All About Maldives ______________އޯލް އެބައުޓް މޯލްޑިވްސް

ސިލްސިލާ ވާހަކަ: ގެއްލުނު ރާއްޖެ 3

Posted by allaboutmaldives on August 30, 2010


ލޯންޗް ފާލަމާ ކައިރި ވަމުން ދިޔަ ވަރަކަށް ރަން ކުލައިން ވިދަ ވިދާ ހުރި އެ ފާލަން ދިޔައީ މައްޗަށް އުފުލެމުންނެވެ. މަޑު މަޑުން އުފުލެމުން ގޮސް ލޯންޗް ފާލަން ދަށަށް ވާގޮތަށް ޓަނަލެއް ކަހަލަ ތަނެއްގެ ތެރެއަށް ވަދެގެން ދާން ފަށައިފިއެވެ. ލޯންޗް ވަދެގެން ދިއުމާ އެކު އުފުލިފައި އޮތް ފާލަން ތިރިވެއްޖެއެވެ. ޓަނަލުގެ ތެރެއިން ދަތުރު ކުރި ލޯންޗް ވަކިހިސާބަކަށް ގޮސްފައި ދުވެލި ހުއްޓާލައިފިއެވެ. އެ އާ އެކު އެ ހިސާބުގެ ލޮނުގަނޑު ލޯންޗާ އެކު އުފުލެން ފެށިއެވެ. އުފުލެމުން ދިޔަ ލޮނުގަނޑު ހަމަޖެހިލި އިރު ލޯންޗް އޮތީ ވަށް ބުރެއް ގެ ސިފައިގައި އޮތް ފެންގަނޑެއްގެ މެދުގައެވެ. އެ ފެންގަނޑުގެ މެދުގައި ލޯންޗް އޮތް ހިސާބުން ފެށިގެން ރަށަ ފޭބުމަށް ޓާކައި އަޅާފައި އޮތީ ވަރަށް  ފުޅާ ބިއްލޫރީގެ ފާލަމެކެވެ.

“ކިހާ ފައްކާ———-” މަޑު މަޑުން ބިއްލޫރި ފާލަމުގައި ފައިވާން ފުޅު އަޅުއްވަމުން ރައީސް މައްލި ވިދާޅު ވިއެވެ…………….”މިހިރަ މަސް ތައް ހީވަނޫ ފައިގަ ކޮއްޓާލަފާނެހެން———-” ފާލަން މަތީން ރަށާ ދިމާޔަށް ހިންގަވަމުން  ވިދާޅު ވިއެވެ.

”އޭއި ކޮބާ ކުޑަކޮށް ހެލްޕެއް ބޭނުމޭ———– މާހިރު އަމީން އޭނާގެ ބާރު އަޑުން ގޮވާލިއެވެ. އެއިރު ރަނގަޅަށް ނިވާނުވެ އޮތް އަންހެން ކުއްޖަކު އޭނާގެ އަތުތެރޭގައި އޮތެވެ. އެ ކުއްޖާގެ އެއް އަތާއި އެއް ފައިގައި ހިފާ އުފުލާ ފައި ހުރި ގޮތުން ހީވަނީ މާރުކޭޓުން ގޮދައެއް ހިއްލާލައި ތާޒާތޯ ބަލާލަނީ ހެންނެވެ. “މިހާ އަވަހަށް މިތިބީ ކަޓާފަ———- ކޮބާ ކުޑަކޮށް ބެލެންސް ވޭތޯ ބަލާބަލަ——- ނޫނީ ތި ފާލަމުން ވެސް ގެންދަން ޖެހޭނީ އުރާލައިގެން ކަން ނޭގެ——” ފާލަން މަތީގައި މާހިރަށް އެހީތެރި ވެދޭން ހުރި މީހާޔަށް އެ ކުއްޖާ ފޯރު ކޮށްދެމުން ބުނެލިއެވެ.

“އެންމެން ވެސް ތިހާލުގަތަ ——–” ރައީސް މައްލި ފަސް އެނބުރި މާހިރާ މުޚާޠަބު ކުރެއްވިއެވެ.

“ނޫނޭ ބައެއް ގޮލައިން——— އެކުދިން އަދި މިކަހަލަ ކަންތަކަށް ޅައީ” މާހިރު ބުނެލިއެވެ.

“އާނ ރަށަށް އެރެން ދެން ވެސް މަޑެއް ނުކުރޭ ވިއްޔަ ދޯ ——- ރަނގަޅުވާނެ ދެން”

ރައީސް މައްލި އަނބިކަނބަލުން ގީލާ ޔާއެކު އެބޭފުޅުންގެ އިންތިޒާރުގައި އޮތް އަސް ގާޑިޔާ ކޮޅާކަށް ސަވާރު ވެ ވަޑައި ގެންނެވި އެވެ. އެއާ އެކު ރީތި ކޮށް ދުވެލާފައި އަސްގާޑިޔާ ކޮޅު މިސްރާބު ޖެހީ ރައީސްގެ އާދަޔާ ޚިލާފު ގެކޮޅަށެވެ.

*********************************************

ގަޑިން އަށެއް ޖަހަން އުޅެނީ އެވެ. ރަސްމީ ރެސްޓޯރެންޓް ކޮޅު އޮތީ ފުރި ބާރުވެފައެވެ. ދުނިޔޭގެ މަޝްހޫރު ހުރިހާ ކާނާއެއް އެތާނގައި އަތުރާ ލެވިފައި ހުއްޓެވެ. ރެސްޓޯރެންޓްގައި ރައީސުލް ޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ޓީމުގެ ގިނަ ބޭފުޅުން ފަރީއްކޮޅަށް އިންސާފު ކުރައްވަމުން ގެންދެވި އިރު ޖެހިގެން ހުރި އިމާރާތުގައި ޑިސްކޯ ވެސް އޮތީ ފެށިފައެވެ. ޅަފުރާގެ ބައެއްކުދިން އަވަސް އަވަހަށް ރެސްޓޯރެންޓް ނިންމައިފައި ގޮސް ޑާންސްފްލޯރަށް ޖަމާ ވަމުން ދިޔައެވެ.

”އާނ ކިހިނެކޭ ވީ———- ކާމިޔާބޭ؟———ހާދަ ފާޑަކަށް އަޑު ތިހިރީ އަނެއްކާ މީހަކަށް ފެނުނުތަ”

ރައީސް މައްލި ހުންނެވި މޭޒު ކޮޅާ ދިމާޔަށް މޮބައިލުން ވާހަކަ ދައްކަމުން އައިސް މަޑު ކޮށްލީ ފީކޮއި އީސައެވެ. ”ތިޔޭ މަބުނާ ވާހަކަ ———–އޭނަޔަށް ވެސް ފެނިއްޖެއްޔާ ވާނީ ފެނުނު ކަމަކަށް ނު———–ދެން އޯކޭ ކިހާ ވަރެއް ކޮށްލެވުނު” އީސަ ހުރީ ކުޑަކޮށް ހާސް ވެފައެވެ. ހިސާބަށް ވުރެ އަޑުގަދަ ކޮށް ވާހަކަ ދެކެވެނީ، ހީވާ ގޮތުން ނަމަ ޕްލޭން ކުރި ކަންތައް އެންމެ ރަނގަޅަށް ނުދިޔައިމައެވެ. ”————އޯކެ ދެން ތިވަރު ވެސް——އެންމެ ގާބުރިޔަކުން ކޮން ކަމެއް ވާނީ—————-ބިއްލޫރި ގަނޑު މާދަން ވެސް ބަދަލު ކޮށަލާނެ———އާނ ދެން އޯކޭ….. ދެން ކަނޑާލީ މިވަގުތު…”   އީސަ ފޯނު ކަނޑާލައިފައި މޭޒުމަތީގައި ބޭއްވިއެވެ. މޭޒު ދޮށުގައި ތިބި މީހުންގެ ތެރެއިން އެކަކާ ވެސް ހަތަރު ކަޅި ހަމަކޮށްލުމެއް ނެތި ދުރު ބަލަހަށް ޓައިގެން ހުރެ ބުންޏެވެ.    ”އެންމެ ބިއްލޫރި ގަނޑެއް————- އެކަމުން ކޮން ކަމެއް ވާނީ ——-މާދަން ވެސް ހަމަ އެބިއްލޫރިގަނޑު ބަދަލު ކޮށްލާނެ ———- ވަގަށް ނަގައިފަ ހުރި ފައިސާ އެބަ ހުރި ވިއްޔަ———” މޭޒު މަތީގައި ބާރަށް އަތުން ޖަހައިފައި ގޮނޑިން ތެދުވެގެން ޢީސަ ދިޔައީ ޑިސްކޯ ހޯލާ ދިމާޔަށެވެ.

ރައީސް މަޑު މަޑުން ފަރީއްކޮޅަށް އިންސާފު ކުރައްވަމުން ގެންދެވިއެވެ. ކައިރީގައި ހުރި، މެދު ކަށްޓެއްހެން ހުރި ބިއްލޫރި ތަށްޓަކަށް އަޅާފައި ހުރި މަޑު ރަތް ކުލައިގެ ބުއިން ވެސް ދިޔައީ ހުސް ވަމުންނެވެ. ރޭގަނޑުގެ ކުރިޔަށް ހުރި ޕްރޮގްރާމް ތަކަށް ރަނގަޅަށް ތައްޔާރުވެގެން ހުންނެވި ، އެމަނިކުފާނުގެ އަނބިކަނބަލުން ވެސް ހުންނެވީ ހިމޭނުންނެވެ. މޭޒު ދޮށުން ފަހަރަކު މީހަކު ތެދުވަމުން ގޮސް އެންމެން ހެން ހުސް ވެއްޖެއެވެ. އެއިރު ވެސް ރައީސް މައްލި ހަމަ އަނގައިން ވެސް ވިދާޅު ނުވެ ހަމަ ހިމޭނުން ހުންނެވިއެވެ. އެމަނިކުފާނުގެ ހަލަބޮލި ވިސްނުން ފުޅު އެވަގުތު ވަނީ ކޮންމެވެސް ދުރު ހިސާބެއްގައެވެ. (ނުނިމޭ)

One Response to “ސިލްސިލާ ވާހަކަ: ގެއްލުނު ރާއްޖެ 3”

  1. rasheed said

    All political leaders devils , all of them are sucking our bloods including cabinets

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s

 
Follow

Get every new post delivered to your Inbox.