All About Maldives ______________އޯލް އެބައުޓް މޯލްޑިވްސް

ހޯމް މިނިސްޓަރަކަށް ތިހެނެއް ނުކިޔޭނެ

Posted by allaboutmaldives on January 16, 2012

ޑޮކްޓަރ ޖަމީލާއި ސަންދާނު އަހުމަދު ދީދީއަށް އެމީހުން ދެއްކި ވާހަކަ ފުލުސް އޮފީހުގައި ސާބިތު ކޮށް ނުދެވުނު ކަމަށް ވިދާޅުވެ ދިވެހި ރާއްޖޭގެ ހޯމް މިނިސްޓަރ ހަސަން އަފީފު ދެއްކެވި ވާހަކަ ފުޅަކީ ތަންދޮރު ފިލާ ފައި ހުރި ކުޑަކުއްޖަކުވެސް ހަމަ ހޭގައި ހުރެގެން ދައްކާ ވަރަށް ވުރެ ދޯދިޔާ ވާހަކައެކެވެ.
މީހަކު ކުރި ކުށެއްގެ މައްޗަށް ބިނާ ކޮށް އެމީހަކާ މެދު ފުލުހުން ޢަމަލު ކުރަން ޖެހޭ ގޮތަކީ ކޮބައިކަން ގާނޫނު ތަކުގައި ލިޔެވިފައި ވާނެއެވެ. އެންމެ ކުޑަ ކުއްޖަކަށް ވެސް އެނގޭނޭ ފަދައިން ބަންދު ކޮށްގެން ބަޔަކުތަހުގީގެއް ކުރަން ޖެހޭނީ މީހަކު ސިއްރުން ކުރާކަމެއްގެ ހަގީގަތް ހޯދުމަށެވެ. ރޯމާ ދުވާލު އެންމެންގެ ކުރިމަތީގައި މީހަކު ކުރި ކަމަކާ މެދު ކުރަން ޖެހެނީ ކޮން ތަހުގީގެއް ހެއްޔެވެ.
ޑޮކްޓަރ ޖަމީލާ ސަންދާނު އަހަންމައިދީ ދެއްކެވި ވާހަކަފުޅެއް ދެއްކެވީ ފާޅުގައެވެ. އޭގެ ރެކޯޑިންގް ހުންނާނެއެވެ. އަދި ހަމަ އެބޭފުޅުން އެ ދެއްކެވި ވާހަކަ ތަކުރާރު ކޮށް އެ ގެންދަވަނީ ދައްކަވަމުންނެވެ. އެހެންކަމުން މީގައި ފުލުހުން ކުރަން އޮތީ ކޮން ތަހުގީގެއް ހެއްޔެވެ.

ފުލުހުން ކުރަން ބޭނުންވާ ތަހުގީގެއް ކުރި ކަމުގައި ވިޔަސް ފުލުހުންގެ އިދާރައަކީ މީހުން ގެ ކުށް ސާބިތު ވާކަމާ ނުވާކަން ކަނޑައަޅަން ހުންނަ ތަނެއް ނޫނެވެ. މީހުން ކުރާ ކުށުން ބަރީއަ ވުމަށް ވާހަކަ ދެއްކުމާ މައްސަލަޔާ ދެކޮޅަށް ހެކިދެއްކުމަކީ ފުލުހުންގެ އިދާރާގައި ކުށްވެރިޔާ ކުރަން ޖެހޭނޭ ކަމެއް ނޫނެވެ.

ފުލުހުންނަށް ހެކި ފެންނަން ހުރި ނަމަ އެ މައްސަލައެއް ކޯޓަށް ހުށަހަޅައިގެން ސާބިތު ކުރުމަކީ އެކަމަކާ އުޅޭ ބައެއްގެ ކަމެކެވެ. ދެއްކި ވާހަކަ ދެއްކީ ކީއްވެގެން ކަން ޖަމީލާއި އަހަންމައިދީ އަށް ކޯޓުގައި ސާބިތު ނުކޮށް ދެވުނު ނަމަ އެހިސާބުން އެމީހުންގެ މައްޗަށް ހުކުމް ކުރީމާ އެ ނިމުނީ އެވެ.

މިއީ ހަގީގަތުގައި މިގޮތަށް ލިޔާ ވަރުގެ ވާހަކަ އެއް ނޫނެވެ އެހެނަސް ދިވެހި ރާއްޖޭގެ އިއްޒަތްތެރި ހޯމް މިނިސްޓަރުގެ ތަސައްރަފު ނުފުދޭ މިންވަރު ފެނިފައި ލިޔެވުނީ އެވެ.

One Response to “ހޯމް މިނިސްޓަރަކަށް ތިހެނެއް ނުކިޔޭނެ”

  1. badeeu said

    Thasaharfu nufudhey meeheh Afeef akee. Saafu thedu. Rlhi control nukurevey meehun ministarunge magaamu havaalu kuraa meeha ge buhdhiveri kmaa dheytherey ves visnaalun rangalhu.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s

 
Follow

Get every new post delivered to your Inbox.