Archive for the ‘ރިޕޯޓް’ Category
Posted by allaboutmaldives on February 8, 2012
.ގާނޫނާ ޚިލާފު އެތައް ޢަމަލު ތަކެއް ހިންގުމަށް ފަހު ދިވެހިންގެ ގަޔަށް ބަޑިޖެހުމަށް ކުރި އަމުރަށް ސިފައިން ކިޔަމަން ނުވުމުން މަޖުބޫރުވެގެން އިސްތިޣުފާ ދިނުމަށްފަހު ކުރީގެ ރައީސް ނަޝީދު ގެންދަނީ އެހާދީސާޔާ ބެހޭ ދޮގު ޚަބަރު ތައް މުޅި ދުނިޔެ އަށް ފަތުރަމުންނެވެ. މިކަމުގައި އޭނާގެ އާއިލާގެ މެންބަރުންނާއި ކުއްޔަށް ހިފާފައިވާ ބޭރުގެ ފަރާތްތައް ވަރަށް ބުރައކޮށް ބައިނަލް އަގުވާމީ މީޑިޔާގައި ދަނީ ޚަބަރުތައް ފަތުރަމުންނެވެ.
ރައީސް ނަޝީދުގެ އިސްތިޣުފާޔަށް ފަހު ދުނިޔޭގެ ބޮޑެތި މީޑިއާ ތަކުން ޚަބަރު ގެނެސް ދިނުމުގައި މައިގަނޑު ގޮތެއްގައި އިންޓަވިއު ކޮށްފައި ވަނީ ނަޝީދުގެ ކޮއްކޮ އިބުރާހިމް ނާޝިދާއި ނަޝީދުގެ ޚަރަދުގައި ރާއްޖޭގައި އުޅޭ ސަރާ ކިޔާ މީހަކާ އޭނާ ކުއްޔަށް ހިފައިގެން މައުމޫނާ ބެހޭ ރިޕޯޓެއް ލިޔުއްވި އިންޑިޔާގެ ނޫސް ވެރިޔާ ޗަކުރަބަތީ އެވެ. ބޮޑެތި ނޫސް ތަކުގައި އެ ޚަބަރު ގެނެސް ފައި ވާ ގޮތުގެ ޚުލާސާ ތިރީގައި މިވަނީ އެވެ. Read the rest of this entry »
0.000000
0.000000
Posted in ރިޕޯޓް | 1 Comment »
Posted by allaboutmaldives on January 19, 2012
ސިފައިންގެ ފައުޖަކުން ގޮސް އިސް ގާޒީ ހިފާ ހައްޔަރު ކޮށް ވީނުވީ ތަނެއް ނޭނގޭ ގޮތަށް ބަންދު ކޮށްގެން އުޅޭތާ ތިން ދުވަސް ވީ އިރު ދިވެހި ގައުމީ ޕާޓީގެ އިސް ބޭފުޅެއް ކަމުގައިވާ ޑޮކްޓަރ ޖަމީލު ކޮންމެ ދުވަހަކު އެއްފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ގެންދަނީ ހައްޔަރު ކުރަމުންނެވެ. ކޯޓު ތަކުގު ތަކުގެ އަމުރަށާއި މިނިވަން މުއައްސަސާތަކުގެ ގޮވާލުމަކަށް އިޖާބަ ދިނުމެއް ނެތިއެވެ Read the rest of this entry »
0.000000
0.000000
Posted in ރިޕޯޓް | 1 Comment »
Posted by allaboutmaldives on July 14, 2011
ވެލާނާގެ އަކީ ކުރީގެ ރައީސް އިބުރާހިމް ނާސިރުގެ ގެކޮޅެވެ. މިގެކޮޅު މިއަދު މިވަނީ ދިވެހި ސަރުކާރުގެ މިލްކަކަށް ވެ އެތަނުގައި ސަރުކާރުގެ ހައިބަތު ހުރި އިމާރާތެއް ބިނާ ކޮށްފައެވެ. ސުވާލަކީ ވެލާނާގެ، ސަރުކާރުގެ ދަށަށް ދިޔައީ ކިހިނެއް ހެއްޔެވެ. މިސުވާލު އުފައްދަން ޖެހުނު ސަބަބަކީ، ވެލާނާގެއަކީ މައުމޫނުގެ ސަރުކާރުން ގަދަކަމުން ނަގައިފައިވާ ނާސިރުގެ މިލްކެއްކަމުގައި މިއަދު ގިނަ ބަޔަކު ވާހަކަ ދައްކަމުން ގެންދާތީއެވެ. ޚާއްސަ ކޮށް، އިހަށް ދުވަހު މާލޭ ސިޓީ ކައުންސިލުން އިގުރާރު ވި ކިނބިގަސްދޮށުގެ ސަރުކާރަށް ނެގުމުމުގެ ތާރީީޚީ ގަރާރާ ގުޅިގެން މީހުން ފާޅު ކުރަމުންދާ ޚިޔާލު ތަކުގައި ވެލާނާގެ ސަރުކާރަށް ނެގި ގޮތަށް ކިނބި ގަސްދޮށުގެ ވެސް ނެގެން ޖެހޭނެ ކަމަށް ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ތާރީޚީ މި މުހިންމު ހާދިސާ އަކީ ހަގީގަތާ އެއްގޮތަށް އެންމެނަށް އެނގެން ޖެހ|ޭނެ ކަމެއްކަމުގައި ފެންނާތީ ވެސް މެއެވެ Read the rest of this entry »
0.000000
0.000000
Posted in ރިޕޯޓް | 1 Comment »
Posted by allaboutmaldives on May 24, 2011
އަބްދުﷲ ސަމީރު
ޑީ އާރޕީ އިން ވަކިވެ އެމްޑީޕީ ގެ ޕޯޑިއަމްގައި ވާހަކަ ދައްކަމުން ތޮއްޑޫ ދާއިރާގެ މެމްބަރ އަލީ ވަހީދު ބުނި ގޮތުގައި ސަރުކާރުގައި ޕްލޭނެއް އެބައޮތެވެ. އިދި ކޮޅު ފަރާތްތަކުގައި އޮތީ ގޯހޭ ގޯހޭ ގޮވުމެވެ. ރަނގަޅު ވާހަކައެކެވެ. އެހެނަސް އަލީ ވަހީދަށް ނޭނގުނު ކަމަކީ ސަރުކާރެއް ވެއްޖެއްޔާ ޕްލޭނެއް އޮންނާނެ ކަމެވެ. އޮންނަން ޖެހޭނެ ކަމެވެ. އެ ޕްލޭނެއްގައި ހުންނަ ރަނގަޅު ކަންތަކާއި ނުބައި ކަންތަކަށް ފާރަ ވެރިވާ ބަޔަކީ އިދިކޮޅު ފަރާތް ކަމުގައި ވާ ހިނދު އެފަރާތުން މައިގަޑު ގޮތެއްގައި ކުރާނެ ކަމަކީ ސަރުކާރުން ނުރަނގަޅު ކޮށް ކުރާ ކަންތަކަށް ފާޑު ކިޔުން ކަމެވެ. އަލީ ވަހީދުގެ ބަހުން ނަމަ ގޯހޭ ގޯހޭ ގޮވުން ކަމެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އިދި ކޮޅު ޕާޓީތަކުން ކުރާނެ ކަމަކީ އެއީ ކަން އަލީ ވަހީދަކަށް ނޭނގުނެވެ Read the rest of this entry »
0.000000
0.000000
Posted in ރިޕޯޓް | 2 Comments »
Posted by allaboutmaldives on February 7, 2011
ދިވެހި ރާއްޖޭގެ ރަށް ތަކާއި އަތޮޅު ތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި ފުރަތަމަ ފަހަރަށް ބޭއްވި ކައުންސިލް ތަހކުގެ އިންތިޚާބުން ވެރިކަން ކުރާ ޕާޓީ ދިވެހި ރައްޔިތުންގެ ޑީމޮކްރެޓިކް ޕާޓީ ވަރަށް ބޮޑު ތަފާތަކުން ބަލި ވެއްޖެއެވެ. މީގެ ދެ އަހަރު ކުރީން ވެރިމކަމަށް އައި މިޕާޓީން މި އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ވަނީ ގިނަ އަދަދެއްގެ ފައިސާ އެކި ގޮތް ގޮތުން ހޭދަ ކޮށްފައެވެ. ސީދާ ސަރުކާރުގެ ބަޖެޓުން ވެސް ބޮޑެތި ޚަރަދު ތަކެއް ކޮށްގެން ކުރި ކެމްޕޭނުގައި އެމީހުނަށް ކިރިޔާ ވެސް ކުރި އެރުމެއް ލިބުނީ، މައިގަނޑު އިދިކޮޅު ޕާޓީ، ޑީއާރޕީ އަށް ކުރީން ވެސް ސަޕޯޓް ގެއްލިފައިވާ މާލެ އާއި އަށްޑު އަތޮޅުންނެވެ. މިނޫން އެހެން ހުރިހާ ދާއިރާތަކުން ބޮޑުވެގެން ވާ ކުރި އެރުމެއް ހޯދައި، ޑީ އާރޕީ ވަނީ އިންތިޚާބު ކާމިޔާބު ކޮށްފައެވެ Read the rest of this entry »
0.000000
0.000000
Posted in ރިޕޯޓް | 1 Comment »
Posted by allaboutmaldives on July 7, 2010
ސޯމާލިޔާ އަކީ ސަރުކާރެއް ނެތި ދުނިޔޭގައި މިވަގުތު އޮތް ހަމަ އެކަނި ގައުމު ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ވެރިކަން ކުރާނެ ސަރުކާރެއް ނެތުމުގެ ސަބަބުން ސޯމާލިޔާ އަކީ އެއްވެސް ގާނޫނެއް ގަވާއިދެއް ހިނގާ ތަނެއް ކަމުގައި ނުވެއެވެ. އެތެރޭގެ ހަމަ ނުޖެހުމާ ހެދި ތަނަކީ ހަމަ ޖެހިގެން ބަޔަކަށް ދިރި ނޫޅެވޭ ހިސާބަށް ގޮސްފައި ވުމުގެ އިތުރުން ސޯމާލިޔާ އަކީ މުޅި ދުނިޔެއަށް އޮތް ބިރަކަށް މިއަދު ވަނީ ވެފައެވެ. އިންޑިޔާ ކަނޑުހުރަސް ކޮށް ދަތުރު ކުރާ ގިނަ އުޅަނދު ފަހަރަކަށް ވަނީ ސޯމާލިޔާގެ ފޭރޭމީހުންގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައެވެ. Read the rest of this entry »
Posted in ރިޕޯޓް | Leave a Comment »
Posted by allaboutmaldives on January 24, 2010
މިއަދުގެ ތަހުޒީބު ދުނިޔޭގައި މަތީގައި ވާ ސުރުޚީގެ ސައްހަކަމާ މެދު ސުވާލު އުފެދުމަކީ ވެދާނެ ކަމެކެވެ. އެހެނަސް މާޒީގެ ތެރެއަށް ފީނައި ނަޒަރު ހިންގާލާއިރު މިސުރުޚީގައި އެވާފަދަ އެތަޢް ހާދިސާތަކެއް ދިވެހިންނާ އިންޑިޔާ ގެ މެދުގައި ހިނގައިފައި ވެއެވެ. ދިވެހި ރާޢްޖޭގެ އުތުރުގައި އޮތް ބޮޑު ބިޔަ ބައްރު ކަމުގައިވާ އިންޑިޔާގެ އެންމެ ދެކުނުގެ ބަނދަރު ތަކުން ފުރައިގެން އައިސް ދިވެހި ރާއްޖޭގެ އުތުރުގެ ރަށް ތަކަށް ޙަމަލާދީ މީހުން މަރައި ގެތަކުގައި ރޯކޮށް، މުދާ ކުޅު ފޭރުމަކީ އެއްޒަމާނެއްގައި ޢާންމު ކަމަކަށް ވެފައި އޮތެވެ. މިގޮތުން ދޭ ހަމަލާ ތަކުގެ ތެރޭގައި އުތުރުގެ އެތަކެއް ރަށެއް އެކި ފަހަރުމަތިން އެކި މުއްދަތަށް އިންޑިޔާގެ އަތްދަށަށް އޭރު ދެއެވެ. މާލޭގައި ތިއްބަވާ ރަސްކަލުންނަށް މިޚަބަރު ލިބިގެން ދިވެހި ލަޝްކަރު ފޮނުވައި އެމީހުން ފައްސައި ނަގައިލައިފުމަށް ދާންދެން މިމީހުން ގެ އަނިޔާ ދިވެހިން ނަށް ލިބި ލިބި ހުރެއެވެ. Read the rest of this entry »
0.000000
0.000000
Posted in ރިޕޯޓް | 4 Comments »
Posted by allaboutmaldives on October 19, 2009
ރައީސް މައުމޫނަކީ ކާފިރެކެވެ. ގާނޫނުލް ޢުގޫބާތު ފާސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މީހަކު އުފުލާ އަތަކުން އެއީ ކާފިރެއްކަން ނުވަތަ މުސްލިމެއް ކަން އެނގޭނެއެވެ.
މިއީ ދިވެހި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ އަޑުގަދަ އެއް ޕާޓީގެ ބަސްމަގު ހުންނަ ގޮތެވެ. ހެއްވާ ކަމެކެވެ. މީހަކު މުސްލިމަކަށް ވާގޮތާ ކާފިރު ވާގޮތާ މިއީ ޢާދާލަތު ޕާޓިގެ މީހުން ބޭނުން ގޮތަކަށް ކަނޑަ އަޅަން ﷲ ދޫ ކުރައްވައިފައި އޮތް ކަމެއްހެއްޔެވެ. ނޫނެކެވެ. ދީނީ ނަމެއް ކިޔާފައި ޕާޓި ހެދި ކަމުގައި ވިޔަސް މިވެނި މީހަކީ ކާފިރެކޭ އެވެނި ގޮތަކަށް އަތް އުފުލާލާ މީހަކީ މުސްލިމެއް ނޫނޭ ބުނުމުގެ ޙައްގެއް މިމީހުނަކަށް ލިބިގެނެއްނުވެއެވެ. Read the rest of this entry »
0.000000
0.000000
Posted in ރިޕޯޓް | 3 Comments »