All About Maldives ______________އޯލް އެބައުޓް މޯލްޑިވްސް

ޑޮކްޓަރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަށް ޖަމީލާއި އަބދުﷲ މުހަންމަދު ހައްޔަރުކުރުމުގެ ފަތުވާ ނެރެވުނީ އޮޅުމަކުން

Posted by allaboutmaldives on January 24, 2012

މުސްކުޅިން ބުނެ އުޅެއެވެ. މީހުން ދަސްވަނީ އެއް އޮޑިން ދަތުރު ކޮށްލީމައެވެ. ޑޮކްޓަރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަކީ މިގޮތަށް މަޑުމަޑުން ދިވެހިންނަށް ދަސްވަމުން އެނގެމުންދާ ބޭފުޅެކެވެ. ޤުރުއާނުގެ ޢިލްމުން ޕީ އެޗް ޑީ ނަންގަވައިގެން ވަޑައިގަތުމުން ގިނަބަޔަކު އެމަނިކުފާނަށް ގަދަރާ އިހުތުރާމް ކުރިއެވެ. ރާއްޖެއަށް ދިމާވި ޑިމޮކްރަސީގެ ކޮޅިކަނޑުގެތެރޭގައި ވެސް ޑޮކްޓަރ މަޖީދު ހުންނަވާ ކޮޅެއް ބަލައި އެކޮޅެއް ޚިޔާރު ކުރިމީހުންގެ ޢަދަދު ވެސް މަދެއް ނޫނެވެ. ރައީސް ނަޝީދުގެ ސަރުކާރުގެ ދީނީ މިނިސްޓަރ ގެ ހައިސިއްޔަތުން ޑޮކްޓަރ މަޖީދު ގެ ސިޔާސަތާއި އެމަނިކުފާނުގެ ޢަމަލުފުޅުތައް ރައްޔިތުން ނަށް މިއަދު މިދަނީ ވަރަށް ގާތުން ފެންނަމުންނެވެ. ފެންނަ ކަންތަކުގެ މައްޗަށް ބުރަވެ އެމަނިކުފާނުގެ އިލްމީ ބުރަދަނާ ސިޔާސީ ގާބިލް ކަން ހުރި މިންވަރު އެންމެންގެ ކުރިމަތީގައި މިއަދުމިދަނީ އެނގި ހާމަވަމުންނެވެ.

ރައީސް ނަޝީދުގެ ދީނީ އިމާމު ނުވަތަ ނުވަތަ ދީނީ އެންމެ އިސް މުޝީރުގެ ހައިސިއްޔަތުން ޑރ. މަޖީދު ވިދާޅުވި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީހަކާ ދިމާޔަށް ލާދީނީ މީހެކޭ ނުބުނެވޭނެއެވެ. މީހެއްގެ ލާދީނީ ކަން ނިންމާނީ ކޯޓުންނެވެ. އަދި މިވަރަކުން ވެސް ނުނިމެއެވެ. ރައީސް ނަޝީދު މަޖީދާ ހަވާލާ ދެއްވައި އިތުރަށް ވިދާޅުވިއެވެ. މީހަކާ ދިމާޔަށް އެގޮތަށް ލާދީނީ މީހެކޭ ބުނެފިނަމަ އެމީހާގެ އަންހެނުން ވެސް ވަރި ވާނެއެވެ. މަރުވެއްޖެނަމަ ދަރިންނަށް އޭނަގެ ފަރާތުން ވާރުތައެއް ވެސް ނުވާނެއެވެ. މިވާހަކަޔަކީ ޑޮކްޓަރ ޖަމީލު ހައްޔަރު ކުރަން ޖެހޭކަމުގެ ހުއްޖަތެއްގެ ގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަ ފުޅެއްކަމުގައިވިޔަސް މިވާހަކަ ގަބޫލު ކުރީ ދިވެހިންގެ ތެރެއިން ކިތައް މީހުން ބަވައެވެ.

ގިނަބަޔަކު ގަބޫލު ކުރާ ގޮތުގައި ރައީސް ނަޝީދު މި މުނާސަބަތުގައި ވެސް އެ އުޅުއްވަނީ ރައްޔިތުން ނަށް އޮޅުވާލައްވައި ދީން ހިމާޔަތް ކުރުމުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަކީ ބުރަދަނެއް ނެތް ވާހަކަތަކަކަށް ހައްދަވާށެވެ. އެހެންނަމަވެސް މިއަދުގެ ދިވެހި މުޖުތަމަޢަކީ މީހަކާ ދިމާޔަށް ލާދީނީ މީހެކޭ ބުނުމާ ކާފަރެކޭ ބުނުމާ ދެމެދު ހުރިތަފާތު އޮޅޭ ވަރަށް ވުރެ ޢިލްމީ މުޖުތަމަޢެކެވެ. ލާދީނީ މީހެކޭ ބުނުމުން އެ ބުނެވެނީ އެ އީ ދީނާ ޚިލާފު ކަންތައް ކުރާ މީހެކޭ ކަމާ މީހަކު ކުރާ ޢަމަލު ތަކެއްގެ މައްޗަށް ބިނާ ކޮށް އެމީހަކާ ދިމާޔަށް ލާ ދީނީ މީހެކޭ ބުނުމަކީ އެމީހެއްގެ އަނބި ދަރިން ވަރިވާން ޖެހޭ ކަމެއް ނޫންކަން އެންމެ ނޭގޭ މީހާޔަށް ވެސް އެނގޭނެއެވެ. މީގެއިތުރުން ޝަހާދަތކުގެ ދެކަލިމަ ބޭރު ފުށުން ނަމަވެސް ކިޔައިގެން މުސްލިމެއްގެ ނަމުގައި ހުރިމީހަކީ އިސްލާމީ ޝަރީޢަތުގައި ކާފަރެއްކަން ސާބިތު ނުވާހައި ހިނދަކު ކާފަރެކޭ ނުބުނެވޭނެ ކަން ވެސް ދިވެހިން ދަންނާނެއެވެ. މިވަރު ބުނެދޭކަށް ދަންނަ ބޭކަލަކު ބޭނުމެއް ވެސް ނުވާނެއެވެ.

ދަންނަ ބޭކަލެއްގެ ހައިސިއްޔަތުން ޑޮކްޓަރ ޖަމީލު ހައްޔަރު ކުރުމަށް ރައީސް ނަޝީދަށް ފަތުވާ ދެއްވުމަށް ފަހު ޑޮކްޓަރ މަޖީދު ވަނީ އެމަނިކުފާނުގެ އެފަތުވާ ދިފާޢު ކުރައްވައި ހަވީރު ނޫހަށް އިންޓަވިއު ވެސް ދެއްވައިފައެވެ. މި އިންޓަވިއުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ލާދީނީ މީހެކޭ މީހަކާ ދިމާޔަށް ނުކިޔޭނެޔޭ ބުނަނީ އަޅުގަނޑު އެކަންޏެއް ނޫނެވެ. ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާނާ ޝައިޚު ޝަހީމް ވެސް އެހެން ވަރަށް ގިނައިން ވިދާޅު ވެއެވެ.

މި ހިސާބުން ޑޮކްޓަރ މަޖީދު ހުންނެވީ ހަމަ ބުއްދި ފިލާ ވަރަށް އެމްޑީޕީ ވެފައިތޯ ނުވަތަ ހަމަ އެވަރު ތަންދޮރު ނުފިލަނީތޯ ސުވާލު އުފެދެއެވެ. ސަބަބަކީ އިމްރާނާ ޝަހީމު މިމޭރުމުން ދައްކަވާ ވާހަކަ ބިނާ ކުރައްވަނީ މުސްލިމަކާ ދިމަޔަށް ކާފަރެކޭ ބުނެވޭނީ ކޯޓެއްގެ ހުކުމަށް ފަހުގައި ކަމަށް ވާތީއެވެ.

ޑޮކްޓަރ މަޖީދު ހަވީރު ނޫހާ ވާހަކަ ދައްކަވަމުން އިތުރަށް ވިދާޅުވިއެވެ. މުޅި ސަރުކާރަށް ނިސްބަތް ކޮށް ލާދިނީ ސަރުކާރެކޭ ނުބުނެވޭނެއެވެ. ލާދީނީ ސަރުކާރެކޭ ބުނުމުން އެ ބުނެވެނީ ސެކިއުލަރ ސަރުކާރެކޭ އެވެ. އެހެނަސް މިސަރުކާރުގެ ހުރިހާ އަމަލު ތަކަކީ ސެކިއުލަރ އަމަލު ތަކެއް ނޫނެވެ.

މިތަނުގައި އެ މަނިކުފާނު މިވަނީ އަނެއް އޮޅުވާލުން އޮޅުވާލައްވަން މަސައްކަތް ކުރައްވާފައެވެ. ނުވަތަ ހަގީގަތުގައިވެސް ސެކިއުލަރިޒަމް ގެ މާނަ ވެސް އެމަނިކުފާނަށް އެނގި ވަޑައި ނުގަންނަވަނީ އެވެ.

ޑޮކްޓަރމަޖީދަށް އެނގި ވަޑައި ނުގަތަސް އަޅުގަނޑުމެން ދިވެހިންނަށް އެނގޭ ހަގީގަތެއް އެބަ އޮތެވެ. އެއީ އިސްލާމް ދީނުގެ ހުކުމް ތަކަށް ކިޔަމަން ނުވުމަށް ގޮވާލައި މީގެ ސާދަ ސަތޭކަ އަހަރުގެ ކުރީގެ ބޯދާ ނިޒާމަކަށް އަހަރެމެން އުޅެން ނުޖެހޭނެޔޭ ބުނެ އިސްލާމް ދީނާ އެ ދީނުގެ ރަސޫލާޔަށް މަލާމާތާ ފުރައްސަރަ ކުރުމަކީ ދީނީ އަމަލެއް ނޫން ކަމެވެ. އެ ވާނީ ލާދީނީ އަމަލަކަށް ކަމެވެ. އެމޭރުމުން އެވާހަކަ ދައްކާމީހަކީ ލަދީނީ މީހެކޭ ކިޔޭނެކަމެވެ.
ޙަގީގަތަކީ އިސްވެ ދެންނެވި ވާހަކަ ތަކަކީ ދިވެހި ސަރުކާރުގެ އިސް ވެރިޔާ ރައީސް ނަޝީދު ފާޅުގައި ދައްކަވާ ވާހަކަ ތަކެއް ކަމެވެ. އެހެން ކަމުން އެމަނިކުފަނަކީ ލަދީނީ ބޭފުޅެކޭ ނުކިޔެންވީ ސަބަބެއް ނެތެވެ. ލެވުނުހާ ބާރެއް އަޑަށް ލާފައި ގޮވަން ވީއެވެ. އެމަނިކުފާނު ކުރައްވާ މިބާވަތުގެ ލާދީނީ ކަންތަކަށް އެހީތެރިކަން ފޯރުކޮށް ދީ އެއްބާރު ލުން ދީގެން ތިބި ހުރިހާ އެންމެނުން ހިމެނޭ ގޮތުން އެމަނިކުފާނުގެ ސަރުކަރަކީ ވެސް ލާދީނީ ސަރުކާރެކެވެ. އެހެން ވެސް ކިޔަން ވީއެވެ. މިއަށްވުރެ މާ ބޮޑަށް އެސަރުކާރުގެ ދީނީ އިމާމެއްގެ ގޮތގައި ހުންނަވައިގެން ރައީސް ކުރައްވާ ލަދީނީ ޢަމަލުތައް ފޮރުވަން މަސައްކަތް ކުރެއްވުމުގެ ސަބަބުން ޑޮކްޓަރ ޢަބްދުލް މަޖީދު ޢަބްދުލް ބަރީ އަކީ ވެސް ލާދީނީ ބޭފުޅަކަށް ވީއެވެ.

2 Responses to “ޑޮކްޓަރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަށް ޖަމީލާއި އަބދުﷲ މުހަންމަދު ހައްޔަރުކުރުމުގެ ފަތުވާ ނެރެވުނީ އޮޅުމަކުން”

  1. badeeu said

    satheyka

  2. badeeu said

    http://abadeeu.wordpress.com/2012/01/20/%DE%91%DE%83-%DE%87%DE%A6%DE%84%DE%B0%DE%8B%DE%AA%DE%8D%DE%B0%DE%89%DE%A6%DE%96%DE%A9%DE%8B%DE%AA%DE%8E%DE%AC-%DE%80%DE%A7%DE%8D%DE%AA/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s

 
Follow

Get every new post delivered to your Inbox.