅުގައި އިދި ކޮޅު ހެއްދެވި ހަމަ އެކަނި ބޭފުޅަކީ ޔާމީނު ކަމުގައި ވިއެވެ. ނަތީޖާ އެއްގެ ގޮތުން މައުމޫނުގެ ސަރުކާރުން އެމަނިކުފާނު ދުރުވެ ވަޑައިގަންނަވަން ވެސް ޖެހި ވަޑައި ގެންނެވިއެވެ. ރިޔާސީ އިންތިޚާބު ނިމި، ކަން ހިނގާ ދިޔަ ގޮތާ މެދު ފިކުރުކޮށް ދިރާސާކޮށްލާއިރު ފެންނަން އޮތް ހަގީގަތަކީ ޔާމީނުގެ ބަސް ފުޅު އޭރުގެ ރައީސް މައުމޫން އެންމެ ފުރަތަމަ ވެސް ގަބޫލް ފުޅު ކުރެއްވިނަމަ އަދިވެސް ދިވެހި ރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުސަތު ރައީސް މައުމޫނަށް ނުވަތަ ޑީއާރޕީ އަށް އޮތީސް ކަމެވެ. މިއީ އެމްޑީޕީ ވެރިކަން ކުރަން ފެށިވަގުތު ދިވެހި ރާއްޖޭގެ އިދިކޮޅުލީޑަރުންގެ ތެރެއިން އެންމެ ފާހަގަ ކޮށް ލެވުނު ޝަޚުސިއްޔަތަކަށް އެމަނިކުފާނު ވެ ވަޑައިގެންނެވި ސަބަބު ކަމުގައި ވުމީ ގާތް ކަމެކެވެ Read the rest of this entry »
Posted in ދިރާސާ | 2 Comments »
އަހަރެންގެ ޙަޔާތުން ދުވަހެއް: ފުވައްމުލަކު ދޫނޑިގަމު 13 މީހުން ޝާރީޢަތަކާ ނުލައި ޖަލަށް ލި ހެންވޭރު ޝަފީގުގެ އަހުމަދު ޝަފީގުގެ ވާހަކަ
Posted by allaboutmaldives on October 12, 2010
އަބްދުﷲ ސަމީރު
ފުވައްމުލަކު ދޫނޑިގަމު ލައިޓް ޢަބްދުލް ހަމީދު އަލި ދީދީ، ޕިޔާނާގެ ހަސަން ދީދީ ވަސީމީގެ މުހަންމަދު ދީދި، އާރާމުގެ ޢަބުދުﷲ ދީދީ، ސޭޑީ ވިލާ އިސްމާއީލް ދީދީ ވެލްކަމްވިލާ އިބްރާހިމް ޝަފީގް، ބަނބުކެޔޮ ގަސްދޮށުގޭ ޢަބްދުﷲ ދީދީ،އެދުރުގޭ ވަޙީދު ޑޭލައިޓުވިލާ ހުސޭން ދީދީ، ހީރާގޭ އިބްރާހިމް ދީދީ ހިމެނޭ ގޮތުން 13 މީހުން އެއްވެސް ޝަރީއަތެއް ކުރުމެއް ނެތި ގެންގޮސް ޖަލަށް ލައިފިއޭ ބުނުމުން ރަށާ ބެހޭ ގޮތުން ކުޑަކޮށް ވެސް މަޢުލޫމާތެއް ހުރި މީހެއްނަމަ އެމީހަކަށް ލިބިގެންދާނީ ކުއްލި ހައިރާން ކަމެކެވެ. ގަބޫލު ކުރަން ދަތި ވާނެއެވެ. ސަބަބަކީ މިދެންނެވި މީސް މީހުންނަކީ ފުވައްމުލަކު ދޫނޑިގަމުގެ އޭރު ވެސް މިހާރު ވެސް ޝަރަފުވެރި އިއްޒަތް ތެރިން ކަމެވެ. އެހެން ނަމަ ވެސް މިއީ ހިނގައިފައި ވާ ހާދިސާ އެކެވެ.މިހާދިސާ ހިންގެވީ ހ. ޝަފީގުގޭ ޝަފީގު ފުވައްމުލަކު އަތޮޅު އޮފީހާ ހަވާލު ވެ ވަޑައިގެން ހުން ނެވި ދުވަސް ވަރު އެ މަނިކުފާނެވެ. Read the rest of this entry »
Posted in ދިރާސާ | 2 Comments »
ފިނޭންސް މިނިސްޓްރީ އަށް ގެންގޮސް ޑޮކްޓަރ ލަޠީފުގެ އަނގަޔަށް ގިތެޔޮ މިރުހެއް ފިތައިލައިފި
Posted by allaboutmaldives on January 25, 2010
ފިނޭންސް މިނިސްޓްރީއާ ސިވިލް ސާވިސް ކޮމިޝަނާ ދެމެދު ވެވުނު އެއްބަސް ވުން ނިމިއްޖެކަމަށް ބުނެ ދިވެހި ރާއްޖޭގެ ސިވިލް ސާވެންޓުންގެ މުސާރަ ކުރިން އޮތް ވަރަށް ބޮޑު ކުރި ކަން ސިވިލް ސާވިސް އިން އިޢުލާން ކުރީ ވަރަށް ހަރުދަނާ އަޑަކުންނެވެ. ދިވެހި ރާއްޖޭގެ ފިނޭންސް މިނިސްޓްރީ އިން އެކަމަށް ޖަދަލުކޮށް މުސާރަދޭނީ އެމީހުނަށް ފެންނަ ވަރަކަށް ކަމަށް ބުނުމުން މުސާރަ ނުދީފިނަމަ އެމިނިސްޓްރީ ގޮވައިގެން ކޯޓާށް ދާނަމޭ ވެސް އެ ކޮމިޝަނުން ބުންޏެވެ. ހަމަ އެހާ ސާބިތު ކަމާ އެކުގައެވެ. މުސާރަ ޝީޓު ހަދަން ޖެހޭނީ ބޮޑު ކުރި މުސާރަ ޔަށް ބަލައިގެން ކަމަށް ބުނެ، އެނޫން ގޮތަކަށް އެކަން ކޮށްފިނަމަ ޒިންމާ ވާން ޖެހޭނީ އެ ގޮތަށް މުސާރަޝީޓު ހެދި މީހެއްކަމަށް ވެސް އެންގިއެވެ. Read the rest of this entry »
Posted in ދިރާސާ | 1 Comment »
ޑިސެންޓްރަލައިޒޭޝަން ގެ ކޮންސެޕްޓް އޮޅުވާލީ ހެއްޔެވެ. ނުވަތަ އޮޅުނީ ހެއްޔެވެ
Posted by allaboutmaldives on January 12, 2010
ރައްޔިތުންގެ މަޖިލީހުގައި ހޫނު ބަހުސް ތަކެއް ކުރެވުމަށް ފަހު ސަރުކާރުން އަނބުރާ ގެންގޮސްފައިވާ ރައްޖޭގެ ރަށްތައް ލާ މަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ބިލަކީ އެ ބިލަކާ ދިމާޔަށް މުޅި ރާއްޖެގެ ސަމާލުކަން މިވަގުތު ހުއްޓިފައިވާ ބިލެކެވެ. ސަރުކާރުން ބިލު ހުށަހެޅި އިރު ހުސަހަޅާފައިވާ ގޮތަށް ރާއްޖޭގެ އެކި އަތޮޅުތައް ބައިބަޔަށް ލައިގެން ޕްރޮވިންސް ހެދުމާ މެދު އިދިކޮޅު ފަރާތްތަކުގެ ޚިޔާލު ތަފާތުވުމުން ބިލުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. ކޮންމެ ގޮތަކަށް ކަންތައް ވެދިޔަ ކަމުގައި ވިޔަސް މި ބިލަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީން ކޮންމެހެން ހަދަން މަޖުބޫރު ކުރުވާ ބިލެކެވެ. ބިލު ހަދަން ޖެހެނީ ދިވެހި ރާއްޖޭގެ ރަށް ތައް ލާ މަރުކަޒީ ނިޒާމަކުން ހިންގުމަށްޓަކައެވެ. އެހެން ކަމުން އެއް ވެސް އޮޅުމެއްނެތި އެނގޭ ގޮތުގައި މިބިލު ވާން ޖެހޭނީ ދިވެހި ރާއްޖެގެ ރަށް ތައް ލާމަރުކޒީ އުސޫލުން ހިންގުމަށް ބޭނުންވާ ހުރިހާ އުސޫލު ތަކާއި ހަމަ ތަކެއް ބަޔާން ވެގެން ވާ ބިލަކަށެވެ. ބިލުގެ މުޅި މައިގަނޑު ރޫހު ބިނާ ވާން ޖެހޭނީ ރާއްޖޭގެ އަތޮޅު ތަކާއި ރަށް ތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭގޮތުންނެވެ. މިހިސާބުން، ލާމަރުކަޒީ އުސޫލަކީ ކޮބައިތޯ ބަލައިލާން ޖެހެއެވެ. Read the rest of this entry »
Posted in ދިރާސާ | 1 Comment »
ޕްރޮވިންސް ތަކުގެ މައްސަލައިގައި އިދިކޮޅު ޕާޓީ އަށް ޖެއްސުން ކުރަނީ ގަދަ ބާރުން ރާއްޖޭގެ ވެރިކަން ހިންގުމުގެ ބޭނުމުގައެވެ
Posted by allaboutmaldives on December 30, 2009
ފާއިތުވި ދެތިން ދުވަހަކު ރާއްޖޭގެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ހިނގަމުންދާ ކޯޅުންގަނޑާދިމާޔަށެވެ. މަޖިލީހުގައި އުފެދިފައިވާ ޚިޔާލު ތަފާތު ވުންތަކަކާހުރެ މަޖިލިސް ކުރިޔަށް ނުގެންދެވިގެން ހުއްޓާލަން ޖެހުމާއި މަޖިލިސް ކުރާ ގޭ ދޮށަށް މީހުން އެއްވެ އަޑުގަދަ ކުރަމުންގެންދާ މަންޒަރަކީ މި ފާއިތުވި ދެތިންދުވަހު ދިވެހި ރާއްޖޭގެ ސިޔާސީ އުދަރެހުގައި ކުލަ ޖެހެމުން ދިޔަ އެންމެ ޚާއްސަ މަންޒަރެވެ. މީގެ އިތުރުން މަޖިލީހުގެ ރައީސް ގެކޮޅު ކާރިޔަށް މީހުން ޖަމާ ވެ އެމނިކުފާނުގެ އާއިލާޔަށް ބިރު ދެއްކުމަކީ ވެސް ހިނގަމުން އަންނަ ކަންތަކުގެ ބައެކެވެ. ވިސްނާބަޔަކު ކުރާނެ ސުވާލަކީ މިހާ ބޮޑު މައްސަލަޔަކަށް މިކަން ދާންޖެހިގެން މިއުޅެނީ ކީއްވެ ބާވައެވެ Read the rest of this entry »
Posted in ދިރާސާ | Leave a Comment »
