ޝޭޚު ހުސޭނަކަށް ތިހެނެއް ނުކިޔޭނެ
Posted by allaboutmaldives on January 16, 2012
ޝޭޚު ހުސޭނު ބުންޏެވެ. މީހަކު މުރުތައްދު ވެއްޖެކަން ކަނޑައަޅާނީ ކޯޓުންނެވެ. މިއަޑު އަހާފައި އަޅެ ހިންޏެއް ނާދޭ ހެއްޔެވެ. މިއޮތް ހުރިހާ ދުވަހު އަހަރެމެން ހީކޮށްގެން ތިބީ މީސްތަކުންގެ އިސްލާންކަމާ ކާފަރު ކަން ކަނޑައެޅުމުގެ ފާހެއް މީނާ ގެ އަތުގައި އޮންނަކަމަށެވެ. މީނާ ބުނެފައި ވެއެވެ. މައުމޫނަކީ ކާފަރެކެވެ. އެ އަޑު އަހައި ގިނަބަޔަކު މައުމޫނު ދެކެ ބިރު ގަތެވެ. މުސްލިމަކު ކާފަރު ވެއްޖެއްޔާ އމީހަކީ މުރުތައްދު ވީ މީހެއް ކަމަށް ބަލައި ދީނުގައި އޮންނަ ހުކުމަކުން ހުކުމް ކުރަން ޖެހޭތީ މައުމޫނު މަރަން ވެސް ބަޔަކު ގޮވާލިއެވެ.
އޭރު މި ޝޭޚު ހުސޭނުގެ އަނަގަ ވަރަށް ފުޅަލެވެ. ދީނޭ ކިޔައިގެން ދައްކާ ވާހަކަޔަކީ ދިވެހިން ވަރަށް ފޯރި ހުންނަ ވާހަކައެއްކަން މީނާ ވެސް ދަނެއެވެ. އެހެން ކަމުން ދީނޭ ދީނޭ ކިޔައިގެން މީނާ ދައްކަމުން ދިޔަ ވަހަކަ ތައް ވައިގައި ހިފީ ވެރިކަމުގެ ދަހިވެތިކަމުގައި މައުމޫނާ ދިމާކުރަން ނުކުތް އެފަދަ އެތައް ބަޔެއްގެ އެހީޔާ ވެސް އެކީގައެވެ.
ﷲ އިންސާނުން އިމްތިހާނު ކުރައްވާ ގޮތުގެ ފުރިހަމަ ކަމާއެވެ. ރައީސް މައުމޫނުގެ ވެރިކަން ނިމި ޝޭޚް ހުސޭނުގެ ފުރިހަމަ ތާއީދާއި އެއްބާރު ލުމަ އެކު ރާއްޖޭގެ ވެރިކަމަށް އައި ސަރުކާރަކީ ފާޅުގައި އިސްލަމް ދީނާ އިދިކޮޅު ކަންތަކަށް ހިތްވަރުދޭ ސަރުކަރަކަށް މިވަނީ ވެފައެވެ. ޚާއްސަކޮށް ސަރުކާރުގެ އެންމެ އިސް ވެރިޔާ، ކީރިތި ރަސޫލާ އާއި އިސްލާމް ދިނުގެ ހުކުމް ތަކަށް ފުރައްސާރަ ކޮށް މަލާމާތް ކުރަމުން ދާއިރު ޝޭޚު ހުސޭނަށް މިވަނީ ކައިރީގައި ނަގޫ ހަލުވާލަ ހަލުވާލާ ހުންނަން ޖެހިފައެވެ.
މިވަރުގެ ޝޭޚަކު ތަންތަނަށް އަރައި ދައްކާ ވާހަކަ އަޑު އަހާނެ މާގިނަ ބަޔަކު މިއަދަކު ދިވެހި ރާއްޖެއަކު ނެތެވެ. ގިނަބަޔަކު ބުނަން ބޭނުން ވަނީ ޝޭޚު ހުސޭނަކަށް ތިހެނެއް ނުކިޔޭނެއެވެ.
badeeu said
http://abadeeu.wordpress.com/2011/09/19/%DE%9D%DE%AC%DE%87%DE%A8%DE%9A%DE%B0%DE%80%DE%AA%DE%90%DE%AC%DE%87%DE%A8%DE%82%DE%B0-%DE%83%DE%A6%DE%9D%DE%A9%DE%8B%DE%AA-%DE%89%DE%A8-%DE%8E%DE%A6%DE%87%DE%AA%DE%89%DE%AA%DE%8E%DE%AC-%DE%87%DE%A6/