ޖިނންސް ބަދަލު ކުރުމާއި އެއް ޖިންސުގެ ގުޅުން ހިންގުމަކީ އެއްވެސް މައްސަލަ އެއް ނޫން ކަމުގައި އެމްޑީޕިގެ ޗެއާ ޕާސަން މާރިޔާ އަހްމަދު ދީދީ ވިދާޅު ވެއްޖެ
Posted by allaboutmaldives on June 10, 2011
ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ހިމެނި ވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ އިސް ވެރިން ބައިވެރިވެ ވަޑައިގަންނަވައިގެން ތޮއްޑޫގައި ބޭއްވި ހަފުލާއެއްގައި އެމްޑީޕީގެ ޗެއާ ޕާސަން މާރިޔަ އަހުމަދު ދީދީ އިސްލާމް ދީނަށް ވަރަށް ބޮޑަށް ފުރައްސާރަ ކުރައްވައިފިއެވެ. ހުޅަނގުގެ ލާދީނީ މީހުންގެ ތެރޭގައި ވެސް އަބުރު ވެރި މީހުން އަޑު އަހަން ކަމު ނުދާފަދަ ލަވަ ކިޔުމަށް މަޝްހޫރު ލޭޑީ ގާގާ ގެ ލަވައެއް ކަމުގައި ވާ “ބޯން ދިސްވޭ” (އުފަންވީ މިގޮތަށް) ތޮއްޑޫ ގައި ހަރު އަޑުން ވިދާޅު ވެ، މަރިޔާ ވަނީ އެލަވައިގައި ވާ އިސްލާމް ދީނާ ޚިލާފު ވާހަކަތަކަށް މުޖުތަމަޢުގެ ޒުވާނުންގެ ހިތް ތައް ލަންބުވާލުމަށް ބާރު އަޅުއްވާފައެވެ.
ދިވެހި ރާއްޖޭގެ އިއްޒަތްތެރި ރައީސް ވެސް ބައިވެރި ވަޑައިގެން ނަށްޓަވާ ހެއްދެވި މިހަފުލާގައި މާރިޔާ ކިޔުއްވި ލަވަޔަށް ބަލާ އިރު ލަވައިގެ މައިގަނޑު ބިނާ ވެފައި ވަނީ އެމީހަކު އުޅޭ ހިތްވާ ގޮތަކަށް އެމީހަކު އުޅެ، ހިތް ހަމަ ޖެހުން ހޯދުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ބާރު އަޅާ ގޮތަށެވެ. ހުޅަނގުގެ އެންމެ ލާދީނީ ގައުމު ތަކުގައި ވެސް މި ލަވައިގެ ބައިތައް ވަނީ ސެންސަރު ކޮށްފައެވެ. އެގޮތުން ގިނަ ގައުމު ތަކުގައި މިލަވައިގެ ފަށާ ބައި ސެންސަރު ކޮށް ފައި ވެއެވެ. މިއީ ދައްޖާލުގެ އަމާގެ މެނިފެސްޓޯ (ދިސް އިޒު ދަ މެނިފެސްޓޯ އޮފް މަދާ މޮންސްޓާ) އޭ ކިޔާފައި ފަށާ، މި ލަވައިގައި ވަނީ އެއްޖިންސުގެ ގުޅުމަށް ހިތްވަރު ދީ ދީނަށް ވަރަށް ބޮޑަށް ގޮން ޖަހާފައެވެ.
މިގޮތުން ލަވައިގެ އެންމެ ފޯރި ގަދަ ހިސާބުގައި ކިޔައެވެ. “ނޯ މެޓަރ ގޭ، ސްޓްރެއިޓް އޯރ ބައި ލެސްބިއަން، ޓްރާންސް ޖެންޑާރޑް އައެމް އޮން ދަ ރައިޓް ޓްރެކް ބޭބީ” (ޖިންސް ބަދަލު ކުރުމާ އެއް ޖިންސުގެ ގުޅުން ހިންގުން ކަމުގައި ވިޔަސް މައްސަލައެއް ނެތެވެ. އަހަރެން މިދާ ގޮތަކީ ރަނގަޅު ގޮތެވެ)
އެއްޖިންސުގެ ގުޅުން ހިންގާ މީހުން ގެ ހައްގު ތަކަށް ވަކާލާތު ކުރާ މީހުންގެ ބަހުރުވައިން ލަވަ ކިޔަމުން މިލަވައިގައި ގާގާ ވަނީ ހެއްދެވި ކަލާނގެ އަށް ވެސް ފުރައްސާރަ ކޮށް ފައެވެ. އެގޮތުން ހިތަށް އެރި ކޮންމެ ގޮތަކަށް އުޅުމަކީ މައްސަލައެއް ނޫން ކަމާއި، އެގޮތަށް އެ އުޅެވެނީ ކަލާނގެ އެގޮތަށް އުފައްދަވާފައި ވާތީ ކަމުގައި ދޭހަވާ ގޮތަށް މުޅިލަވައިގެ ތީމް ބިނާ ކޮށް ފައި ވެއެވެ.
މިފަދަ ލާދިނީ ލަވައެއް ދިވެހި ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ހިމެނި ވަޑައިގަންނަވަގޮތަށް ސަރުކާރުގެ އިސް ވެރިން ބައިވެރި ވެ ވަޑައިގެން މާރިޔާ ވިދާޅު ވީ ކީއްވެގެން ބާވައޭ ސުވާލު އުފެދެއެވެ. ކޮންމެއަކަސް މިއީ ދިވެހި ރާއްޖޭގެ ރައްޔިތުން ފުން ކޮށް ވިސްނަން ޖެހޭ މައްސަލައެކެވެ.
liyela said
މިއީ ހަގީގަތެއްކަމަށްވަނީ ނަމަ މިއީ ވަރަށް ދެރަ ކަމެއް. އެބޭފުޅުންނަށް އެޅުނީ މަޖްލިހުގެ ގަޅި ދެ މެމްބަރަކު ލިބުމުން ދެފައި އެއަތާކު ނުޖެހިގެން އުފާވެސް ކުރާނެ މީހުން އެކަމަކު ހައްދުން ނައްޓައިގެން ނާންވެސް މިއީ ބ ޮޑުވަރު. މިސަރުކާރުގެ މިބާވަތުގެ ކަންކަން ވާވަދެފައި ތިބި ދިވެހިން ކިހާދުވަހަކު ތަހައްމުލް ކުރާނެބާ !
Rihanana Johnes said
nice