Posted by allaboutmaldives on October 19, 2009
ރައީސް މައުމޫނަކީ ކާފިރެކެވެ. ގާނޫނުލް ޢުގޫބާތު ފާސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މީހަކު އުފުލާ އަތަކުން އެއީ ކާފިރެއްކަން ނުވަތަ މުސްލިމެއް ކަން އެނގޭނެއެވެ.
މިއީ ދިވެހި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ އަޑުގަދަ އެއް ޕާޓީގެ ބަސްމަގު ހުންނަ ގޮތެވެ. ހެއްވާ ކަމެކެވެ. މީހަކު މުސްލިމަކަށް ވާގޮތާ ކާފިރު ވާގޮތާ މިއީ ޢާދާލަތު ޕާޓިގެ މީހުން ބޭނުން ގޮތަކަށް ކަނޑަ އަޅަން ﷲ ދޫ ކުރައްވައިފައި އޮތް ކަމެއްހެއްޔެވެ. ނޫނެކެވެ. ދީނީ ނަމެއް ކިޔާފައި ޕާޓި ހެދި ކަމުގައި ވިޔަސް މިވެނި މީހަކީ ކާފިރެކޭ އެވެނި ގޮތަކަށް އަތް އުފުލާލާ މީހަކީ މުސްލިމެއް ނޫނޭ ބުނުމުގެ ޙައްގެއް މިމީހުނަކަށް ލިބިގެނެއްނުވެއެވެ. Read the rest of this entry »
Posted in Uncategorized | 3 Comments »
Posted by allaboutmaldives on October 15, 2009
ގައި ބާރު ހުރި މީހަކު، މީހަކު ހިފާ ހައްޔަރު ކުރިއެވެ. ގުޑާ ނުލެވޭ ގޮތަށް ހަތަރެސް ފައި ބަނދެފައި ބާއްވާފައި އޭނާޔަށް ބޮޑެތި އަނިޔާ ތައް ކުރިއެވެ. މިހިނދު އަނިޔާ ލިބެމުން ދާ މީހާ އަޑުގެ ކޮޅަށް ރޮއިފައި އާދޭސް ކުރެއެވެ.ހެޔޮ ނުވާނެއެވެ. ތިހެން ނަހަދާށެވެ. އަހަންނަށް އަނިޔާ ނުކުރާށެވެ. ދޫނުކުރި ކަމުގައި ވިޔަސް ތަޅާ ނުމަރާށެވެ.
އިސް ވެ ދެންނެވުނު ދެމީހުންގެ ދެމެދުގައި ގުޅުމެއް ނެތް ހެއްޔެވެ. ނޫނެކެވެ. ދެމީހުންގެ ދެމެދުގައި ގުޅުން އެބައޮތެވެ. ވާހަކަ ވެސް އެބަ ދެކެވެއެވެ. އެކަކު ތަޅާ މަރަނީއެވެ. އަނެކަކު އެ އަނިޔާ ތަކުން މިންޖު ކޮށް ދިނުން އެދި އާދޭސް ކުރަނީއެވެ.
ދާދި ފަހުން ދިވެހި ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމުހޫރިއްޔާ، ފަލަސްތީނުގެ ބޮޑު ވަޒީރު މަޙުމޫދު އައްބާސަށް ފޯނު ކުރައްވައި ދެއްކެވި ކަމުގައި އަޑު އަރައިގެން ދިޔަވާހަކައިގެ ތެރޭގައި، ރައީސް ނަޝީދު މަހުމޫދު ޢައްބާސް ކުރެން އެއްސެވި ކަމުގައި ވަނީ ތިމަންނަ އިޒުރޭލުގެ ވެރިންގެ ގާތުގައި ބުނެދޭންވީ ކޮން ވާހަކަ އެއްތޯއެވެ. މަހުމޫދު އައްބާސް ވިދާޅު ވިއެވެ. އިޒުރޭލު މީހުން ގާތު އަހަރެމެންނާ ސުލްހައިގެ ވާހަ ތައް ދައްކަން ފަށާށޭ ބުނެދޭށެވެ.
ކުރީގައި ދެންނެވުނު ހިފާހައްޔަރު ކޮށްފައި ވާމީހާ ރޮއި ރޮއިފައި އަނިޔާ ނުކުރަން އެދޭ އެދުމާ މަހުމޫދު ޢައްބާސް ޢިޒުރޭލުގެ ސަރުކާރުގައި އެދޭ އެދުމުގެ މާކަ ބޮޑު ތަފާތެއެ ނެތެވެ. އެހެނަސް މި އަށް ދިވެހި ރާއްޖޭގެ ރައީސް ދެއްވާ ނަމަކީ ސިޔާސީ ގުޅުމެވެ. ފަލަސްތީނާ އިޒުރޭލާ ދެމެދު ވެސް ސިޔާސީ ގުޅުން އެބަ އޮތޭ އެހެން ކަމުން އަހަރެމެން އިޒުރޭލު އެކަހެރި ކުރުމަކީ ހަމަ ޖެހޭ ކަމެއް ނޫނޭ ރައީސް ނަޝީދު ގެންދަވަނީ ވިދާޅު ވަމުންނެވެ. Read the rest of this entry »
Posted in Uncategorized | 1 Comment »