All About Maldives ______________އޯލް އެބައުޓް މޯލްޑިވްސް

Archive for September, 2010

ސިލްސިލާ ވާހަކަ: ގެއްލުނު ރާއްޖެ 5

Posted by allaboutmaldives on September 7, 2010

ޑިސްކޯ ހޯލް އޮތީ ފުރި ބާރު ވެފައެވެ. އެންމެ ފަހުގެ ކްލަބް ލަވަތަކާ އެކު ފިޔަ ޖަހަމުން ދިޔަ ލައިޓުގެ ތެރޭގައި ހަރަކާތް ތެރިވަމުން ދަނީ ދެ ޖިންސުގެ ޖޯޑުތަކެވެ. ރައީސް މައްލިއާއި އަނބި ކަނބަލުން ހޯލަށް ވަދެ ވަޑައިގެން އެއްފަރާތެއްގައި ހުރި އެކަހެރި މޭޒެއްގެ ކައިރީގައި މަޑުކޮށްލެއްވިއެވެ. އެވަގުތު ވެއިޓަރަކު ތަފާތު އެތަކެއް ބުއިން ހިމެނޭ ޓްރޭ އެއް ގެނެސް އެ ދެކަނަބަލުންނަށް ހުށަހެޅިއެވެ. ކޮންމެ ބޭފުޅަކު ވެސް އެބޭފުޅަކާ ގުޅޭ ރަހައެއްގެ ޑްރިންކެއް ހިއްޕަވަން ފެއްޓެވިއެވެ. އެވަގުތު ގަދަޔަށް ނަށަނަށައި އޮތް ބައިގަނޑުގެ ތެރެއިން ދުވެލައިފައިއައިސް އެ ދެކަނބަލުންގެ ގާތަށް އެހުއްޓުނީ ޒުވާން ދެ އަންހެން ކުދިންނެވެ. “ކޮބާ އަވަހަށް ހިންގަވާ —————އެންމެން ހަމަވެފަ އެއޮތީ ———” ރައީސް މައްލީގެ ދެއަތްޕުޅުގައި ދެކުދިން ހިފައި ދަމާގަންނަމުން ނަށަން ދާން ދައުވަތު އެރުވިއެވެ. Read the rest of this entry »

Posted in ވާހަކަ | 2 Comments »

ސިލްސިލާ ވާހަކަ: ގެއްލުނު ރާއްޖެ 4

Posted by allaboutmaldives on September 2, 2010

މައްލިގެ ސިކުނޑިފުޅު ވަނީ މީގެ އެތަކެއް އަހަރު ކުރީގެ މާޒީގެ ތެރެއަށް ފީނައިފައެވެ.

އެއިރު އެމަނިކުފާނުގެ އުމުރު ފުޅުން އެންމެ ދިހަ ވަރަކަށް އަހަރު ފުޅެވެ. ހަލަބޮލި މިޒާޖެއްގެ ކުއްޖަކަށް ވެފައި ގިނައިން އެކިގައި އުޅެވެނީ ނުލަފާ އަރުވާ ކުދިންނާ ކަމުން އަބަދުވެސް ބޮޑެތި މީހުންގެ ނުރުހުމާ މައްލިޔަށް އޮންނަނީ ކުރިމަތިލާން ޖެހިފައެވެ. އެހެންސް ބޮޑުވެގެން ގާތްވެގެން ނުވަތަ ހެޔޮ އެދިގެން މައްލިޔަށް ނަސޭހަތެއް ދެވޭ ވަރުގެ މީހަކު ހުންނަ ކަމަކަށް ނުވެއެވެ. މި ދުވަސްވަރު މައްލި ކިރިޔާ ވެސް ދަރެއް ޖެހޭ މީހަކަށް ހުންނަނީ އޭނާގެ ބޮޑު ދައިތަ އެކެވެ. ހަގީގަތުގައި މައްލީގެ ކަސިޔާރު ދިރިއުޅުމާ ގޭތެރޭގެ ކަންތައް ހުންނަގޮތާ ވަރަށް ބޮޑު ގުޅުމެއް ވެއެވެ. ގޭތެރޭގައި އެދުވަސް ވަރު އެންމެ ގަދަޔަށް ދެކެވޭ ވާހަކަޔަކީ ސިޔާސީ ވާހަކައެވެ. ވެރިކަން ކުރާ މީހުން ކަމު ނުގޮސް ގެންނާ އި ވެރިކަން ބަދަލު ނުވެގެން އުޅޭ ވާހަކަ އެވެ. ދެފަހަރެއްގެ މަތިން ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބު ވުމުން އެކަމުގެ އުދާސް އަބަދު ވެސް ގޭތެރޭގައި ހުންނަނީ ކެކި ކެކި އެވެ. އެ އުމުރުގައި މި ކަންތަކަކީ މައްލިޔަށް އެހާ ކަމުދާ ކަން ތައް ތަކަކަށް ނުވެއެވެ. Read the rest of this entry »

Posted in ވާހަކަ | Leave a Comment »

 
Follow

Get every new post delivered to your Inbox.