އަބްދުﷲ ގާޒީ މަރުގެ ތުންފަތް މަތީގައި ، ޢާއިލާޔަށް ވީނުއެއް ނޭނގޭ
Posted by allaboutmaldives on January 18, 2012
ކްރިމިނަލް ކޯޓުގެ ގާޒީ އަލް އުސްތާޒު އަބުދުﷲ މުހަންމަދުގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އޭނާ މިވަގުތު ވަނީ ދިވެހި ރާއްޖޭގެ ސިފައިންގެ ބެލުމުމުގެ ދަށުގައި ހުންނަ ގިރފުށީ މެޑިކަލް ސެންޓަރުގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ. ނަން ހާމަ ކުރަން ފަސް ޖެހޭ ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ގާޒީގެ އަނގައިންނާއި ނޭފަތުން ގިނަ އަދަދެއްގެ ލޭ ފައިބައިފައި ވެއެވެ.
ގޭގައި އާއިލއާއެކު ހުންނަވަނި ކޮށް ސިފައިންނާއި ފުލުހުން ގޮސް ގޭގެ ދޮރު ވައްޓާލައިގެން ގެންދިޔަ ކްރިމިނަލް ކޯޓްގެ ގާޒީ އަބްދުﷲ މުހަންމަދުގެ ހަލު ވަރަށް ސީރޔަސް ކަމުގައި މައުލާމާތު އްބަލިބެއެވެ. ގާނޫނު އަސާސީއާ ޚިލާފަށް ޢަބުދުﷲ ގާޒީ ހައްޔަރު ކުރިތާ ދެދުވަސް ވީ އިރުވެސް ކަމަ ބެހޭ ފަރާތް ތަކުން އޭނާ ވީތަނަކާ އެނާގެ ހާލާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަ ކޮށް ފައެއްނުވެއެވެ.
މިމައްސަލާގައި ދިވެހި ރާއްޖޭގެ ކޯޓު ތަކުން ކުރި ހުކުމް ތަކަށް ވެސް ގޮން ޖެހުމަށް ފަހު ސިފައިންނާއި ފުލުހުން ގެންދަނީ ހަމަ އެކަނި ރައީސް ނަޝީދުގެ އަމުރަށް ތަބާ ވަމުންނެވެ.
saeed said
މިހާރު ތިކަހަލަ ދޮގު ތައް ނުހިގައޭ. ތީ ކަޑަ އެޅިގެން ދޮގުކަން އެންމެނަށް އެބައެގޭ.
badeeu said
http://abadeeu.wordpress.com/2012/01/19/%DE%87%DE%A6%DE%84%DE%8B%DE%AA%DE%87%DE%B0%DE%8D%DE%A7-%DE%8E%DE%A7%DE%92%DE%A9%DE%8E%DE%AC-%DE%87%DE%A7%DE%87%DE%A8%DE%8D%DE%A7-%DE%87%DE%A6%DE%81%DE%B0-%DE%8B%DE%A8%DE%82%DE%A9-%DE%90%DE%A8%DE%87/