All About Maldives

whats happening here

ދިވެހި ރާއްޖޭގެ ސްކޫލްތައް ޕްރައިވަޓައިޒް ކުރުން:ދެވަނަބައި

Posted by allaboutmaldives on August 24, 2009

އިންޓަނޭޝަނަލް ސްކޫލް ތައް ހުންނަނީ ކޮން ތާކު؟

ކޮންމެއަކަސް ދިވެހިންނަށް އިންޓަނޭޝަނަލް ސްކޫލު މިވަނީ ވަރަށް މުހިންމު ތަނަކަށް ވެފައެވެ. މިހިސާބުން އުފެދޭ ސުވާލަކީ އިންޓަނޭޝަނަލް ސްކޫލް ދިވެހިންނަށް ދަސްވީ ކޮން ގޮތަކުން ބަވައެވެ. މިސުވާލުގެ ޖަވާބު ވަރަށް ފަސޭހައިން ލިބޭނެއެވެ. އަވަށްޓެރި ސްރީލަންކާޔާއި އިންޑިޔާ އަދި މެލޭޝީޔާގެ އިންޓަނޭޝަނަލް ސްކޫލު ތަކުގައި ދިވެހި ކުދިން ކިޔަވަން ތިބުމަކީ ފަހަކަށް އައިސް ޢާދަޔަކަށް ވަނީ ވެފައެވެ. އެހެންކަމުން ދިވެހިންނަށް އިންޓަނޭޝަނަލް ސްކޫލް ދަސްވެގެން އުޅެނީ އެގައުމު ތަކުން ކަމުގައި ވުމަކީ ވަރަށް ފަސޭހައިން ގަބޫލު ކުރެވިދާނެ ކަމެކެވެ.

ދުނިޔޭގެ ކުރިއަރަފައި ވާ ގައުމުތަކުގައި އިންޓަނޭޝަނަލް ސްކޫލަކީ ހުންނަ އެއްޗެއް ނޫނެވެ. އިންޑިޔާ ސްރީލަންކާ ފަދަގައުމު ތަކުގައި އިންޓަނޭޝަނަލް ސްކޫލް ތައް ހުންނަނީ ކީއްވެގެންތޯ ބަލައިލާ އިރު ފުރަތަމަ ވެސް ކަޅި ހުއްޓެނީ ގައުމުގެ ތަޢުލީމީ ނިޒާމު ބިނާ ވެފައި އޮންނަ ބަހާ އެވެ. މިސާލަކަށް ސްރީ ލަންކާ ނަމަ އެ ބަހަކީ ސިންގަޅަބަސް ނުވަތަ ބައެއް ހިސަބު ތަކުގައި ތަމަޅަ ބަހެވެ. މިއީ އެގައުމުގެ ރަސްމީ ހުރިހާ ސްކޫލް ތަކުގައި ވެސް ކިޔަވަ ދޭ ބަހެވެ. މީގެ އިތުރުން އެގައުމު ތަކުގެ ރަސްމީ ތަޢުލީމު ގެ ނިޒާމުގައި ކިޔަވާ ދޭނީ ގައުމީ މުގައްރަރަކަށެވެ. މި މުގައްރަރު ނިމުމުން ހަދަނީ ގައުމީ އިމްތިހާނެކެވެ. އެ އިމްތިހާނު ހެދުމުން ލިބޭ ސެޓްފިކެޓަކީ ގައުމީ ސެޓްފިކެޓެކެވެ. މީގެ މިސާލަކީ ދިވެހި ރާއްޖޭގައި ކިޔަވާ ދޭ ދިވެހި އިސްލާމް ދެ މައްދާ އެވެ. މި ދެމައްދާ ކިޔަވައިގެން ބައިވެރިވާ އެސްސީ ފަދަ އިމްތިހާނަކީ އެފަދަ އިމްތިހާނެކެވެ. މި އިމްތިހާނުގެ ނަތީޖާ ތަކަކީ ބައިނަލް އަގުވާމީ ޔުނިވަރސިޓި ތަކަށް ވަނނުމުގައި ކްރެޑިޓެއް ލިބޭ އެއްޗެއް ނޫނެވެ. މިހިސާބުން ގައުމުގައި ތިބޭ ބޭރުގެ ޑިޕްލޮމެޓުންނަށް އިންޓަނޭޝަނަލް ސްކޫލު ބޭނުން ވާ ސަބަބު އަޅުގަނޑުމެނަށް އޮޅުން ފިލައެވެ. އާދެ އެއީ ކުރިން ވެސް ދެންނެވުނު ފަދައިން ބައިނަލް އަގުވާމީ ގޮތުން ގަބޫލު ކުރެވޭ ފަދަ ސަނަދެއް ލިބޭ ސްކޫލަކަށް ކުދިން ފޮނުވުމެވެ. މި ސްކޫލު ތަކަށް ގައުމުގެ މުއްސަނދިން ކުދިން ފޮނުވަނީ ވެސް ހަމަ އިސް ވެދެންނެވި ބޭނުމުގައެވެ. މިފަދަ ސްކޫލް ތައް ހިންގުމުގައި އެންމެ މަޝްހޫރު އެއް ގައުމަކީ ތުރުކީ ވިލާތެވެ. ތުރުކީ ވިލާތަކީ ޔޫރަޕް ގައި އޮތް ގައުމަކަށް ވެފައި އެމީހުންގެ އިގުތިސާދަކީ ޔޫރަޕްގެ އެހެން ގައުމު ތަކާ އަޅާ ބަލާއިރު ދަށް އަދި ޔޫރަޕްގެ އެހެން ގައުމު ތަކަށް ވަޒީފާއަށް އެގައުމުގެ ގިނަ ބަޔަކު ދާ ގައުމަކަށް ވުމަކީ ތުރުކީ ވިލާތަށް މިފަދަ ސްކޫލެއް ބޭނުންވާ ސަބަބެވެ.

ދިވެހި ރާއްޖެއަށް އިންޓަނޭޝަނަލް ސްކޫލެއް ބޭނުންވޭތަ؟

އިސްވެ ބަލާލެވުނު މައުލޫމަތު ތަކުގެ އަލީގައި ބަލާލާއިރު ދިވެހި ރައްޖޭގެ ހުރިހާ ސްކޫލް ތަކަކީ ވެސް އިންޓަނޭޝަނަލް ސްކޫލް ތަކެވެ. ދިވެހި ރާއްޖޭގެ ސްކޫލް ތަކުގައި ކިޔަވައިދޭ ބަހަކީ އިނގިރޭސި ބަހެވެ. ސްކޫލް ނިންމުމުން ލިބޭ ސެޓްފިކެޓަކީ އިންޓަނޭޝަންލް ޖެނެރަލް އެޑިޔުކޭޝަން ސެޓްފިކެޓެވެ. ދެން އިތުރަށް ބޭނުން ވަނީ ކޯންޗެއް ބާވައެވެ.

އިންޓަނޭޝަނަލް ސްކޫލާއި ދީން

ދިވެހި ރާއްޖޭގައި ގާއިމު ކުރެވޭ އިންޓަނޭޝަނަލް ސްކޫލް ތަކުން ރާއްޖޭގެ އެހެން ސްކޫލް ތަކުން ކިޔަވައި ނުދޭ މާއްދާއެއް ފަހަރެއްގައި ކޔަވައި ދޭން ޖެހިދާނެއެވެ. އެއީ ދީނެވެ. ދިވެހި ރާއްޖެއަކީ ހަމަ އެކަނި މުސްލިމުން އުޅޭ ގައުމަކަށް ވުމުން ރާއްޖޭގެ ސްކޫލް ތަކުގައި ދީނީ ޢިލްމުގެ ގޮތުން ކިޔަވައިދެނީ ހަމަ އެކަނި އިސްލާމް ދީނެވެ. މިއީ މިސްކޫލް ތަކުގައި ކިޔަވާ ދިވެހި ކުދިންނަށް މަޖުބޫރި މައްދާ އެކެވެ. އެހެނަސް ބޭރުގެ ދަރިވަރުންނަށް އިސްލާމް ގަޑި ދޫކޮށް ލުމުގެ އިޚުތިޔާރު އޮވެއެވެ. އެހެން ކަމުން ރާއްޖޭގައި އިންޓަނޭޝަނަލް ސްކޫލް ތަކެއް އުފެދި އެ ސްކޫލް ތަކުގައި ކިޔަވާ ދަރިވަރުންނަކީ ތަފާތު ގައުމު ތަކުގެ ތަފާތު ދިންދީނުގެ ކުދިންނަށް ވާހިނދު އެކުދިންނަށް ދީނީ މާއްދާ ވެސް ތަފާތު ދީން ތަކަށް ފެތޭ ގޮތަށް ކިޔަވައި ދޭން ޖެހުމަކީ ވަރަށް އެކަށީގެން ވާކަމެކެވެ. އެއިރުން އެ ސްކޫލް ތަކުން ކިޔަވައިދޭ ދީނީ ފިލާ ވަޅުތައް ހުންނާނީ ހުޅަނގުގެ ގައުމުތަކުގައި އޮންނަ ސެކިއުލަރިޒަމް ގެ ސިލބަހަށް ފެތޭހެން ހުރިހާ ދީނަކާ ބެހޭ މައުލޫމާތު ކިޔަވާދޭ މާއްދާއެއްގެ ގޮތުގައެވެ. އެގޮތުން އެސްކޫލުތަކަށް ދާ ދިވެހި ދަރިވަރުންވެސް ކްރިސްޓިއަން ދީން ފަދަ ބަދަލު ކުރެވިފައިވާ ދީން ތަކަށް އަހުލު ވެރި ކުރުވުމުގެ މަގު ފަހި ވެގެން ދާނެއެވެ. މިހާރު ދިވެހި ރާއްޖޭގައި އިންޓަނޭޝަނަލް ސްކޫލް ހިންގަން މަސައްކަތް ކުރާފަރާތްތަކަށް ވިސްނާލިޔަސް މިކަމުގެ ކުލަވަރު ފެނިގެން ދެއެވެ. އާދެ ދިވެހި ރާއްޖެއާ އެއްވެސް ގުޅުމެއް ނެތް މާ ދުރުގައި އޮތް ގައުމެއް ކަމުގައިވާ ތުރުކީގެ ބަޔަކު ރާއްޖޭގައި އިންޓަނޭޝަނަލް ސްކޫލް ހިންގަން އުޅުމަކީ ސުވާލު އުފެދޭ ކަމެކެވެ. ތުރުކީ އަކީ އިސްލާމީ ގައުމު ތަކުގެ ތެރެއިން ސެކިޔުލަރ ނިޒާމަށް ގައުމު ހިންގާ ހަމަ އެކަނި ގައުމެވެ. ޔޫރަޕިއަން ޔޫނިއަންގެ މެންބަރަކަށް ވުމުގެ ހުވަފެނުގައި ގައުމުގެ ގާނޫނު އަސާސީގައި ވެސް ހުރި ނަމަ ހުރި ދީނީ ހުރިހާ ބައެއް މިގައުމުން ވަނީ ފޮހެލައިފައެވެ. އެހެނަސް ގައުމުގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކީ މުސްލިމުން ކަމުގައި ވާހާ ހިނދަކު އެމީހުނަށް ޔޫރަޕިޔަން ޔޫނިއަނުގެ މެންބަރޝިޕް ލިބުން ވަރަށް ދުރެވެ. މިފަދަ ގައުމަކުން ރާއްޖޭގައި އިންޓަނޭޝަނަލް ސްކޫލް ހިންގަން ޝައުގު ވެރިވި ކަމީ ދީނީ ގޮތުން މިކަމާ މެދު ވިސްނައިފިނަމަ ވަރަށް ބޮޑު ބޮލު ރިހުމަކަށް ވާކަމެކެވެ.

އެހެން ކަމުން ދިވެހި ރާއްޖޭގައި އުފެދޭ އިންޓަނޭޝަނަލް ސްކޫލް ތަކަކީ ދިވެހި ރާއްޖެއަށް ކްރިސްޓިއަން ދީން ފެތުރުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ މާސްޓަރ ޕްލޭންގެ ދަށުން ހިނގާ ކަމަކަށް ވުމީ ވަރަށް ގާތް ކަމެކެވެ.(ނުނިމޭ)

Leave a Reply

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>