All About Maldives

whats happening here

މިނިވަން ކަމުގެ އަގަކަށް ފިޔާ އަލުވިކޮޅު ގުރުބާން ކޮށްލަން ކެރޭނެ ހެއްޔެވެ؟

Posted by allaboutmaldives on August 21, 2009

ދިވެހި ރާއްޖޭގެ ވެރިކަމަށް ދަހިވެތި ވެގެން އުޅުނު ދެތިން ޢާއިލާޔަކުން ފާއިތުވި ހައެއްކަ އަހަރުހިންގަމުން އައި  ޢަމަލުތަކެއްގެ ނަތީޖާ އެއްގެ ގޮތުން ދެކުނު އޭޝިޔާގެ ބާރު ގަދަ ސިންގާ ކަމުގައިވާ އިންޑިޔާގެ ވަކިތަކުގެ ޝިކާރަޔަކަށް ދިވެހި ރާއްޖޭގެ މިނިވަންކަން ވެ ނިމި ދަނީއެވެ. ދުރާ ލައި ރޭވިގެން އައި މަކަރު ވެރި ރޭވުމެއްގެ ދަށުން ދިވެހި ރާއްޖެ އަޅުވެތި ކޮށް އިންޑިޔާގެ ބާރުގެ ދަށަށް ގެންދިއުމުގެ އެންމެ ފަހުގެ ނިންމުންތައް ނިންމުމަށް އިންޑިޔާގެ ދިފާޢީ ވަޒީރު އެންތަނީ މިއަދު ރާއްޖެ ވަޑައިގެންފިއެވެެ. އެ މަނިކުފާނުގެ މިދަތުރުފުޅުގައި ސޮއި ކުރެވެން އުޅޭ އެއްބަސްވުމަކީ ރާއްޖެއަށް ކިތަންމެ ނުރައްކާ ތެރި އެއްބަސް ވުމަކަށް ވިޔަސް ދިވެހި ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ މުހަންމަދު ނަޝީދަށް ކުރެއްވޭނެ އެއްކަމެއް ވެސް ނެތެވެ. އެމަނިކުފާނު ހުންނެވީ އެމަނިކުފާނުގެ އަމިއްލަ ބަހުރުވައިން ނަމަ ފައިން އެރިފައެވެ. ނަމަވެސް އަޅުގަނޑުމެންގެ ބަހުރުވަޔަށް މިބަސް ތަރުޖަމާ ކޮށްފައި ލިޔާ ނަމަ ލިޔެވޭނީ އެމަނިކުފާނު ހުންނެވީ ސޯޓް ފުޅު ބޭލުއްވެވިފައި ކަމުގައެވެ.

ދިވެހި ރާއްޖެ އިންޑިޔާގެ ބަޔަކަށް ހެދުމުގެ ހުވަފެނަކީ އިންޑިޔާ މިނިވަން ވީއްސުރެ އެގައުމުގެ ސިޔާސީ ފަރާތްތަކުގެ ހުވަފެނެކެވެ. މިހުވަފެން ހަގީ ގަތަކަށް ހެދުމުގައި ކުޅެން ޖެހޭ ތަފާތު ޑްރާމާތައް އިންޑިޔާ އައީ ފާއިތުވި ޒަމާން ތަކުގައި ކުޅެމުންނެވެ. ދިވެހި ރާއްޖެއަކީ އިންޑިޔާގެ ސްޓޭޓެއް ކަމުގައި ބަލައި އިންޑިޔާގެ ސަރުކާރުން އެތާނގެ ސްޓޭޓް ލެވެލް ގައި ދޭ ވަރަށް ގިނަ ޚިދުމަތް ތަކެއް ރާއްޖެއަށް އައީ ތަޢާރަފް ކުރަމުންނެވެ. މިގޮތުން ފާހަގަ ކޮށް ލެވޭ ބައެއް ޚިދުމަތް ތަކުގެ ތެރޭގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ އާއި އިންޑިޔަން އެއާލައިންސާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ފާހަގަ ކޮށް ލެވެއެވެ. މަތީގައި ވާ ލިސްޓަށް ބަލާ އިރު ސްޓޭޓް ބޭންކް އޮފް އިންޑިޔާއަކީ ނަމުން ވެސް އެނގޭނޭ ފަދައިން އިންޑިޔާގެ ސްޓޭޓް ލެވެލްގައި ހިންގޭ ބޭންކެކެވެ. ހަމަ އެފަދައިން އިންޑިޔާގެ ސްޓޭޓް ތަކުގެ މެދުގައި އުދުހޭ އެއާ ލައިން ކަމުގައިވާ އިންޑިޔަން އެއާލައިންސް ދިވެހި ރާއްޖެއަށް ދަތުރު ކުރުމަށް އިންޑިޔާއިން ހަމަ ޖެއްސި އިރު އެއާ އިންޑިޔާގެ މަތިންދާ ބޯޓުފަހަރު ރާއްޖެއަށް ނު އުދުހޭ ކަމީ މީގެ ހެއްކެކެވެ. އެންމެ ފަހުން މިލިސްޓަށް އިތުރު ކުރެވުނު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަކީ ވެސް އިންޑިޔާގެ ކޮންމެ ސްޓޭޓެއްގައި ހުންނަ އިންޑިޔާ ސަރުކާރުން ހިންގާ ހޮސްޕިޓަލެކެވެ.

އިންޑިޔާއިން ދިވެހި ރާއްޖެ އަލުވެތި ކުރަން އުޅެނީ ކޮން ބޭނުމެއްގައިތޯ ވިސްނާލަމީހަކަށް ވަރަށް ފަސޭހައިން ރާއްޖެ އޮތް ގުދުރަތީ ޕޮޒިޝަނާ މިކަން ގުޅުވައި ލެވޭނެއެވެ. ދުނިޔޭގެ ދަތުރު ފަތުރުގެ މައިހަބެއް ކަމުގައިވާ އިންޑިޔާ ކަނޑު ގެ ބަރަކަށް ވުމަށްޓާކައި ބޭނުންވާ އެއްވެސް ގައުމަކަށް އެކަން ކުރުމުގައި ރާއްޖޭގެ އެހީ ބޭނުން ނުވެ ނުދާނެއެވެ. މިހެން ކަމުން އިންޑިޔާއިން ނިންމީ ދިވެހި ގައުމުގެ ސެކިއުރިޓީ ކޮންޓްރޯލް އިންޑިޔާގެ އަތް ދަށަށް ގެނެސް މުޅި އިންޑިޔާކަނޑަށް އެގައުމުގެ އަތް ގަދަ ކުރުމަށެވެ. މިހިސާބުން އުފެދޭ ސުވާލަކީ އިންޑިޔާއިން މިކަން މިގޮތަށް ކުރަން ބޭނުންވަހިނދު މިހާ ގިނަދުވަސް ތަކެއް ވަންދެން މަޑުން އޮތީ ކީއްވެ ބާވައެވެ. ޚާއްސަ ކޮށް ދިވެހި ރާއްޖެއަށް ތަފާތު އެހީ ދީ ނޮވެމްބަރު ތިނެއްގައި ދިވެހިންނަށް ކުރިމަތިވި ޢުދުވާނީ ޙަމަލާގައި ދިވެހިންނަށް އެހީ ތެރިވީ ކީއްވެބާވައެވެ.ޖަޥާބު ހިސާބަކަށް ދިގު ވެދާނެތީ ވަރަށް ކުރު ގޮތަކަށް މި ޕޮއިންޓް ތަކަށް އަލި އަޅުވައިލާނަމެވެ.

ދިވެހި ރާއްޖެ މިނިވަން ވި އިރުވެސް އިންޑިޔާއިން ދެކެމުން އައީ ރާއްޖެ އަށް މިނިވަން ގައުމެއްގެ ގޮތުގައި ދެމި ނޯވެވޭނެ ކަމުގައެވެ.އެހެން ކަމުން އިނގިރޭސިންގެ އަތުން ރާއްޖެ މިނިވަން ވުމާ އެކު ރާއްޖެ އަތް ަށު ލެވޭނެ ކަމަށް އިންޑިޔާ އޮތީ ބަލަ ބަލައެވެ. އެހެނަސް އިންޑިޔާ އިން ހީކުރި ގޮތާ ޚިލާފަށް މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ބައިނަލް އަގުވާމީ މައިދާނުގައި ދިވެހި ރާއްޖެ އައީ ކާމިޔާބު ކަމާ އެކު ކުރި އަރަމުންނެވެ. އަދި ހަމަ އެއާއެކު އިގުތިސާދީ ގޮތުންނާއި ތަޢުލީމީ ގޮތުން ރާއްޖެ ހޯދަމުން އައި ކުރިެރނުމާ އެކު ބައިނަލް އަގުވާމީ މައިދާނުގައި ރާއްޖެ ކުޅެމުން ގެންދިޔަ ހަރުދަނާ ރޯލު ވީ އިންޑިޔާ ސަރުކާރަށް ވެސް ރާއްޖެއާ މެދު ބޭނުން ގޮތެއް ހެދި ދާނެ ކަމަށް ދުށް ދުށުން ބަދަލު ކުރަން ޖެހުނު ސަބަބަކަށެވެ. އެހެން ކަމުން ދިވެހި ރާއްޖެ އަތް ދަށުލުމަށް އެމީހުން ކުރަމުން ރާވަމުން ދިޔަ ރޭވުން އެހެން ގޮތަކަށް ބަދަލު ކޮށްލުމުގެ ރޭވުން ފެށިއެވެ. ފަހުގެ ތާރީޚުގައި އިންޑިޔާއިން ދުށްގޮތުގައި ދިވެހި ގައުމުމުގެ ވެރިޔަކަށޤ ހުންނެވި މައުމޫނުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން މައުމޫނުގެ ޒަޢާމަތުގައި ދިވެހި ރާއްޖޭގެ މައްޗަށް ވެރި ވެގަތުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާމނެއެވެ. އެހެން ކަމުން މައުމޫނުގެ ވެރިކަން ނިންމާލުމުގެ ޚިޔާލު އިންދިޔާ ސަރުކާރުން ފެށީ އަށްޑިހައިގެ އަހަރު ތަކުގެ ތެރޭގައެވެ. އެގޮތުން ޖަފްނާގެ ވަލުތެރޭގައި އިންޑިޔާ ސިފައިން ހަރަކާތްތެރިވި ދުވަސްވަރު ތަމަޅަ ޖަމާޢަތަކަށް ތަމްރީނުދީ ދިވެހި ސަރުކާލު ވައްޓާ ލައި މައުމޫނު އަވަހާރަ ކޮށްލަން ފޮނުވިއެވެ. އެހެނަސް މި ހަމަލާ އެމީހުން ރޭވި ގޮތަށް ކާމިޔާބުނުވެ ރައީސް މައުމޫނު އަވަހާރަ ކޮށް ނނުލެވުނު ކަން އެނގުމާ އެކު އަވަސް ވެގަނެގެން ދިވެހި ރާއްޖެއަށް އެހީ ވުމުގެ ނަމުގައި އައިސް ތަމަޅާއިން ފުރާގެން ދިޔަ ބޯޓް ގޮއވާލައި ެމީހުން ހައަޔަރު ކޮށް ދިނެވެ. ދުރު ތިބީންނަށް ފެންނާނީ އިންޑިޔާ އިން ދިވެހި ރާއްޖެއަށް ދިމާވި މިނާޒުކު ދަނޑިވަޅުގައި އެހީތެރިވި ދިން މަންޒަރެވެ. އެހެނަސް ހަގީގަތަކީ ރާއްޖޭގެ އޭރުގެ ރައީސުލް ޖުމުހޫރިއްޔާ ގުޅުއްވީ ހަމަ އެކަނި އިންޑިޔާ އަކަށް ނޫންކަމެވެ. އޮސްޓްރޭލިޔާ އެމެރިކާ އިނގިރޭސި ވިލާތް ޕާކިސްތާން ސްރީ ލަންކާ ގެ ވެރިންނާ ވެސް މައުމޫނު ގުޅުއްވިއެވެ. މިހުރިހާ ގައުމުތަކަކުން ވެސް އޮތީ ވަގުތުން ދިވެހި ރާއްޖެއަށް އެހީ ތެރި ވެދޭ ގޮތަށެވެ. މިގޮތުން ރާއްޖޭގެ ދެކުނުން 200 ވަރަކަށް ކިލޯ މީޓަރު ދުރުގައި އޮތް އެމެރިކާގެ ބޭސް ވެސް ފުލްއެލާޓަސް އައިކަމުގައި ވެއެވެ. އެހެނަސް މިއިން އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދީ ކުއްލި ގޮތަކަށް އިންޑިޔާއިން ރާއްޖެ އައި އައުން ދުނިޔެ ހައިރާން ކުރުވި ކަމަކށް ވިއެވެ. އހެން ކަމުން މިކަމުގެ ސިއްރު ދުނިޔޭގެ ބޮޑެތި ގައުމު ތަކުން ހޯދި ހޯދުމުގައި އިންޑިޔާ ގެ ލަޝްކަރުތައް މިކަމަށް ތައްޔާރުވެގެން އޮތްކަން އެނގޭކަމުގެ މައުލޫމާތު ދިވެހި ސައރުކާރާހިއްސަ ކުރި ކަމުގައި ވިނަމަވެސް ދިވެހި ސަރުކާރުން އޮތީ އެކަންކަން ސިއްރު ކޮށްފައެވެ. އިންޑިޔާގެ ރުހުން ހޯދައިގެން މިސަރަހައްދުގައި ވަކި ފަރާތަކަށް ނުޖެހި އޮތުމުގެ ސިޔާސަތަކީ އޭރުގެ ދިވެހި ސަރުކާރުން އިސް ކުރެއްވި ސިޔާސަތު ކަމުގައި ފެނެއެވެ.

ފަހަކަށް އައިސް ވިޔަފާރިއާއި އަޝްކަރީ ގޮތުން ޗައިނާ އިން ހޯދަމުންދާ ކާމިޔާބާއެކު ޗައިނާ އިން ވަނީ އިންޑިޔާ ކަނޑުގައި ވެސް އެމީހުންގެ ދައުރެއް ކުޅެން ފަށާފައެވެ. މީގެ ބޭނުމަކީ ޗައިނާ ޔަކީ ދުނިޔޭގެ އިކޮނޮމިކަލް ބާރަކަށޤ ވެފައި އަދި ހަމަ އެހެންމެ އަސްކަރީ ބާރަކަށް ވެސް ވުމާ އެކު އިންޑިޔާ ކަނޑޫ ހުރަސް ކޮށް ދަތުރު ކުރާ ޗައިނާގެ އެތަކެއް ބޯޓެއްގެ ސަލާމަތަށް ޖާމިނު ކަމެއް ހޯދުމުމުގެ ބޭނުމުގައެވެ. ޒަމާނުއްސުރެ ޗައިނާގެ ކުރި އެރުން ބިރެއްކަމަށް ދެކޭ އިންޑިޔާ އަށް މިކަން ވީ ކެތް ކުރެވޭ ވަރުގެ ކަމަކަށް ނޫނެވެ. އެހެން ކަމުން ކޮންމެ ފަދަ އަގަކަށް ނަމަވެސް ދިވެހި ރާއްޖޭގައި އެމީހުންގެ ދިފާޢި މަރުކަޒެއް ހެދުމުގެ މުހިންމު ކަން އިންޑިޔާއަށް ވިސް ނުނެވެ. އެހެން ކަމުން މިކަމަށް މިކަމަށް މަގު ފަހި ކުރުމުމުގެ ގޮތުން ދިވެހި ރާއްޖޭގެ އެތެރޭގައި ހަމަ ނުޖެހުން އުފެއްދުމަށް އިންޑިޔާ ސަރުކާރުން އައީ ތަފާތު ގޮތް ގޮތުން ހިތްވަރުދީ އެހީތެރި ވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ރައީސް މައުމޫނު ވެރިކަމުން ވެއްޓި ދެން ގައުމުގެ ރައީސް ކަމާ ހަވާލު ވި ފަރާތަކީ ކުރިން ދެންނެވި ނޮވެމްބަރ 3 ގެ ހާދިސާޔާ އާއިލީ ގޮތުން ގާތް ބޭފުޅަކަށް ވުމީ އިއްތިފާގެއް ބާވައެވެ. އެހެން ކަމަށް ވާނަމަ ނޮވެމްބަރު ތިނެއްގެ ގިނަ ޚާއިނުންނަށް ސަރުކާރުގެ މަތީ މަގާމުތައް ދިނުމަކީ ވެސް ހަމަ އިއްތިފާގު ބާވައެވެ.

ރައީސް ނަޝީދު ވެރިކަން ލިބި ވަޑައި ގެންނެވުމުގެ ކުރިން އިންޑިޔާ އަށް ދަތުރެއް ކުރެއްވެވިއެވެ.އެދަތުރުގައި އިންޑިޔާގެ ކަމާ ބެހޭ ފަރާތްތަކާ ބައްދަލު ކުރައްވައި ދިވެހި ސަރުކާރުން ޗައިނާޔަށް ރަށެއް ދީފި ކަމުގައި ވަހަކަ ދެއްކެވިއެވެ. އަދި ހަމަ އެފަދައިން ދިވެހި ސަރުކަރުން މިރީޖަނަށް އިސްލާމިކް ފަންޑަމެންޓަލިސްތުން ރިކްރޫޓް ކުރަން މަސައްކަތް ކުރަނީޔޭ ކިޔައި އޭރުގެ ދިވެހި ސަރުކާރާ ޑުބާއީ ވޯލްޑާ ގުޅިގެން ހިންގަން ހަމަޖެހިފައި އޮތް ގުޅިފަޅު ޕްރޮޖެކްޓްގެ ވާހަކަ ވެސް ދެއްކިއެވެ. މިވާހަކަ ތަށް އައްސަވަފައި އިންޑިޔާގެ މިނިސްޓަރ ވިދާޅުވީ އިންޑިޔާގެ މަސްލަހަތު ތަކަ ދޭތެރޭ ލޯމަރާލައިގެން އިންޑިޔާ ނޯންނާނެ ކަމުގައެވެ.

ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމާ އެކު އިންޑިޔާ ސަރުކާރުގައި ކުރިން ވެ ވަޑައި ގެންނެވި ވައުދު ފުއްދެވުމަށް މަޖުބޫރު ވެ ވަޑައި ގެންނެވިއެވެ. އެގޮތުން ދިވެހި ރާއްޖެގެ ދިފާޢީ ހުރިހާ ކަމެއްގެ ކޮންތްރޯލް އިންޑިޔާ ސަރުކަރާ ހަވަލުކުރުމުގެ ކަންތައް މިހާރު އެދަނީ ކުރިޔަށެވެ. މިކަމުގައި ކިތަންމެ ހިތް ޕުލަށް ތަދުވިޔަސް ރައީސް ނަޝީދަކަށް މިހާރަކު ކުރެއްވޭނެ އެއް ކަމެއް ވެސް ނެތެވެ. ސަބަބަކީ އެމަނިކުފަނު ވަނީ އިންޑިޔާ ސަރުކަރުގެ އަތްދަށު ވެފައެވެ. އިދި ކޮޅު ޕާޓީ އަށް ވެސް އޮތީ ހަނު ހިމެނުން އޮތުމެވެ. ސަބަބަކީ އިންޑިޔާއިން ކުރަން އުޅޭ މިފަދަ ކަމަކަށް ހުއްޓުމެއް އަރާފަދަ ކަމެއް ކުރަން ފަސް ޖެހުމެވެ. ދިވެހި ރައްޔިތުންނަށް އެކަމުން ކޮށފާނެ އަސަރަކަށް ބަލާފައެވެ. އިންޑިޔާއިން މިއަދު ފިޔަވަޅެއްއެޅިޔަސް މާދަމާ ކައްކާނެ ފިޔާކޮލެއް އަލުވި ކޮޅެއް ބަދިގެއަކު ނުހުންނާނެއެވެ. އެހެން ކަމުން އެންމެންނަށް ވެސް އޮތީ މި ހިތި ބެސް ކެތްތެރި ކމަ އެކު ބޯލުމެވެ. ނުނީ މިނވަން ކަމުގެ އަގަކަށް ފިޔާ އަލުވިކޮޅު ގުރުބާން ކޮށޤލާފައި އިދިކޮޅަށް ތެދުވުމެވެ. އެހާ ހިތްވަރު އެބަހުރި ބާވައެވެ.  

 

 

 

 

 

 

 

Leave a Reply

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>