All About Maldives ______________އޯލް އެބައުޓް މޯލްޑިވްސް

ބާޣީ ސަރުކާރުގެ މިލްކު ވެރިކަން އެމްޑީޕީ އަށް

Posted by allaboutmaldives on September 4, 2012


ބައެއްކަހަލަ ވާހަކަ ތަކަކީ ކޮންމެހެން ދައްކަން ނުޖެހޭ ވާހަކަތަކެވެ. ޢާންމު ކޮށް އެންމެނަށް އެނގޭތީއެވެ. ދިވެހި ރާއްޖޭގައި ހިނގަމުންދާ ވެރިކަމުގެ ނިޒާމަކީ ކޮންކަހަލަ ނިޒާމެއްކަމާ އެ ނިޒާމުގެ ތެރެއިން ސަރުކާރު ހިނގަނީ ކިހިނެއް ކަމާ، މިއީ، މިބާ ވަތުގެ އެއްވާހަކައެވެ. ދައްކަން ޖެހޭ ވަރަށް ވުރެ ފާޅުކަން ބޮޑު ކޮށް އެންމެނަށް އެނގޭ ކަމަކަށް ވާތީއެވެ. އެހެނަސް ދިވެހި ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރޭގައި ރީކޯމޫސަ މެން ފެންވަރުގެ މީހުން ވެސް އުޅޭތީ މި ބާވަތުގެ ދައްކަން ނުޖެހޭ ވާހަކަތައް ވެސް މި އޮންނަނީ އަބަދު ދައްކަން ޖެހިފައެވެ.

ޕާޓީތަކަށް ވެރިކަން ދިނުމާ ޕާޓީތަކުން ވެރިކަން ކުރުމަކީ ބަރުލަމާނީ ނިޒާމު ނުވަތަ ޕާލަމެންޓްރީ ނިޒާމަށް ވެރިކަން ހިންގާ ގައުމުތަކުގައި އޮންނަ ކަމެކެވެ. އިންޑިޔާ ޕާކިސްތާން ބަނގްލަދޭޝް ފަދަ ގައުމުތަކުގައި އޮންނަނީ މިބާވަތުގެ ވެރިކަމުގެ ނިޒާމެވެ. ރައްޔިތުންގެ ވޯޓުން ވެރިކަން ވަކިޕާޓީ އަކާ ހަވާލު ކުރުމަށް ފަހު ޕާޓީން ބޭނުންވާ ބަޔަކު ހިމަނައިގެން މިފަދަ ގައުމު ތަކުގައި ވެރިކަން ކުރާނެއެވެ. ވެރިމީހާ އިސްތިޣުފާ ދީ ނުވަތަ މަގާމުން ދުރުކުރުން ފަދަ ކަމެއް ހިނގައިފިނމަ ޕާޓީގެ މެދުގައި ނިންމާ އުސޫލަކުން ޕާޓީގެ އެހެން މީހަކާ ވެރިކަން ހަވާލު ކުރާނެއެވެ. އެހެނަސް ރައްޔިތުންގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ދިވެހި ރާއްޖޭގެ ރައްޔިތުން ވަނީ ރާއްޖޭގައި އޮންނާނެ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމުގައި ހަމަޖައްސައިފައެވެ. މި ނިޒާމުގައި ރައްޔިތުން ގައުމުގެ ރައީސް އިންތިޚާބު ކުރެއެވެ. ރައީސަކީ ޕާޓީއަކަށް ނިސްބަތް ވާ މީހަކަށް ވުން ލާޒިމެއް ވެސް ނުކުރެއެވެ. ސަރުކާރެއް އެކުލަވާލުމުގެ ފުރިހަމަ އިޚުތިޔާރު އޮންނަނީ އޭނާޔަށެވެ.

ރައީސް މައުމޫނުގެ 30 އަހަރުވީ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ގިނަ ޕާޓިތަކެއްގެ ތާއީދާ އެކު ކެނެރީގޭ ނަޝީދު ނުކުންނަވައި ކާމިޔާބު ކުރެއްވުމަށް ފަހު ބޭނުން ފުޅުވި ބަޔަކު ހިމަނުއްވައިގެން ސަރުކާރު އެކުލަވައި ލުމުން ބާކީ ވި ޕާޓީ ތަކަށް ހެދޭނެ ގޮތެއް ނެތިފައި ތިބީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނެތީމައެވެ. ރައްޔިތުން ވެރިކަން ހަވާލު ކުރީ ނަޝީދާއެވެ. ސަރުކާރުގައި ހިމަނާނީ އޭނާ ބޭނުން ވާ ބައެކެވެ.

ވެރިކަމުގެ މެދުތެރެއިން ގައުމުގެ ވެރިކަން ދޫކުރައްވައިފައި ނަޝީދު ވަޑައިގެންނެވުމުން މިއަދު މިއޮތީ އޭނާގެ ނައިބު ރައީސަށް ގާނޫނު އަސާސީގައި ވާގޮތުގެ މަތިން ވެރިކަން ލިބި ވަޑައިގެންފައެވެ. ސަރުކާރުގައި ހިމަނާނެ ބަޔަކާ ނުހިމަނާނެ ބަޔަކު އެނގިވަޑައިގަންނަވާނީ ރައީސް ވަހީދަށެވެ. ގައުމުގައި ހަރަކާތް ތެރިވަމުން ދާ ސިޔާސީ ޕާޓީތަކަށް ސަރުކާރުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވުމަކީ އެކަނިކުފާނުގެ އަމިއްލަ ފުޅު ކަމެކެވެ. މިއީ ވަރަށް ސާފުކޮށް އެންމެނަށް އެނގޭ ކަމެކެވެ.

ކަން މިހެން އޮތް ކަމުގައި ވިޔަސް އެމްޑީޕީ އިން މިއަދު ވަނީ ސަރުކާރަކީ އެމީހުންގެ ސަރުކާރެއްކަމުގައި ދައުވާ ކުރަން ފަށައިފައެވެ. ތޯތޯ ވާހަކައެއްގެ ގޮތުގައެއް ވެސް ނޫނެވެ. ރައީސް ވަހީދުގެ ދައުވަތަކަށް ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވަމުން ގެންދާ ވާހަކަތަކަށް އެމްޑީޕީން ހުށަހަޅާ ރަސްމީ ހުށަހެޅުމެއްގެ ގޮތުންނެވެ. މައްސަލަ ހުށަހެޅުއްވީ އެޕާޓީގެ ޗެއާމަން ރީކޯ މޫސާ މަނިކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު އޮތް ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެކެވެ. އެ ސަރުކާރުގައި އެމްޑީޕީ އަށް ބައިވެރި ވެވެން ޖެހޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ އަކީ ވެރިކަން ކުރާޕާޓީ ކަމުގައި ނިންމަން ވެސް ޖެހޭނެއެވެ. ހެއްވާ ކަމެއް ނޫން ހެއްޔެވެ. ދިވެހި ރާއްޖޭގެ ސިޔާސީ ލީޑަރުން ނަށް ގައުމުގެ ސިޔާސީ ނިޒާމު އޮތް ގޮތުގެ ކަންފުޅެއް ވެސް ނޭގޭ ބާވައެވެ. ނޫނެކެވެ. އެމްޑީޕީ އަށް ވެސް ރީކޯ މޫސަޔަށް ވެސް ތިމަންނާމެން މި ދައްކަނީ ތާކުން ތާކު ނުޖެހޭ ވާހަކަކަން ހަމަ ރަނގަޅަށް އެނގެއެވެ. އެހެނަސް ދިވެހި ރައްޔިތުންނަށް އޮޅުވައިލައިގެން ގައުމު ކޮންމެވެސް ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއަށް ވައްޓައިލުމަކީ އެމީހުންގެ މަގުސަދެވެ. އަމިއްލަޔަށް އިސްތިޣުފާ ދެއްވުމަށް ފަހު ރައީސް ނަޝީދު ދެއްކެވި ވަހަކަޔާއި އެކަމާ ގުޅިގެން ދިވެހި ރާއްޖެ ހަމަސް ދުވަހުގެ ހަމަ ނުޖެހުން ގަނޑެއްގެ ތެރެޔަށް ވައްޓައިލި ގޮތަށް އަނެއްކާ އަނެއް މައްސަލަ ގަނޑުގެ ތެރެޔަށް ދިވެހިން ގެންދިޔުމަކީ އެމްޑީޕީއާއި ރައީސް ނަޝީދުގެ މަގުސަދެވެ. ވެރިކަން ބަދަލުވީ ގާނޫނީ ގޮތުންތޯ ބެލުމަށް ކޮމިޝަނެއް އުފެއްދި ފަދައިން މިހާރުގެ ވެރިކަމަކީ އެމްޑީޕީގެ ވެރިކަމެކޭ ބުނެ ސަޕޯޓަރުން މަގުމައްޗަށް ނެރުމަކީ މީގެ އެންމެ މުހިންމު ބޭނުމެވެ.

މި ދަނޑިވަޅުގައި ރައިސް ވަހީދުގެ ނިންމެވުން ކިތަންމެހާ ވެސް ފުރިހަމައެވެ. އެމްޑީޕީ އަށް ދިވެހި ސަރުކާރުން ފުރުސަތެއް ނެތް ކަމުގައި ވިދާޅު ވި ވިދާޅު ވުން ވީ މި ވާހަކަޔާ ގުޅިގެން ސިޔާސީ ޕާޓީ ތަކުގެ މެދުގައި އުފެދުނު ނުތަނަވަސް ކަމަށް ނިމުމެއް ގެނައި ކަމަކަށެވެ. މި ދަނޑިވަޅުގައި ހަނދާން ކުރަން ޖެހޭ ކަމަކީ ރީކޯ މޫސަޔާއި ރައީސް ނަޝީދު ދިވެހިންނަށް އިޚުލާސް ތެރި ނުވާނެ ކަމެވެ.

About these ads

One Response to “ބާޣީ ސަރުކާރުގެ މިލްކު ވެރިކަން އެމްޑީޕީ އަށް”

  1. [...] the rest here:  http://allaboutmaldives.wordpress.com/2012/09/04/%de%84%de%a7%de%a3%de%a9-%de%90%de%a6%de%83%de%aa%d… Tweet [...]

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s

 
Follow

Get every new post delivered to your Inbox.

%d bloggers like this: