ވެރިކަމުގެ ދަހިވެތިކަމުގައި ނަޝީދު ކޮންމެ ފަދަ ދޮގެއް ވެސް ހަދައިފާނެއެވެ
Posted by allaboutmaldives on February 8, 2012
.ގާނޫނާ ޚިލާފު އެތައް ޢަމަލު ތަކެއް ހިންގުމަށް ފަހު ދިވެހިންގެ ގަޔަށް ބަޑިޖެހުމަށް ކުރި އަމުރަށް ސިފައިން ކިޔަމަން ނުވުމުން މަޖުބޫރުވެގެން އިސްތިޣުފާ ދިނުމަށްފަހު ކުރީގެ ރައީސް ނަޝީދު ގެންދަނީ އެހާދީސާޔާ ބެހޭ ދޮގު ޚަބަރު ތައް މުޅި ދުނިޔެ އަށް ފަތުރަމުންނެވެ. މިކަމުގައި އޭނާގެ އާއިލާގެ މެންބަރުންނާއި ކުއްޔަށް ހިފާފައިވާ ބޭރުގެ ފަރާތްތައް ވަރަށް ބުރައކޮށް ބައިނަލް އަގުވާމީ މީޑިޔާގައި ދަނީ ޚަބަރުތައް ފަތުރަމުންނެވެ.
ރައީސް ނަޝީދުގެ އިސްތިޣުފާޔަށް ފަހު ދުނިޔޭގެ ބޮޑެތި މީޑިއާ ތަކުން ޚަބަރު ގެނެސް ދިނުމުގައި މައިގަނޑު ގޮތެއްގައި އިންޓަވިއު ކޮށްފައި ވަނީ ނަޝީދުގެ ކޮއްކޮ އިބުރާހިމް ނާޝިދާއި ނަޝީދުގެ ޚަރަދުގައި ރާއްޖޭގައި އުޅޭ ސަރާ ކިޔާ މީހަކާ އޭނާ ކުއްޔަށް ހިފައިގެން މައުމޫނާ ބެހޭ ރިޕޯޓެއް ލިޔުއްވި އިންޑިޔާގެ ނޫސް ވެރިޔާ ޗަކުރަބަތީ އެވެ. ބޮޑެތި ނޫސް ތަކުގައި އެ ޚަބަރު ގެނެސް ފައި ވާ ގޮތުގެ ޚުލާސާ ތިރީގައި މިވަނީ އެވެ.
ރައީސް ނަޝީދުގެ ޑިމޮކްރެޓިކް ސަރުކާރު، ހައްދު ފަހަނަޅާފައިވާ މުސްލިމް ޖަމާއަތަކާ ކުރީގެ ރައީސް މައުމޫނަށް ވަފަތެރި 50 ހަކަށް ޕޮލިސް އޮފިސަރުން ވެގެން ވައްޓާލައިފިއެވެ. ހަތިޔާރުގެ ބޭނުން ކުރާނެ ކަމުގެ އިންޒާރު ދެމުން ދިޔަ މަދު ފުލުހުންގެ ކުރިމަތީގައި ރައީސް ނަޝީދަށް އޮތީ ދެގޮތެކެވެ. އެއީ ސިފައިންގެ އެހީގައި އެމީހުން ކޮންޓްރޯލް ކުރުވުމެވެ. ނުވަތަ އިސްތިޣުފާ ދެއްވުމެވެ. ރައީސް ނަޝީދު ޚިޔާރު ކުރެއްވީ ދެވަނަ ގޮތެވެ. ސަބަބަކީ ދިވެހި އެންމެ ދަރިއަކަށް ވެސް އަނިޔާ ވާން އެނާ ބޭނުން ނުވުމެވެ.
މީގެ ތެދު ދޮގު އޮޅޭނެ އެންމެ ދިވެހި ދަރިއެއް ވެސް ދިވެހި އުޑުގެ ހިޔަލުގައި ހުންނާނެ ހެނެއް ހިޔެއް ނުވެއެވެ
ހަގީގަތަކީ ރައީސް ނަޝީދާއި އޭނާގެ ޢާއިލާ ވެރިކަމާއި ޖާހަށް ފެން ބޮވައިގެންފައިވާ މިންވަރުން ބޭރު ދުނިޔޭގައި ދިވެހި ރާއްޖޭގެ އަގު ވައްޓާލައި، ދިވެހި ރައްޔިތުންނަކީ ޓެރަރިސްޓުން ކަމުގައި ހަދަމުން ގެންދާކަމެވެ. މިކަމަށްޓަކައި ދުނިޔޭގެ ވަރަށް ގިނަ ޚަބަރު ފަތުރާ ނެޓްވޯކް ތަކަށް މަސައްކަތް ކުރާ މީހުން ވަނީ ގައނެފައެވެ. މީގެ ނުބައި އަސަރު ކުރާނީ ދިވެހި ދަރިންނަށެވެ. ބަނޑަށް ޖެހޭނީ ދިވެހި ރައްޔިތުންނެވެ. ނަޝީދާ އޭނާގެ އާއިލާ އުޅޭނީ އުފަލުގައެވެ.
އެހެން ކަމުން މިވަގުތަކީ ދިވެހި ހުރިހާ ރައްޔިތުން އެކައްޗެއް ކިޔައި ނަޝީދާއި އޭނާގެ ޢާއިލާ އިން ދިވެހި ގައުމުގެ ބާރުތައް ފޭރުމަށް ކުރާ މަސައްކަތް ތަކަށް ތާއީދެއް ނެތް ކަން ދައްކަން ވީ ވަގުތެވެ. ދިވެހި ރާއްޖޭގައި ހަމަ ނުޖެހުމެއް ނެތްކަން ބޭރު ދުނިޔެއަށް ހާމަ ކޮށްދޭން ވީ ވަގުތެވެ.
ބަޅެއްގެ ނަގޫ ސަންޕާ އޮނަކަށް ލިޔަސް ތެދެއް ނުވާނެޔޭ ބުނާ ފަދައިން ކެނެރީގޭ ނަޝީދުގެ އަނގައިން ތެދެއް ބޭރު ވެދާނެ ކަމަށް ފަހަރެއްގައި ވެސް ހީކުރާކަށް ނުވާނެއެވެ. އެއީ ދިވެހިންނާ ޖެހިފައި ހުރި ސުންޕާ އާފާތެކެވެ.
Robert Green said
ކޮބާ ހެކި؟ އެހެންވެއްޖެއްޔާ ޓީވީތަކަށް އަރާ ތިވާހަކަ ނުގޮވާ ނުތިބޭނެ! ތިހެންބުނެފިކަން ފޮރުވާމީހުން ވެސް ކުއްވެރި ކުރެވެން ޖެހޭނެ!