މުސްކުޅިން ބުނެ އުޅެއެވެ. މީހުން ދަސްވަނީ އެއް އޮޑިން ދަތުރު ކޮށްލީމައެވެ. ޑޮކްޓަރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަކީ މިގޮތަށް މަޑުމަޑުން ދިވެހިންނަށް ދަސްވަމުން އެނގެމުންދާ ބޭފުޅެކެވެ. ޤުރުއާނުގެ ޢިލްމުން ޕީ އެޗް ޑީ ނަންގަވައިގެން ވަޑައިގަތުމުން ގިނަބަޔަކު އެމަނިކުފާނަށް ގަދަރާ އިހުތުރާމް ކުރިއެވެ. ރާއްޖެއަށް ދިމާވި ޑިމޮކްރަސީގެ ކޮޅިކަނޑުގެތެރޭގައި ވެސް ޑޮކްޓަރ މަޖީދު ހުންނަވާ ކޮޅެއް ބަލައި އެކޮޅެއް ޚިޔާރު ކުރިމީހުންގެ ޢަދަދު ވެސް މަދެއް ނޫނެވެ. ރައީސް ނަޝީދުގެ ސަރުކާރުގެ ދީނީ މިނިސްޓަރ ގެ ހައިސިއްޔަތުން ޑޮކްޓަރ މަޖީދު ގެ ސިޔާސަތާއި އެމަނިކުފާނުގެ ޢަމަލުފުޅުތައް ރައްޔިތުން ނަށް މިއަދު މިދަނީ ވަރަށް ގާތުން ފެންނަމުންނެވެ. ފެންނަ ކަންތަކުގެ މައްޗަށް ބުރަވެ އެމަނިކުފާނުގެ އިލްމީ ބުރަދަނާ ސިޔާސީ ގާބިލް ކަން ހުރި މިންވަރު އެންމެންގެ ކުރިމަތީގައި މިއަދުމިދަނީ އެނގި ހާމަވަމުންނެވެ Read the rest of this entry »
Archive for January 24th, 2012
ޑޮކްޓަރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަށް ޖަމީލާއި އަބދުﷲ މުހަންމަދު ހައްޔަރުކުރުމުގެ ފަތުވާ ނެރެވުނީ އޮޅުމަކުން
Posted by allaboutmaldives on January 24, 2012
Posted in ސިޔާސީ ފަޑު ކިޔުން | 2 Comments »