ސޯނިޔާ ގާންދީގެ މެސެޖެއް ރައީސް ނަޝީދަށް
Posted by allaboutmaldives on January 20, 2012
އިންޑިޔާގެ ވެރިކަން ކުރާ ޕާޓީގެ ލީޑަރ ސޯނކިޔާ ވިދާޅު ވިއެވެ. އެބައެއްގެ ބިމާ، ފެނާ، ކޯރުތަކާ، ފަރުބަދަތަކާ ވިއްކައިލައިގެން ލިބޭ ނަފަޔަކީ ތަރައްގީ އެއް ނޫނެވެ. އެވާނީ ކޮރަޕްޝަނަށެވެ. އެކަމަނާ މިހެން ވިދާޅުވީ މިހާރު އިންޑިޔާ ގައި ހިނގަމުންދާ އިލެކްޝަން ކެމްޕޭނުގައި، ބީޖޭޕީ ގެ ސަރުކާރަކުން ހިނގާ ސްޓޭޓެއްގައި ވާހަކަ ދައްކަވަމުންނެވެ. ބީޖޭޕީގެ ސްޓޭޓެއްގައި އެކަމަނާ މި ވާހަކަ ފުޅު ދެއްކެވި ކަމުގައި ވިޔަސް ހަގީގަތުގައި މި ވާހަކަ ފުޅު އެންމެ ފުރިހަމަޔަށް ނިސްބަތް ވަނީ އެކަމަނާގެ ސަރުކާރުގެ އެއްބާރު ލުމާ އެކު ދިވެހި ރާއްޖޭގެ ވެރިކަން ކުރައަވަމުން ގެންދަވާ ރައީސް ނަޝީދަށެވެ.
ރައީސް ނަޝީދު ވެރިކަމާ ހަވާލު ވެ ވަޑައިގެން އެންމެ ފުރަތަމަ ވެސް ފެއްޓެވީ ކާބަފައިން ބުރަމަސައްކަތުން ހޯދައިފައި ހުރި ތަރިކަ މުދާ ވިއްކަވައިލައްވާށެވެ.
އެމަނިކުފާނު ރާއްޖޭގެ ބައިނަލް އަގުވަމީ އެއާޕޯޓް ވިއްކަވާ ލެއްވެވިއެވެ. ނު އަގުގައެވެ. ދިވެހިން ނަށް ދިވެހިންގެ އަމިއްލަ ގައުމުގައި އެހެން އެއާޕޯޓެއް ހެދުމުގެ ބާރު ވެސް ނިގުޅައިގަނެފައިވާ އެއްބަސް ވުމެއްގެ ދަށުންނެވެ. އެ އެއްބަސް ވުމުގެ ސަބަބުން ދިވެހިންނަށް ކާބަފައިންގެ ދާ އޮހޮރުވައިގެން ނާއި އެތައް ދަރިންނެއްގެ ފުރަނަ ވެސް ދުއްވައިލައިގެން ބިނާ ކުޅަ އެއާޕޯޓުން ދަތުރު ފަތުރުކުރުމަށް ބޮޑު އަގެއް ދައްކަން ޖެހޭ އެއްބަސް ވުމެއްގެ ދަށުންނެވެ. އެ އެއްބަސް ވުމެއްގެ ސަބަބުން އެއާޕޯޓުގައި ތަފާތު ވިޔަފާރިތައް ކުރަމުން ގެންދިޔަ ދިވެހި ވިޔަފާރަވެރިން ގެ ފިހާރަތައް ފޭރިގަނެ އެމިހުން އާމްދަނީ ހޯދުމަށް ކުރަމުން ގެންދިޔަ މަސައްކަތް ހުއްޓުވަން މަޖުބޫރު ކުރި އެއްބަސް ވުމެއްގެ ދަށުންވެސް މެއެވެ.
އެމަނިކުފާނު ދިވެހި ރާއްޖޭގެ ވައިގެ ސަރަހައްދު ވިއަކަވާ ލެއްވިއެވެ. އިންޑިޔާ ސަރުކާރަށެވެ. އެމީހުންނަށް ރާއްޖޭގެ ބޭނުންތަނެއްގައި ރާޑަރ ބަހައްޓައިގެން އަމިއްލަ ގައުމުގައި ތިބެ ދިވެހި ރައްޖޭގެ ސަރަހައްދުގައި ހިނގާ ހުރިހާ ކަމެއް މޮނިޓަރ ކުރެވޭފަދަ އެއްބަސް ވުމެއްގެ ދަށުންނެވެ. އަދި ހަމަ މި އެއްބަސް ވުމުގެ ދަށުން އިންޑިޔާގެ ހެލިކޮޕްޓަރ ތައް ގެންދަނީ ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.
މީގެ އިތުރުން ވެސް ދިވެހި ސަރުކާރުގެ އެތައް ކުންފުންޏެއް ރައީސް ނަޝީދު ވަނީ ކޮރަޕްޝަން ހިމެނޭ ގޮތަށް ވިއްކަވައި ލައްވައިފައެވެ.އިންޑިޔާ އަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމުގައި ވާ ފަދައިން ދުނިޔޭގައި އޮތް އެންމެ ބޮޑު ކޮރަޕްޝަންގެ ހާއްޔަކީ ވެސް އިންޑިޔާ ކަމުގއައި ބުނެވިދާނެއެވެ. ކޮރަޕްޝަން ގެ ކަންތައް އިންޑިޔާގައި ހައްދު ފަހަނަޅައި ދިއުމުގެ ސަބަބުން ކޮރަޕްޝަނާ ދެކޮޅު އިދިކޮޅު ހަރަކާތެއް ފެށިފައި ވުމުގެ ސަބަބުން ސޯނިޔާ ގާންދީއަށް ކެންޕޭނުގައި ކޮރަޕްޝަންގެ ވަހަކަ ދައްކަވަން ވަނީ މަޖުބޫރު ވެފައެވެ. އެހެނަސް އިންޑިޔާ ގައި އުފެދުނު ފަދަ އަންނާ ހަޒާރޭ މޫމެންޓެއް ރައްޖޭގައި ނުއުފެދޭނެ ކަމުގެ ޔަގިން ކަމުގައި އެކަމަނަ ވަނީ ރައީސް ނަޝީދާ ބައިވެރި ވެ އިންޑިޔާ ސަރުކަރުންނާއި އެގައުމުގެ ނުފޫޒު ގަދަ ވިޔަފާރިތަކުން ހިންގަމުން ގެންދާ ކޮރަޕްޝަނުގެ ބޮޑެތި ޖަރީމާ ތަކުގެ މަތީން ހަނދުމަ ފުޅު ނެތިކޮށް ލައްވައިފައެވެ. ހަގީގަތުގައި، ބީޖޭޕީ އަށް ނިސްބަތް ކުރައްވައި އެކަމަނާ ދެއްކެވި ކޮރަޕްޝަނާ ބެހޭ ވާހަކަ ފުޅު އެންމެ ބޮޑަށް ރައްދު ވަނީ ދިވެހި ރާއްޖެގެ ލޮބުވެތި ރައީސް އަލްފާޟިލް މުހަންމަދު ނަޝީދަށެވެ.