ގާޒީ ނެތި ކޮށްލައި ޖަމީލު ރާއްޖެއިން ބޭރު ކުރުމަކީ ރައީސް ނަޝީދުގެ މައިގަނޑު މަގުސަދެވެ
Posted by allaboutmaldives on January 19, 2012
ސިފައިންގެ ފައުޖަކުން ގޮސް އިސް ގާޒީ ހިފާ ހައްޔަރު ކޮށް ވީނުވީ ތަނެއް ނޭނގޭ ގޮތަށް ބަންދު ކޮށްގެން އުޅޭތާ ތިން ދުވަސް ވީ އިރު ދިވެހި ގައުމީ ޕާޓީގެ އިސް ބޭފުޅެއް ކަމުގައިވާ ޑޮކްޓަރ ޖަމީލު ކޮންމެ ދުވަހަކު އެއްފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ގެންދަނީ ހައްޔަރު ކުރަމުންނެވެ. ކޯޓު ތަކުގު ތަކުގެ އަމުރަށާއި މިނިވަން މުއައްސަސާތަކުގެ ގޮވާލުމަކަށް އިޖާބަ ދިނުމެއް ނެތިއެވެ.
ޑިމޮކްރަސީގެ ނަމުގައި ވެރިކަން ހޯދުމަށް ފަހު ސިފައިންގެ އެހީގައި މިލިޓަރީ ވެރިކަމެއް ހިންގަމުންދާ ނަޝީދުގެ މި ނާތަހުޒީބު ޢަމަލުތަކުގެ ފަހަތުގައި ފޮރުވިފައި ވާ ސިއްރުތަކެއް ވާ ކަމީ ޔަގީން ކަމެކެވެ. ފާއިތުވެ ދިޔަތަނުގައި ކަންތައް ހިނގާފައި ވާ ގޮތަށް ބަލާ އިރު ނަޝީދުގެ ސަރުކާރުން މިފަހަރު މިހިންގާ ޖަރީމާ ތައް ގުޅިފައި ވަނީ ދިވެހި ރާއްޖޭގެ ރަސްމީ ވައިގެ ބަނދަރު ހިސާރު ކޮށްގެން ތިބި އިންޑިއާގެ ޖީއެމްއާރ ކުންފުންޏާއެވެ.
ޖީއެމްއާރ ކުންފުންޏަކީ ރައީސް ނަޝީދު ވެރިކަމަށް އައުމަށް ޓަކައި ފައިސާ ގެ އެހީ އެންމެ ބޮޑަށް ވި ކުންފުންޏެވެ. އެހެން ކަމުން ނަޝީދަށް ވެރިކަން ލިބުމާއެކު އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ ދިވެހި ރާއްޖޭގެ މައި ދޮރޯށި ކަމުގައިވާ ބައިނަލް އަގުވާމީ ވައިގެ ބަނދަރު އެމީހުނަށް ނުއަގުގައި ވިއއްކާލުމެވެ. މިކަން މިގޮތަށް ކުރުމަށް ރައީސް ނަޝީދަށް އެންމެ ބޮޑު ޕްރެޝަރެއް ދިނީ ބެލެވޭ ގޮތުގައި އިންޑިޔާ ސަރުކާރުންނެވެ
ޖީއެމް އާރަށް އެއާޕޯޓް ހިބަ ކޮށް ދިނުމުން ދިމާވަމުން ދިޔަ ގާނޫނީ މައްސަލަ ތަކަށް ހައްލު ހޯދުމައްޓަކައި މަޖިލީހުގެއަޣުލަބިއަޔަތު ހޯދުމަށް ބޭނުންވާ މެމްބަރުން ގަތުމަށް ޖީއެމް އާރުން ގެންދިޔައީ އެމްޑީޕީ އަށް ފައިސާ އޮއްސަމުންނެވެ. މިގޮތުން ދެގޯއްޗާއި ފްލެޓަކަށް ގަތް އަލީ ވަހީދަކީ ޖީ އެމް އާރުގެ އެހީގައި އެމްޑީޕީއަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާ ކަމުގައި ބެލެވެއެވެ.
މަޖިލީހުގެ މެމް ބަރުން ގަތުމަކުން ވެސް ޖީއެމް އާރާ ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްފަރާތަށް ބުރަ އެގްރީމެންޓްގައި ހުރި މައްސަލަ ތަކަކަށް ހައްލެއް ނައެވެ. ވައިގެ ބަނދަރުން ފުރާ ކޮންމެ މީހެއްގެ އަތުން ނަގަން ނިންމި ފައިސާ ނެގޭ ގޮތް ނުވުމަކީ މީގައި ދިމާވި އެންމެ ބޮޑު މައްސަލައެވެ. ދިވެހި ގއުމީ ޕާޓީން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކޯޓުން ކުރި ހުކުމާ ގުޅިގެން ޖީއެމް އާރަށް ވަނީ އެމީހުން ބޭނުން ވާ ފައިސާ ފަސިންޖަރުންގެ އަތުން ނެގޭ ގޮތް ނުވެފައެވެ. އެހެން ކަމުން އެއާޕޯޓުން ދިވެހި ސަރުކާރަށް ދޭން ޖެހޭ ކުލި ނުވަތަ ކުލި ޖީއެމްއަރުން ވަނީ ދެއްކުން ހުއްޓާލައިފައެވެ. މި މައްސަލައިގައި ދިވެހި ރައްޔިތުންގެ ޝަކުވާތައް ފުނިޖެހި ރައީސް ނަޝީދަށް ހަމަ ނިދި ނިދަން އުނދަގޫ ވަ ވަރުގެ ކަމަކަށް ވިއެވެ. އެހެންކަމުން ލިބުނު މާޔޫސް ކަމުން ހިތަށް ފިނިކަމެއް ގެނައުމަށްޓަކައި ޑޮކްޓަރ ޖަމީލާއި ގާޒީ ޢަބުދުﷲ މުހަންމަދުގެ ދުވަސް ދުއްވައި ލުމަކީ ރައީސް ނަޝީދު ދިވެހި ސިފައިންނާ ގުޅިގެން ފައްޓަވައިފައިވާ މަސައްކަތުގެ މައިގަނޑު މަގުސަދެވެ.
އެތެރޭގެ މައުލޫމާތު ތަކުން އެނގޭގޮތުގައި ރައީސް ނަޝީދު ރާއްވަވައިފައި ވަނީ ޢަބުދުﷲ ގާޒީ އަށް ދެން އެ މަގާމަށް ނާދެވޭފަދަ އަނިޔާއެއް ކުރުމަށް ފަހު ޖަމީލު ރާއްޖެއިން ބޭރަށް ދާން މަޖުބޫރު ކުރުމެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ކޯޓު ތަކުގައި ބަކީ ތިބި ގާޒީން ނަށް އެމްޑީޕީން ކުރާ އެއްވެސް ކަމަކާ ދެކޮޅަށް ހުކުމް ކުރަން ނުކެރޭނެ ކަމަށާއި ސިޔާސީ ފަރާތްތަކަށް އިތުރު ވާހަކަ ދައްކަމުން ގެންދަން ނުކެރޭނެ ކަމު ގައި ރައީސްގެ އިސް މުޝީރުން ދަނީ މަޝްވަރާ ދެމުންނެވެ.
މިހިސާބުން އުފެދޭ ސުވާލަކީ ޖަމީލާއި ޢަބްދުﷲ ގެ ދުވަސް ދުއްވަލުމުން ރައްޔިތުންގެ އަޑު ކެނޑިދާނެ ބާވައެވެ. މި ސުވާލަށް ޖަވާބު ލިބޭނީ ކުރިޔަށް އޮތް ދުވަސްތަކުގައެވެ.
badeeu said
ރައްޔިތުންގެ އަޑު ދެން ވެސް ވާނީ އިތުރަށް ގަދަ ކަމަށް އެމްޑީޕީ އަށް ޚަރަދު ކުރެއްވި ވިޔަފާރިވެރިއެއްގެ ފަރާތުން މިއަދުވެސް ޚަބރު ލިބުނެވެ. އެ ވާހަކަ ތެދު ކަމަށް ގަބޫލު ކުރެވެއެވެ. ހަމަ ކަށަވަރުންވެސް ޑރ. ޖަމީލަށާއި ގާޒީގެ އަށް ކުރި އަނިޔާތަކުގެ އިހްސާވެސް ވެސް ކުރެވޭނޭ ބަޔަކު މި ގައުމުގައި ތިބޭނެތާއެވެ.2008 ގެ ފަހުން އިންސާނުން ނަށް ކިތަންމެ އަނިޔާ އެއް ކުޅަ ކަމުގައި ވިއަސް އިހްސާސް އެއް ނުވާނޭ ކަމަށް ހީކުރައްވާ ބަޔަކު ސަރުކާރުގެ އިސް ސަފުގައި ތިބުމަކީ މިވަގުތު ސަރުކާރަށް ދިމާވެފައި އޮތް އެންމެ ބޮޑު ބޮޑު މައްސަލައެވެ. ދެ ފަޔަށް ޖެހިވައިވާ ކެންސަރެއް ފަދަ ކަމެކެވެ. މިއީވެސް އެމޑީޕީގެ ފިކުރެއް ވެސް މެއެވެ