ކެނެރީގޭ ނަޝީދު ސަލާމަތުން ހުރިހާ ހިނދަކު ދިވެހިންނަކަށް ހަމަ ނޭވާ ލެވޭކަށް ނެތެވެ
Posted by allaboutmaldives on February 8, 2012
ދިވެހިންނަކީ މުސްލިމުން ކަމުގައި ވީހިނދު މިއަދުގެ ދުނިޔޭގެ ބާރު ގަދަ ގައުމު ތަކުން މުސްލިމުންނާ މެދު ދެކޭ ނިކަމެތި ގޮތުގެ ފައިދާ ހޯދައިގެން ބޭރު މީހުންގެ އެހީގައި ދިވެހި ރާއްޖޭގެ ވެރިކަމށް އައި މީހެއް ކަމުގައި ނޫން ގޮތަކަށް ކެނެރީގޭ ނަޝީދާ މެދު ބުނެވޭކަށް ނެތެވެ. ބޭރުގެ ބޮޑެތި ބާރު ތަކުގެ ތާއީދާއި އެހީތެރިކަމާއެކު ދިވެހި ރާއްޖޭގެ ވެރިކަން ކުރަން އުޅުނު ނަޝީދަކީ ޙަގީގަތުގައި ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ހެވަކާ މަންފާޔަކަށް އެދޭ މީހެއް ނޫނެވެ.
ވެރިކަމާ ބާރު ލިބުމުން ކިބުރު ވެރިކަމާ ބޮޑާކަން އިސް ކޮށް ދިވެހި ރައްޔިތުންނަށް އަނިޔަ ވެރިވެ ދިވެހިން ޒަމަނުއްސުރެ އުޅެމުން އަންނަދީން ކަމުގައިވަ އިސްލަމް ދީނަށް މަލާމާތް ކުރަން ފެށިއެވެ. ދީނުގެ ހުކުމް ތަކަށް ފާޅުގައި ދެކޮޅު ހަދާ ދިވެހި ރާއްޖޭގެ ގާނޫނުން އިސްލާމީ ޝަރީޢާގެ ބައި އުނި ކޮށްލަން މަސައްކަތް ކުރިއެވެ.
ދިވެހި ރާއްޖެއިން ކޮންމެ މަހަކު 3 ރަށް އަޑިޔަށް ދާކަމުގައި ބުނެ ދިވެހިންނަށް ބިން ގަންނަނެ ގައުމެއްގެ ވާހަކަ ދައްކައި އިންވެސްޓަރުން ރާއްޖެއާމެދު ބިރު ގެންނެވިއެވެ.
ދިވެހިންނަކީ ހައްދު ފަހަނަޅާފައިވާ މުސްލިމުން އުޅޭ ގައުމެއް ކަމުގައި އަޑު އުފުލައި ދިވެހި ރާއްޖޭގެ ރަށްތަކުގައި ޠާލިބާނުން ރަނގަޅަށް އަށަގެންފައިވާ ކަމުގައި ބޭރުގެ ނޫސްތަކުގައި ލިއުއްވިއެވ.
މިހުރިހާ ނުބައި ކަމެއްގެ ވެސް އަސްލަކީ އޭނަ ނޫން އެހެން މީހަކަށް ދެން ދިވެހި ރާއްޖޭގެ ވެރިކަން ވިޔަ ނުދިނުމެވެ. ވެރިކަމުން ވަކިވުމުން ރައްޔިތުންގެ މުދަލުގައި ހުޅުޖަހައި ގައުމުގެ އަމަން ކަން ނަގާލަމުން އެހެރް ދަނީ މިކަމަ ހެދި އެވެ. އައެކެވ. ކެނެރީގޭ ނަޝީދު ހަމަ ނޭވަލާހާ ހިނދަކު ދިވެހިންނަށް އަމަން ކަމެއް ނެތެވެ.
kk said
kk
kk said
true
gaume ney said
This man is a big head ache .. Why some partey type crowd is with him . . if he comes to power again he will be the president of MDP . Not Maldives..
fas fahethin said
kae eriyas kaane ma eriyas kaanan…maumoonu 30 aharu vandhen dhaskohdhiny ekan…dhen lalalaa