All About Maldives ______________އޯލް އެބައުޓް މޯލްޑިވްސް

Archive for February, 2012

ކެނެރީގޭ ނަޝީދު ސަލާމަތުން ހުރިހާ ހިނދަކު ދިވެހިންނަކަށް ހަމަ ނޭވާ ލެވޭކަށް ނެތެވެ

Posted by allaboutmaldives on February 8, 2012

ދިވެހިންނަކީ މުސްލިމުން ކަމުގައި ވީހިނދު މިއަދުގެ ދުނިޔޭގެ ބާރު ގަދަ ގައުމު ތަކުން މުސްލިމުންނާ މެދު ދެކޭ ނިކަމެތި ގޮތުގެ ފައިދާ ހޯދައިގެން ބޭރު މީހުންގެ އެހީގައި ދިވެހި ރާއްޖޭގެ ވެރިކަމށް އައި މީހެއް ކަމުގައި ނޫން ގޮތަކަށް ކެނެރީގޭ ނަޝީދާ މެދު ބުނެވޭކަށް ނެތެވެ. ބޭރުގެ ބޮޑެތި ބާރު ތަކުގެ ތާއީދާއި އެހީތެރިކަމާއެކު ދިވެހި ރާއްޖޭގެ ވެރިކަން ކުރަން އުޅުނު ނަޝީދަކީ ޙަގީގަތުގައި ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ހެވަކާ މަންފާޔަކަށް އެދޭ މީހެއް ނޫނެވެ. Read the rest of this entry »

Posted in ސިޔާސީ ފަޑު ކިޔުން | 4 Comments »

ވެރިކަމުގެ ދަހިވެތިކަމުގައި ނަޝީދު ކޮންމެ ފަދަ ދޮގެއް ވެސް ހަދައިފާނެއެވެ

Posted by allaboutmaldives on February 8, 2012

.ގާނޫނާ ޚިލާފު އެތައް ޢަމަލު ތަކެއް ހިންގުމަށް ފަހު ދިވެހިންގެ ގަޔަށް ބަޑިޖެހުމަށް ކުރި އަމުރަށް ސިފައިން ކިޔަމަން ނުވުމުން މަޖުބޫރުވެގެން އިސްތިޣުފާ ދިނުމަށްފަހު ކުރީގެ ރައީސް ނަޝީދު ގެންދަނީ އެހާދީސާޔާ ބެހޭ ދޮގު ޚަބަރު ތައް މުޅި ދުނިޔެ އަށް ފަތުރަމުންނެވެ. މިކަމުގައި އޭނާގެ އާއިލާގެ މެންބަރުންނާއި ކުއްޔަށް ހިފާފައިވާ ބޭރުގެ ފަރާތްތައް ވަރަށް ބުރައކޮށް ބައިނަލް އަގުވާމީ މީޑިޔާގައި ދަނީ ޚަބަރުތައް ފަތުރަމުންނެވެ.

ރައީސް ނަޝީދުގެ އިސްތިޣުފާޔަށް ފަހު ދުނިޔޭގެ ބޮޑެތި މީޑިއާ ތަކުން ޚަބަރު ގެނެސް ދިނުމުގައި މައިގަނޑު ގޮތެއްގައި އިންޓަވިއު ކޮށްފައި ވަނީ ނަޝީދުގެ ކޮއްކޮ އިބުރާހިމް ނާޝިދާއި ނަޝީދުގެ ޚަރަދުގައި ރާއްޖޭގައި އުޅޭ ސަރާ ކިޔާ މީހަކާ އޭނާ ކުއްޔަށް ހިފައިގެން މައުމޫނާ ބެހޭ ރިޕޯޓެއް ލިޔުއްވި އިންޑިޔާގެ ނޫސް ވެރިޔާ ޗަކުރަބަތީ އެވެ. ބޮޑެތި ނޫސް ތަކުގައި އެ ޚަބަރު ގެނެސް ފައި ވާ ގޮތުގެ ޚުލާސާ ތިރީގައި މިވަނީ އެވެ. Read the rest of this entry »

Posted in ރިޕޯޓް | 1 Comment »

އަލްހާން ފހުމީގެ ސިކުނޑި ހަމަ ނުޖެހެނީ ހެއްޔެވެ ނޫނީ ބުއްދި ފިލީ ހެއްޔެވެ.

Posted by allaboutmaldives on February 7, 2012

ދިވެހި ރާއްޖޭގައި މިއަދު ވެސް ހިނގަމުން ދަނީ އެމްޑީޕީގެ ވެރިކަމެއް ކަމުގައި ވިދާޅުވެ ޑޮކްޓަރ މުހަންމަދު ވަހީދަކީ އެމްޑީޕީގެ ޓިކެޓް ގައި ނައިބު ރައީސް ކަމށް ހޮވި ވަޑައިގެންނެވި ބޭފުޅެއްކަމުގައި ވިދާޅުވުމުން އަލްހާނު ފަހުމީގެ ސިކުނޑި ހަމަ ޖެހޭތޯ ސުވާލު ކުރުމުގެ ފރުސަތު ހުޅުވިއްޖެއެވެ. ސަބަބަކީ ޚުދު އަލްހާނަކީ އެހެން ޕާޓީއެއްގެ ޓިކެޓް ގައި ވާދަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރުމަށް ފަހު ކުޑަ ލާރިކޮޅަކަށް އެމްޑީޕީއަށް ގޮނޑި ވިއްކައިލި މީހެއްކަން މިއަދު އަލްހާނު ހަނދުމަފުޅު ނެތީބާވައެވެ. އައްޑު އަތޮޅު ފޭދޫ މެމްބަރެއްގެ ގޮތުން އަލްހާނު ފުރުއްވާ ގޮނޑިއަކީ އެމްޑީޕީ ގެ ގޮނޑިއެއް ކަމުގައި ވާ ނަމަ މިއަދުގެ ދިވެހި ރާއްޖޭގެ ރައީސް މުހަންމަދު ވަހީދަކީ ދިވެހި ގައުމީއިއްތިހާދުގެ ރައީސަކަށް ނުވާން ވީ ސަބަބެއް ވެސް ނެތެވެ. Read the rest of this entry »

Posted in ސިޔާސީ ފަޑު ކިޔުން | Leave a Comment »

ފުލުހުންނާ އާންމުން ހައްޔަރު ކޮށްފަ މޫސާ އަލީ ޖަލީލު ވަދެ އޮންނާނީ ކޮން ތަންކަށް

Posted by allaboutmaldives on February 6, 2012

ދިވެހި ސަރުކާރުން ރއްޔިތުންނާ ދެތެރޭ ހިންގަމުން ގެންދަ ނޭއްގާނި ކަންތަކަށް އެހީތެރި ވެ ދިވެހި ސިފައިން ދަނީ ރައީސް ނަޝީދު ވިދާޅު ވިހާ ކަމެއް ކުރަމުންނެވެ. އެންމެ ފަހުން ރައީސް ގެ ނޭއްގާނި ކަން އިންތިހާ އަށް ބޮޑުވި ހިނދު ދިވެހި ހިއްވަރުގަދ ފުލުހުން މިހާރު ވަނީ ރައްޔިތުންނާ އެއްކޮޅަށް ނިކުމެފައެވެ. ނަތީޖާއެއްގެ ގޮތުން މޫސާ އަލީ ޖަލީލު ވަނީ ހުރިހާ ފުލުހުން ހައްޔަރު ކުރުމަށް އަމުރު ނެރެފައެވެ. ސުވާލަކީ އާންމުންނާއި ފުލުހުން ނަށް އަނިޔާ ވެރިވެ އަނިޔާ ވެރިވެ ޣައްދާރު ވުމަށް ފަހު މޫސަ ގޮސް އޮންނާނީ ކޮންތާކު ބާވައެވެ.

ރައީސް ނަޝީދު ކުރައްވަމުން ގެންދަވަނީ ރަނގަޅު ކަން ތަކެއް ނޫން ކަން އެންމެ ކުޑަ ކުއްޖާޔަށް ވެސް އެނގެއެވެ. ޚުދު އެމަނިކުފާނުގެ ދޫފުޅުން ވެސް އެކަމަށް އެވަނީ އިގުރާރު ވެ ވަޑައިގެންފައެވެ. އެހެންކަމުން މިފަދަ އަމަލު ތަކަށް ކެތް ނުވެގެން ދިވެހި ހިތްވަރު ގަދަ ފުލުހުން މިހާރު ވަނީ ޢާންމުންނާ ގުޅިފައެވެ. އެމީހުން ހައްޔަރުކޮށް އަދަބު ދިނުމަށް އެމްޑީޕީ ގެ ޗެއާމަން ރީކޯ މޫސާ މަނިކު އެގޮވަލާ ގޮވާލުމަށް އިޖާބަދީ އެމީހުން ހައްޔަރުކުރުމުގެ ދަށު ދަރަޖައިގެ އަމަލު މިއަދު ކުރައްވަމުން އެ ގެންދަވަނީ ދިވެހިން އެއް ބަޔަކު ނުހަނު އިހުތިރާމް ކުރި ގައުމީ ބަތަލެއް ކަމުގައި ދުށް މީހެކެވެ.

މި ފުރުސަތުގައި މޫސާ އަލީ ޖަލީލަށް ދަންނަވަން އޮތީ ރައްޔިތުންނަށް ހަރާން ކޯރު ވެ ޚުދު މުޚުތާރު ވެރިކަމެއް ކުރަމުން ގެންދާ ވެރިޔަކަށް ކިޔަމަން ނުވެ ދިވެހި ރައްޔިތުންގެ ދިފާއުގައި ދިވެހި ފުލުހުންނާ އެކު ނުކުމެ ވަޑައިގަންނަވާށެވެ.

Posted in Uncategorized | 1 Comment »

ތުނޑުހަސަނާ ޖެހުނު މީދާ : ދިވެހިންނަށް ފާވި ޖީ އެމް އާރ

Posted by allaboutmaldives on February 6, 2012

ރައީސް ނަޝީދު ވެރިކަމުގެ ކުރީ ކޮޅު ރާއްޖެ ޒިޔާރަތް ކުރި އިންޑިޔާގެ ނޫސްވެރިޔަކު އެގައުމުގެ ނޫހެއް ކަމުގައިވާ އޭޝިއަން އޭޖް ގައި ލިޔުނެވެ. ދިވެހި ރާއްޖޭގައި ހުންނަ އިންޑިޔާގެ އެމްބަސީއާ، މިވަގުތު ހަވާލު ވެފައި އޮތް އެންމެ ބޮޑު ޒިންމާ އަކީ ރާއްޖޭގެ މައި އެއާޕޯޓްގެ ކޮންޓްރޯލް އިންޑިޔާގެ ކުންފުންޏަކަށް ހޯދައި ދިނުމެވެ. އެއީ ޖީއެމް އާރަށް ދިވެހި ރާއްޖޭގެ ބައިނަލް އަގުވަމީ އެއާޕޯޓް ވިއްކާލުމުގެ ވާހަކަ ދެކެވެމުން ދިޔަ ދުވަސްވަރެ. މާގިނަ ދުވަހެއް ނުވަނީސް ސަރުކާރުން ވަނީ އެއާޕޯޓް ޖީއެމް އާރަށްދީފައެވެ. ދެމެދުގައި ވެވުނު އެއްބަސްވުމުގެ ތަފުސީލެއް ވެސް ބަޔަކަށް ނޭނގޭނޭ ހެން ސިއްރު ކޮށްފައެވެ

Read the rest of this entry »

Posted in Uncategorized, ދިރާސާ | 1 Comment »

އެނދި ރަސްގެފާނާ އެނދި ފަނޑިޔާރު މަނިކުފާނާ އަދި އަލްހާން

Posted by allaboutmaldives on February 3, 2012

ދިވެހި ތާރީޚުން އެދި ރަސްގެފާނަކާ އެނދި ފަނޑިޔާރެއްގެ ވާހަކަ އެމަނިކުފާނު އައްސަވާކަމުގައި ވިދާޅުވެ އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ ފަނޑިޔާރުން ނަށް އަލިފާނުގެ އިންޒާރެއް ދެއްވައިފިއެވެ. ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާޒީންނާ ފަނޑިޔާރުންނަކީ ވަލު ދޮރާށިން ވަދެތިބި ބައެއް ކަމުގައި ވާހަކަ ދައްކަވަމުން ފަނޑިޔާރުން އަމިއްލަޔަށް ފަނޑިޔާރުގެ ތަކުން ނުނިކުމެއްޖެނަމަ ދެން ކަންތައް ވެދާނެ ގޮތުގެ ތަސައްވުރެއް ދެއްވަމުން އަލްހާނު ވިދާޅުވީ ތާރީޚުން އެނގެން އޮތް ގޮތުގައި ފަނޑިޔާރު އަންދާލީ ރަސްގެފާނު ވިދާޅުވި ގޮތަށް ޙުކުމް ނުކޮށްގެން ކަމުގައެވެ. އހެން ކަމުން މިހާރު ރާއްޖޭގ ކޯޓު ތަކުގައި ތިއްބެވި ފަނޑިޔާރުން މިކަމަށް ސަމާލު ވާނ ޖެހި ވަޑައިގަންނަވާ ކަމުގައި ފެނެއެވެ Read the rest of this entry »

Posted in ސިޔާސީ ފަޑު ކިޔުން | Tagged: , , , , | 1 Comment »

 
Follow

Get every new post delivered to your Inbox.