އަދާލަތު ޕާޓީގެ ދެފުށް ދެގޮތް ސިޔާސަތު: މުނާފިގުންގެ ކިބައިގައި ހުންނަންވާ ހުރިހާ ޝަރުތެއް އެމީހުންގެ ކިބައިގައި އެބަހުރި
Posted by allaboutmaldives on October 19, 2009
ރައީސް މައުމޫނަކީ ކާފިރެކެވެ. ގާނޫނުލް ޢުގޫބާތު ފާސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މީހަކު އުފުލާ އަތަކުން އެއީ ކާފިރެއްކަން ނުވަތަ މުސްލިމެއް ކަން އެނގޭނެއެވެ.
މިއީ ދިވެހި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ އަޑުގަދަ އެއް ޕާޓީގެ ބަސްމަގު ހުންނަ ގޮތެވެ. ހެއްވާ ކަމެކެވެ. މީހަކު މުސްލިމަކަށް ވާގޮތާ ކާފިރު ވާގޮތާ މިއީ ޢާދާލަތު ޕާޓިގެ މީހުން ބޭނުން ގޮތަކަށް ކަނޑަ އަޅަން ﷲ ދޫ ކުރައްވައިފައި އޮތް ކަމެއްހެއްޔެވެ. ނޫނެކެވެ. ދީނީ ނަމެއް ކިޔާފައި ޕާޓި ހެދި ކަމުގައި ވިޔަސް މިވެނި މީހަކީ ކާފިރެކޭ އެވެނި ގޮތަކަށް އަތް އުފުލާލާ މީހަކީ މުސްލިމެއް ނޫނޭ ބުނުމުގެ ޙައްގެއް މިމީހުނަކަށް ލިބިގެނެއްނުވެއެވެ.
ކޮންމެއަކަސް މިއަދު ދިވެހި ރާއްޖޭގައި ވެރިކަން ކުރަމުން މިދާ ރައީސް މުހަންމަދު ނަޝީދުގެ ޕާޓީ އެމްޑީޕީ އާ އެކު ހަދާފައިވާ އެގްރިމެންޓެއްގެ ދަށުން ސަރުކާރުގެ އިސްލާމީ ކަންތައް ތައް ބެލެހެއްޓުމަށް ހަމަ ޖެހިފައި ވަނީ ޢަދާލަތު ޕާޓިއާއެވެ. މިގޮތުން ރައީސް ނަޝީދު ސިއްރާއި ފައުޅުގައި ކުރައްވާދީނާ ޚިލާފު ޢަމަލެއްނަމަ އެ ޢަމަލެއްގެ ޒިންމާ ނަގަން ޖެހިފައިވާ ބަޔަކީ ވެސް ހަމަ މިބައި މީހުން ފިޔަވައި އެހެން ބަޔެއް ނޫނެވެ. އެހެން ކަމުން ސަރުކާރުން ކުރާ ލާ ދީނީ ކަންތައް ނޭނގޭ ކަމަށް ހަދާފައި އެމީހުނަށް ލިބިފައިވާ މިނިސްޓްރީގައި ވެރިކަން ކޮށްލަ ކޮށްލާ ތިބެނީ ހަގީގަތުގައި ލިބިފައި ހުރި ކަމަށް ބުނާ ދީނީ އިލްމު ސިޔާސީ މަގާމާއި ދުނިޔަވީ ޖާހަށްޓަކައި ގުރުބާން ކޮށްލާފައެވެ. މިގޮތުން ދީނުގައި ޙަރާމް ކަންތައް ހުއްދަ ވާފަދަ ބައެއް ފަތުވާ ވެސް މި މިނިސްޓްރީގެ ތެރެއިން ނުކުމެފައި އެބަ ހުއްޓެވެ.މިސާލެއްގެ ގޮތުން ވަރަށް ކުޑަ ކުޑަ ޕޮއިންޓެއް މިތަގައި ފާހަގަ ކޮށްލަމެވެ. މާލޭގެ ހޮޓާ ތަކުގައި ރާ ވިއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ދާދި ފަހުން އެ މިނިސްޓްރީން ނެރުނު ފަތުވާ އަކީ މިފަދަ ތާކުން ތާކު ުޖެހޭ ހެއްވާ ފަތުވާއެކެވެ. އިސްލާމް ދީނުގައި ރާވިއްކުން ވަކި ތަނެއްގައި ހުއްދަވެފައި ވަކި ތަނެއްގައި މަނާ ކުރެވޭ ގޮތަކަށް ކަނޑަ އެޅިފައެއް ނޯވެއެވެ. އެހެން ކަމުން މިބަވަތުގެ ހެއްވާ ބަޔާން ތައް ނެރެ ރައީސް ނަޝީދުގެ، ކްރިސްޓިޔަން މިޝަނަރީންނަށް ގައުމު ވިއްކާލުމުގެ ޕްލޭނުގައި ބައިވެރި ވަމުން ދިޔުމަކީ ޢަދާލަތު ޕާޓިގެ ދެފުށް ދެގޮތް ސިޔާސަތު ހާމަވެގެންދާ ކަމެކެވެ. މީގެ އިތުރުން ޒިނޭގެ ހުކުމް ތަންފީޒު ކުރުމަށް ހަޖޫޖަހައި ރައީސް އޮފީހުން ދެއްކި ވާހަކަޔަށް މިޕާޓިން ދިން ބީރު ކަންފަތާއި ރައީސް ނަޝީދު ނޫސް ވެރިންގެ ކުރިމަތީގައި ރާފޮދު ހިއްޕެވުމުން އެކަމާ އަޅާ ލާމީހުނަށް އިންޒާރު ދިނުންފަދަ ކަންތައްތަކަކީދެފުށް ދެގޮތް ސިޔާސަތުގެ ފާހަގަ ކޮށްލެވޭ ޕޮއިންޓް ތަކެވެ.
ވެރިކަމާ ގަދަރާ ޢިއްޒަތަށްޓަކައި ކިތަންމެ މަރު ދިން ކަމުގައި ވިޔަސް ފާޅު ކަން ބޮޑު ގޮތެއްގައި ރައީސް ނަޝީދުގެ ސަރުކާރުން ހިންގަމުން ގެންދާ ލާދީނީ ޢަމަލުތަކާ ރައްޔިތުންގެ ކުރިމަތީގައި އަޅާ ނުލާ ތިބުމަކީ ޢަދާލަތު ޕާޓީއަށް ވެސް މިހާރު ވަނީ މާ ފަސޭހަ ކަމަކަށް ނުވެފައެވެ. ދިވެހި ރާއްޖޭގައި މަރަށް މަރު ހިފުން ފަދަ ހުކުމް ތަންފީޒު ނުކުރައްވާނެ ކަމުގައި ރައީސް ނަޝީދު ރޭޑިޔޯ މެދުވެރި ކުރައްވައި ވިދާޅުވި ވިދާޅުވުންވީ، ދީނުގެ ނަން ފިޔަވައި ސިޔާސީ ގޮތުން އެއްވެސް އުރައްޕެއް ނެތް މިޕާޓީއަށް، އެކަމާ އަލާނުލާ އޮވެވޭ ވަރުގެ މކަމަކަށް ނޫނެވެ. އެމީހުން ރައްޔިތުންގެ ލޮލުގައި އަޅުވަމުން ގެންދާ ދީނީ އަނދުނަށް ތަޣައްޔަރު ކަމެއް އަޔަ ނުދިނުމަށްޓަކައި ނަމަވެސް މިކަމާ ދެކޮޅަށް ބަހެއް ބުނެލުމަށް މަޖުބޫރު ވިއެވެ. އެހެން ކަމުން ބޮޑު ޖަލްސާއެއް ބާއްވައިފައި ބުނެލެވުނީ ރައީސް ނަޝީދު އެގޮތަށް ވިސްނަވާނަމަ އެކަމާ އެބޭފުޅުން ހިތާމަ ކުރައްވާ ކަމުގައވެ. ހެއްވާ ކަމަކީ ރައީސް ނަޝީދުގެ އަޑުފުޅުން ރޭޑިޔޯ މެދުވެރި ކުރައްވައި ދިވެހި ރައްޔިތުންގެ ކުރިމަތީގައި މިކަމަކީ ކުރަން ތިމަންނަޔަށް ފެނިވަޑައިގަންނަވާ ކަމެއް ނޫނޭ ވިދާޅުވި އިރުވެސް ޢަދާލަތަށް އެމަނިކުފާނު އެގޮތަށް ވިސްނަވާ ކަމާ ދޭތެރޭ ހަމަ އެކަނި ވެލަނީ ޝައްކެކެވެ. ޔަގީނެއް ނޫނެވެ. ޢަދާލަތުގެ ރައީސް ކަމުގައި ވާ މީހުންގެ އިސްލާމް ވަންތަކަން ކަނޑައަޅާ ޙާކިމު ވިދާޅުވަނީ ގާނޫނުލް ޢގޫބާތު ގެވޯޓުގައި މީހާ އަތް އުފުލާ ލާ ގޮތަކުން އެއީ މުސްލިމެއްކަން ނުވަތަ ކާފިރެއްކަން އޭނާޔަށް އެނގި ވަޑައިގަންނަވާނެކަމުގައެވެ. ހެއްވާ ކަމަކީ ރައީސް ނަޝީދު މިހުކުމްތަކާ ދެކޮޅާށް ކަނޑައެޅިގެން އަޑު އުފުއްލެވި އިރުވެސް އެމަނިކުފާނުގެ އިސްލާމެއް ކަން ނުވަތަ ކާފިރެއްކަން މިބޭފުޅާޔަށް އެނގި ވަޑައި ނުގެންނެވި ކަމެވެ.
ސަހަރޯ އެވެ. ހުސޭން ރަޝީދެވެ. ދުނިޔޭގެ ޖާހަށް ހެއްލުނަސް ކިޔޭ ނުކިޔޭ އެއްޗެހި ވަޒަން ކުރެވޭ ވަރަށް ހަމަ ހޭގައި ތިއްބަވާށެވެ. ނިކަން ހިތްވަރެއް ހުރިއްޔާ ރައީސް ނަށީދުގެ ލާ ދީނީ ޢަމަލުތަކަށް ނުރުހުން ފާޅުކޮށް، އެމަނިކުފާނުގެ ނިވާ ފަށްގަނޑެއްގެ ގޮތުގައި ތިބޭފުޅުންނަށް ދެއްވި މިނިސްޓްރީއިން ނިކުމެ ވަޑައިގެން ބައްލަވާށެވެ. އެއިރުން ދިވެހި ރައްޔިތުންގެ ކުރިމަތީގައި ވެއްޓިފައިވާ ތިޔަބައިމީހުންގެ އަބުރު ފަހަރެއްގައި އަނބުރާ ގެނެވިދާނެއެވެ. ރައީސް ނަޝީދުގެ ބައިވެރިން މިހާރު އެގޮވާލަނީ ރާއްޖޭގައި އެއްޖިންސުގެ މީހުންގެ ގުޅުން ހުއްދަ ކުރުމަށެވެ. މިކަން ކާމިޔާބުވާ ދުވަހަކުން ފިރިހެނުނަނާއި ފިރިހެނުން، އަންހެނުން ނާއި އަންހެނުން، ކައިވެނި ކޮށް ދެއްވަން މަޖީދާއި ޝަހީމު ވެސް ވަޑައިގަންނަވަން ޖެހިދާނެއެވެ. އެއިގެ ކުރީގައި ސަލާމަތްވެވޭތޯ ބަލާށެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.
އަދާލަތު ޕާޓީގެ ދެފުށް ދެގޮތް ސިޔާސަތު: މުނާފިގުންގެ ކިބައިގައި ހުންނަންވާ ހުރިހާ ޝަރުތެއް އެމީހުންގެ ކިބައިގައި އެބަހުރި « The Silent Revolu said
[...] by ހިމޭން އިންގިލާބު on 2009/10/20 އޯލް އެބައުޓް މޯލްޑިވްސް: ރައީސް މައުމޫނަކީ ކާފިރެކެވެ. ގާނޫނުލް ޢުގޫބާތު ފާސް [...]
އަދާލަތު ޕާޓީގެ ދެފުށް ދެގޮތް ސިޔާސަތު: މުނާފިގުންގެ ކިބައިގައި ހުންނަންވާ ހުރިހާ ޝަރުތެއް އެމީހުންގެ ކިބައިގައި އެބަހުރި « The Silent Revolu said
[...] by ހިމޭން އިންގިލާބު on 2009/10/20 އޯލް އެބައުޓް މޯލްޑިވްސް: ރައީސް މައުމޫނަކީ ކާފިރެކެވެ. ގާނޫނުލް ޢުގޫބާތު ފާސް [...]
Nasrulla Jameel said
ސަމީރެއްކަމަކު ތިޔަކަހަލަ ވާހަކަ ނުދައްކަވާށެވެ. އަދާލަތު ޕާޓީން މަޑަކުން ނޯންނާނަމޭ ބުނި އިރު، މި ކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނި އެއްޗެއް ނެތެވެ. އަދި ޝަހީމުވެސް ވިދާޅުވެފައިވަނީ ސަރުކާރުގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮތްހާ ދުވަހަކު އެ ފުރަސަތު ދޫކޮސްނުލައްވާނެ ކަމުގައެވެ. އެހެން ގޮތަކަށްނަމަ، ރައީސު ނާޝީދު އެބޭފުޅުން ބޭރުކޮށްނުލައްވާނަމަ، އެ މަގާމުގައި ތިއްބަވާނެކަމުގައެވެ.