Archive for August, 2010
Posted by allaboutmaldives on August 30, 2010
ލޯންޗް ފާލަމާ ކައިރި ވަމުން ދިޔަ ވަރަކަށް ރަން ކުލައިން ވިދަ ވިދާ ހުރި އެ ފާލަން ދިޔައީ މައްޗަށް އުފުލެމުންނެވެ. މަޑު މަޑުން އުފުލެމުން ގޮސް ލޯންޗް ފާލަން ދަށަށް ވާގޮތަށް ޓަނަލެއް ކަހަލަ ތަނެއްގެ ތެރެއަށް ވަދެގެން ދާން ފަށައިފިއެވެ. ލޯންޗް ވަދެގެން ދިއުމާ އެކު އުފުލިފައި އޮތް ފާލަން ތިރިވެއްޖެއެވެ. ޓަނަލުގެ ތެރެއިން ދަތުރު ކުރި ލޯންޗް ވަކިހިސާބަކަށް ގޮސްފައި ދުވެލި ހުއްޓާލައިފިއެވެ. އެ އާ އެކު އެ ހިސާބުގެ ލޮނުގަނޑު ލޯންޗާ އެކު އުފުލެން ފެށިއެވެ. އުފުލެމުން ދިޔަ ލޮނުގަނޑު ހަމަޖެހިލި އިރު ލޯންޗް އޮތީ ވަށް ބުރެއް ގެ ސިފައިގައި އޮތް ފެންގަނޑެއްގެ މެދުގައެވެ. އެ ފެންގަނޑުގެ މެދުގައި ލޯންޗް އޮތް ހިސާބުން ފެށިގެން ރަށަ ފޭބުމަށް ޓާކައި އަޅާފައި އޮތީ ވަރަށް ފުޅާ ބިއްލޫރީގެ ފާލަމެކެވެ.
“ކިހާ ފައްކާ———-” މަޑު މަޑުން ބިއްލޫރި ފާލަމުގައި ފައިވާން ފުޅު އަޅުއްވަމުން ރައީސް މައްލި ވިދާޅު ވިއެވެ…………….”މިހިރަ މަސް ތައް ހީވަނޫ ފައިގަ ކޮއްޓާލަފާނެހެން———-” ފާލަން މަތީން ރަށާ ދިމާޔަށް ހިންގަވަމުން ވިދާޅު ވިއެވެ. Read the rest of this entry »
0.000000
0.000000
Posted in ވާހަކަ | 1 Comment »
Posted by allaboutmaldives on August 27, 2010
“ހާދަ ސަޅި ދުވަހެކޭދޯ” ބާރު ސްޕީޑު ގައި ދުވެ ދުވެ އޮތް ރައީސުލް ޖުމްހޫރިއްޔާގެ ލޯންޗް ކޮޅުގެ ޑެކް މަތީގައި ހުރި ގޮނޑިކޮޅެއް ގައި އޮންނަވާފައި ރައީސް މައްލި ވިދާޅުވިއެވެ. “މަސް ބާނާ އާލާތް ކޮޅު ގެނައިންތަ———— ނައިޓް ފިޝިންއަށް ވަރަށް ރަނގަޅު ވާނެހެން ހީވޭ.”
“ހުރިހާ އެއްޗެއްވެސް ހުންނާނެ——- ހާސް ނުވޭ” ލޯންޗްގެ އެތެރެއިން މީހަކު ބާރަށް ގޮވާލި އަޑު އިވުނެވެ. ”ކޮންމެހެން މަސް ބާނާ އާލާތް އެކަންޏެއް ނޫން ހުރިހާ އެއްޗެއްވެސް ހުންނާނެ.” Read the rest of this entry »
0.000000
0.000000
Posted in ވާހަކަ | 1 Comment »
Posted by allaboutmaldives on August 26, 2010
މެދު އުޑުގައި ހުރި ރީނދޫ ކުލައިގެ އަލިފާން ބޯޅައެއްފަދަ އިރު މަޑު މަޑުން ހުޅަނގު ފަރާތަށް މިސްރާބު ޖަހައިފިއެވެ. އިރުން ލިބެމުން ދިޔަ ދިލަ ހޫނުން ވަޅޯވަމުން ދިޔަ ހިތްތަކަށް ހަމަ ޖެހުމެއް ގެނެސް ދިނީ އުދަރެހަށް ފެތުރެން ފެށި މަޑުފިޔާތޮށިކުލަޔާއި އަޅި ކުލައިގެ ވިލާތަކުގެ ފަހަތުން ނިވާ ވަމުން ގޮސް މާސިންގާ ނޫ ކުލައިގެ ކަނޑުގެ ސަޠަހަޔަށް ފީނަމުން ދިޔަ، އިރު ގެ ވަދާޢީ ސަލާމުންނެވެ.
ދިވެހި ރާއްޖޭގެ ވެރި ރަށް މާލޭގެ މަގުތަކުގައި ހަވީރުގެ އަރާމު ރޯޅިން ހިތް ހަމަޖެހުން ހޯދަމުން ހޭލަ މޭލަވާ މީސްތަކުން އޮތީ ފުރި ބާރުވެފައެވެ. ކޮންމެ މީހަކު ވެސް ވަނީ އެމީހެއްގެ އަމިއްލަ ދުނިޔޭގައި ޣާފިލު ވެފައެވެ. ދިރި އުޅުމުގެ ކާރޫ ބާރޫ ބޮޑު މާލޭގައި އެކަކަށް ވެސް އަނެކަކާ މެދު ވިސްނުމަކީ އެހާ ފަސޭހަ ކަމެއް ކަމުގައި މިހާރަކު ނުވެއެވެ. ދުވަހަކީ ބުރާސްފަތި ދުވަސް ކަމުން ހަފުތާގެ ބަންދަށް ތައްޔާރު ވަމުން ދިޔަ މީހުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. Read the rest of this entry »
0.000000
0.000000
Posted in ވާހަކަ | 1 Comment »
Posted by allaboutmaldives on August 19, 2010
އަބްދުﷲ ސަމީރު
ރަމަޟާން މަހޭ ރަމަޟާން މަހޭ ހިތް ތައް އުފާ ކުރުވާ މަހޭ
ހަމަ ހަމަ ކަމާ އެކުގާ ކަތުން ތަގުވާ ވުމަށް އައި މާތް މަހޭ Read the rest of this entry »
0.000000
0.000000
Posted in ޅެން | Leave a Comment »
Posted by allaboutmaldives on August 9, 2010
“އުއްތަމަ ފަނޑިޔާރު އައްޔަން ކޮށްފައި ނޫނީ އެހެން ކަމެއް ކުރަކަށް ލާހިކެއް ނޫން”
މިއީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރާ ލީޑަރުގެ ބަސް މަގު ހުރިގޮތެވެ. ރިކޯ މޫސަ މިގޮތަށް ވާހަކަ ދައްކާއިރު މި ކިޔެނީ ކީކޭ ކަން މީނަޔަށް އެނގޭ ބާވައެވެ. ދިވެހި ރާއްޖޭގެ ރައްޔިތުން ހޮވާފައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވިޔަ ނުދޭނަމޭ ބުނެ ބިރު ދައްކަން މީނަޔަށް ލިބި ފައި ވަނީ ކޮން ބާރެއް ބާވައެވެ. ގާނޫނީ ގޮތުން އެފަދަ ބާރެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ހިނދު ތިމަންނަގެ ތަރިކަ މުދަލަކަށް މިވެނި ގޮތެއް ހަދާނަމޭ ބުނާ ބީދައިން މަޖިލީހާ ދޭތެރޭ އަމަލު ކުރާނަމޭ ބުނުމުން ދޭހަ ވާނީ މީހާގެ ހުރި ތަންދޮރު ނުދަންނަ ކަން ފިޔަވައި އެހެން އެއްވެސް ކަމެއް ނޫނެވެ. މިގޮތަށް މިކަން އޮތް އިރު އުފެދޭ ބޮޑު ސުވާލަކީ ރީކޯ މޫސަ ރައްޔިތުން ގެ މަޖިލީހުގެ ޖަލްސާ ތައް ވިޔަ ނުދޭން ކުރާނީ ކޮން ކަމެއް ބާވައެވެ. Read the rest of this entry »
Posted in ސިޔާސީ ފަޑު ކިޔުން | Leave a Comment »