All About Maldives ______________އޯލް އެބައުޓް މޯލްޑިވްސް

އަލީ ވަހީދު ބުންޏަސް ތެދެއް ވާނީ ތެދަކަށެވެ

Posted by allaboutmaldives on May 24, 2011

އަބްދުﷲ ސަމީރު 

ޑީ އާރޕީ އިން ވަކިވެ އެމްޑީޕީ ގެ ޕޯޑިއަމްގައި ވާހަކަ ދައްކަމުން ތޮއްޑޫ ދާއިރާގެ މެމްބަރ އަލީ ވަހީދު ބުނި ގޮތުގައި ސަރުކާރުގައި ޕްލޭނެއް އެބައޮތެވެ.  އިދި ކޮޅު ފަރާތްތަކުގައި އޮތީ ގޯހޭ ގޯހޭ ގޮވުމެވެ. ރަނގަޅު ވާހަކައެކެވެ. އެހެނަސް  އަލީ ވަހީދަށް ނޭނގުނު ކަމަކީ ސަރުކާރެއް ވެއްޖެއްޔާ ޕްލޭނެއް އޮންނާނެ ކަމެވެ. އޮންނަން ޖެހޭނެ ކަމެވެ.  އެ ޕްލޭނެއްގައި ހުންނަ ރަނގަޅު ކަންތަކާއި ނުބައި ކަންތަކަށް ފާރަ ވެރިވާ ބަޔަކީ އިދިކޮޅު ފަރާތް ކަމުގައި ވާ ހިނދު އެފަރާތުން މައިގަޑު ގޮތެއްގައި ކުރާނެ ކަމަކީ ސަރުކާރުން ނުރަނގަޅު ކޮށް ކުރާ ކަންތަކަށް ފާޑު ކިޔުން ކަމެވެ.  އަލީ ވަހީދުގެ ބަހުން ނަމަ ގޯހޭ ގޯހޭ ގޮވުން ކަމެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އިދި ކޮޅު ޕާޓީތަކުން ކުރާނެ ކަމަކީ އެއީ ކަން އަލީ ވަހީދަކަށް ނޭނގުނެވެ.

 

ދިވެހި ރާއަޖޭގެ ވެރިކަން އެމްޑީޕީ ން ކުރަމުން ގެންދާތާ ތިން އަހަރާ ގާތް ވެފައި ވާއިރު، ސަރުކާރުގެ ޕްލޭނާ އެއްގޮތް ވާ ގޮތުގެ މަތިން ކުރަމުން ދާކަންތައް ދިވެހި ރައްޔިތުންނަށް ދަނީ ފެންނަމުންނެވެ. ގުއަންޓަނަމޯ ބޭ ގެ ޖަލުން މީހުން ރާއްޖެ ގެނެސް، އެމީހުން ދިވެހި ރައްވެހިންނަށް ހަދަން އެމެރިކާ ސަރުކާރާ އެކު އެއްބަސް ވީ ވެސް ރޭވިފައި އޮތް ޕްލޭނެއްގެ ދަށުންނެވެ. އެކަމަކީ ދިވެހި ރައްޔިތުންނަށް ކަމުދާ ކަމަކަށް ނުވި ހިނދު ގޯހޭ ގޯހޭ ކިޔަމުން އިދިކޮޅު ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުން އަލީ ވަހީދު އަޑު އުފުލިއެވެ. ސަރުކާރުން ސިއްރިޔާތުގައި ކުރަން އުޅުނު ކަންތަށް ފަޅާ އެރުމުން އެކި ފަހަރު އެކި ގޮތަށް ވާހަކަ ދެއްކުމަށް ފަހު އެންމެ ފަހުން އެކަން ކުރެވޭ ގޮތެއް ނުވިއެވެ. މިއީ އިދި ކޮޅު ފަރާތްތަކުން ގޯހޭ ގޯހޭ ގޮވުމުގެ ނަތީޖާއެވެ.

 

އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ނާއި އެނޫނަސް ދިވެހި ރާއްޖެޔަށް އެހީ ވެދޭ ބައިނަލް އަގުވާމީ ފަރާތްތަކުން ދިވެހި ސަރުކާރުގެ ޚަރަދު ކުޑަ ކުރަން ޖެހޭ ކަމުގައި މިއަދުގެ ސަރުކާރަށް އެތައް ގޮތަކުން އިލްތިމާސް ކުރިއެވެ. މި ގޮތަށް ޢަމަލު ނުކޮށްފިނަމަ ފޫ ނުބެއްދޭ ފަދަ އިގުތިސާދީ ވަޅުގަނޑެއްގެ ތެރެއަށް ދިވެހި ރާއްޖެ ވެއްޓިދާނެ ކަމުގެ އިންޒާރު އެފަރާތް ތަކުން ދިނެވެ. އެހެނަސް  އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރި ވާ ހުރިހާ ފަރާތްތަކާއި އެޕާޓީ އަށް ސޮއި ކުރާހާ މީހަކަށް ވެސް ސިޔާސީ މަގާމުތައް ދީ  އާމްދަނީ ޔަށް ނުތަކާ ވަރަށް ސަރުކާރުގެ ޚަރަދު  ބޮޑު ކުރުމުގެ ނަތީޖާއެއްގެ ގޮތުން ސިވިލް ސާވެންޓުންގެ ގޮތުގައި ތިބި އާދައިގެ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ޖެހުނީ ވެސް ސަރުކާރުގެ ޕްލޭންގެ ދަށުންނެވެ. ހަމަ އެ ޕްލޭންގެ ދަށުން ކުރަމުންދާ ބޭކާރު ޚަރަދުތަކާ އެކު ގައުމުގެ އިގުތިސާދު އަނަރޫފަ ވެ ފައިސާގެ އަގު ވެއްޓި، ތަކެތީގެ އަގު އުފުލި ރައްޔިތުން ބަނޑަށް ޖެހެމުން ވެސް ދަނީއެވެ.

 

ދިވެހިންނަކީ މުސްލިމުން ކަމުގައި ވީހިނދު އިސްލަމީ ޢގީދާ އަށާއި ދީނީ އަޚުވަންތަކަމަށް ދިވެހިން އިހުތިރާމް ކުރެއެވެ.  މުސްލިމުން މަރައި އެމީހުންގެ ގެދޮރުން ބޭރު ކުރުމަށޤ ފަހު ދުނިޔޭގެ އިސްލާމުންނާ ދެކޮޅަށް އުފެދިފައިވާ އިޒުރޭލާ އެކު ގުޅުން ބަދަހި ކުރުމަކީ ދިވެހިން އެހާ ބޭނުން ކަމެއް ނޫނެވެ. އެހެނަސް ފައިސާގެ ދަހިވެތިކަމުގައި އިޒުރޭލު ސަރުކާރާ އެކު އެކި ބަވަތް ބާވަތުގެ އެއްބަސްވުން ތައް މިއަދުގެ ސަރުކާރުން އަންނީ ގާއިމް ކުރަމުންނެވެ. މީގެ ތެރޭގައި އިޒުރޭލުގެ ރައްޔިތުންނަށް ހިޓުލަރ ދިން އަނިޔަތަކުގެ ވާހަކަ ދިވެހި ރަސްމީ ސިލަބަހަށް ލުމަށް އެއްބަސް ވިހިނދު ޔަހޫދީން އިސްލާމް ދީނާ ދެކޮޅާށް ހިންގި ޖަރީމާ ތަށް ކިޔެވުމަށް އޮންނަ ފުރުސަތު ހަނި ކޮށް ދިވެހި ރާއްޖޭގެ ސްކޫލް ތަކުގައި އިސްލާމް އިޚުތިޔާރީ މާއްދާއަކަށް ހެދުމަށް ވެސް ނމިއަދުގެ ސަރުކާރުން ނިންމިއެވެ. އަލީ ވަހީދު ބުނި ޕްލޭނުގެ ދަށުންނެވެ. މިފަހަރު ވެސް ގޯހޭ ގޯހޭ ގޮވަމުން ދުވީ އިދިކޮޅު ފަރާތްތަކުންނެވެ. ނަތީޖާ ވެސް ކޮންމެވެސް މިންވަރަކަށް ފެނުނެވެ.

 

ދިވެހިންގެ ކަށިން ފެން ނެރެގެން އާދައިގެ ރައްޔިތުންގެ ބުރަ މަސައްކަތުން ބިނާކުރި ދިވެހިންގެ ފަޚުރެއްކަމުގައިވާ މާލޭ އިންޓަރނޭޝަނަލް އެއާޕޯޓް މަދު ލާރި ކޮޅަކަށް ރައްޓެހި ބަޔަކަށް ވިއްކާލީ ވެސް ސަރުކާރުގެ ޕްލޭންގެ ދަށުންނެވެ. މިކަމުގެ ހިތި ނަތީޖާ ދިވެހި ރާއްޖޭގެ ކުދި ބޮޑު ހުރިހާ ރައްޔިތުންނަށް މިއަދު ފެނަނަމުން ދާއިރު ސުވާލު އުފެދެނީ ގޯހޭ ގޯހޭ ގޮވާނެ އިދިކޮޅު ފަރާތެއް ނެތީ ކީއްވެ ބާވައެވެ.

 

އަޑި އަޑިން ހެދުނު ޑީލް ތަކުގެ ވާހަކަޔާ ދަތުރުކުރި ޓިކެޓް ތަކުގެ ވާހަކަ އޭރު ވަރަށް ބާރަށް ދެކެވުނެވެ. ތިލަފަށަށް ކަންތަށް މި އަންނަނީ އަދި ކިރިޔާ އެވެ. ހަގީގަތަކީ އިޚުލާސްތެރިކަމާ އެކު އަމިއްލަ އެދުމުން އެއްކިބަވެ ތިބެ މަސައްކަތް ކުރާމީހުން ފައިސާޔަށް ނުވިކޭނެ ކަމެވެ. އެހެނަސް އަމިއްލަ އެދުމާއި ފައިސާޔާއި ޖާހުގެ ބޭނުމުގައި އުޅޭ މީހުން ފައިސާޔަށް ވިކިގެން ދާތަން ފެންނާނެ ކަމެވެ.

 

ޑީއާރޕީގެ ޕޯޑިއަމް ދޫކޮށް ރީނދޫ ޕޯޑިއަމްގައި ހުރެ، އަލީ ވަހީދު ބުންޏަސް ރަނގަޅު ވާހަކަ އެއް ވާނީ ހަމަ ރަނގަޅު ވާހަކައަކަށެ. ތެދެކެވެ. ސަރުކާރުގައި ޕްލޭނެއް އެބައޮތެވެ. އެހެނަސް އެއީ ދިވެހި ރައްޔިތުންގެ އިހްސަސް ތަކުގައި ކޮޅުފައިން ޖަހައި އެމީހުންގެ އަބުރު ނަގާލުމަށް ހެދިފައިވާ ޕްލޭނެއްކަން އަލީ ވަހީދަކަށް ނޭނގުނެވެ. ނޫނީ ލިބުނު ފައިސާގެ އޮފްދާރު އެއަށްވުރެ މާގަދައެވެ.

2 Responses to “އަލީ ވަހީދު ބުންޏަސް ތެދެއް ވާނީ ތެދަކަށެވެ”

  1. liyela said

    ali waheed is a frog. earlier i respected him. i thought one day he is going to become a brilliant politician. but all what see in him is Boom, Boom, Boooooom. act like a baby.
    however one thing he said was ” came to get passengers for his flight. because it is available in here “. this is a very meaningful phrase. i think he got a plan. may be once Thas DRP and Z DRP come to one podium he would reunite with them. http://www.liyela.wordpress.com

  2. Maumoon fahathu dhuvaa meehun nah ney migaumuga eyves Jagey .. a ee gaumu halaakuran huri nulafaa bodu munaafige.. maumoon ah adhuluveri insaafey libenvaaney adhi Rahyathuna insaafu libumakee hama mihaarun mihaarah vaanjey kamey.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s

 
Follow

Get every new post delivered to your Inbox.