All About Maldives ______________އޯލް އެބައުޓް މޯލްޑިވްސް

އިންޑިޔާގެ އޯޑިއަންސަށް ކުޅޭ ފުރަތަމަ ދިވެހި ފިލްމު

Posted by allaboutmaldives on August 18, 2009

ކުރީ ޒަމާނުގައި އިންޑިޔާއިން ގެންނަ ހިންދީ ފިލްމު ތަކުގައި ހުންނަނީ ބުޗާގެ ދޮންމަނިކުގެ ސޮއި ކޮށް ސެންސަރު ކޮށްފައެވެ. ފިލްމަކީ އިންޑިޔާގެ އޯޑިއަންސަށް ތައްޔާރު ކޮށްފައި ހުންނަ ފިލް މު ތައް ކަމުން ދިވެހި އޯޑިއަންސަށް ފެތޭ ގޮތަށް ސެންސަރު ކޮށްލަނީ އެވެ. ދިވެހިންނަށް މިފިލްމު ތައް އެޑިޓް ކޮށް އަލުން ބަދަލު ކުރުމުގެ ހައްގު ނޯންނާތީ ހަދާ ގޮތަކީ ކަމު ނުދާ ބައި ކޮންމެވެސް ގޮތަކަށް ގާނާ ލަނީ އެވެ. ފަހުން މިކަން އެޑްވާންސް ވެގެން ގޮސް މަންޒަރުގެ މައްޗަށް މަލެއް އަރުވާފައި ހުއްޓާ ވެސް ފެނެއެވެ.

ކޮންމެއަކަސް ޒަމާން ބަދަލުވެ މިއަދު އަޅުގަނޑު މެނަށް އިވެމުން މިދަނީ އިންޑިޔާގެ އޯޑިއަންސަށް ދިވެހި ޑްރާމާ އެއް ފައްތަން އުޅޭ ވާހަކަ އެވެ. ހަގީގަތުގައި މިއީ ވަރަށް ސިއްރުން ކުޅެން އުޅުނު ފިލްމެއް ކަމުގައި ވިޔަސް އިންޑިޔާގެ ނޫސްތަކުން ވަނީ ފިލްމުގެ ޑައިލޮގް މީގެ ދެތިން ދުވަސް ކުރިން ލީކް ކޮށްލާފައެވެ. ލީކް ކޮށްލި ޑައިލޮގް ގައި ދިވެހި ސަގާފަތާ ނުގުޅޭ ނުވަތަ ދިވެހިން ހިތް ހަމަ ނުޖެހޭ ބައިތަކެއް ހުރުމުން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެހެންކަމުން ވެގެން އުޅޭ ގޮތް ހާމަ ކޮށް ދިނުމަށް ޓަކައި މި ފިލް މުގެ މުހިންމު ބައެއް ކަމުގައިވާ ޑޮކްޓަރ ސަޙާފުގެ ބައި ކުޅުމަށް ހަމަ ޖެހިފައިވާ ފަރާތުން ވަނީ ނޫސް ވެރިންނާ ބައްދަލު ކުރައްވައި ވެގެން އުޅޭ ގޮތް ހާމަ ކުރައްވާ ފައެވެ. އޭނާ ހާމަ ކުރެއްވި ގޮތުގައި އިންޑިޔާގެ ނޫސް ތަކުގައި ޖަހާފައި ވަނީ އިންޑިޔާގެ އޯޑިއަންސަށް ފެތޭ ގޮތަށް އެޑިޓް ކޮށްފައިވާ ސްކްރިޕްޓެކެވެ. އެއީ ފަހަރެއްގައި ވެސް އަސްލު ސްކްރިޕްޓެއް ނޫނެވެ. އަސްލު ސްކްރިޕްޓް ނުވަތަ ޑައިލޮގް ވަނީ ޚާއްސަ ގޮތަކަށް ސިއްރު ކުރެވިފައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ޑޮކްޓަރ ސަޙާފަކަށް ވެސް މި ދެންނެވި އަސްލު ޑައިލޮގް ފެނި ވަޑައިގެންނެވި ކަމަކަށް ނުވެއެވެ

މިދެންނެވި ޑައިލޮގް މިހާ ވަރަކުން ފޮރުވައިގެން މިއުޅެނީ މި ފިލްމުގެ ދެތިން ހަތަރު ކޮޕީއެއް ހެދުމުގެ ބޭނުމުގައި ކަމުގައި ޚަބަރު ލިބެއެވެ. އެއި ތަފާތު ގައުމު ތަކުގެ އޯޑިއަންސަށް ފައްތައިގެންނެވެ. މިގޮތުން ޑޮކްޓަރ ސަޙާފް ފާހަގަ ކުރެއްވި ގޮތުގައި ޗައިނާގެ އޯޑިއަންސަށް ފައްތައިގެން އެޑިޓް ކުރެވޭ ކޮޕީ އެއްވެސް ނެރުމަށް ވަނީ ހަމަ ޖެހިފައެވެ. މީގެ އިތުރުން ލިސްޓްގައި ހިމެނުމަށް ޚިޔާލު ކުރެވޭ ގައުމު ތަކުގެ ތެރޭގައި އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތާއި އެމެރިކާ ހިމެނެއެވެ. އެހެންނަމަވެސް މި ގައުމު ތަކުގެ އޯޑިއަންސަށް މިފި ފިލްމް ކަމުދާނެ ކަމުގެ ޔަގީން ކަމެއް އަދި ލިބިފައެއް ނެތެވެ. އިންޑިޔާ ފިޔަވައި މިކަމަށް ޝައުގު ވި ފަރާތެއް ވެސް އޮތް ކަމެއް އަދި އެނގޭ ކަށް ނެތެވެ.

ފިލްމުގެ އިންޑިޔާ އެޑިޝަންގައި ހުރި ދިވެހިންގެ ހިތް ނުތަނަވަސް ވާ ޕޮއިންޓް ތަކަށް ޑޮކްޓަރ ސަހާފް ވަނީ މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ފިލްމުގެ އިންޑިޔާ ވާޝަން ގައި ވާގޮތުން ދިވެހި ރާއްޖެ އިންޑިޔާގެ ދިފާޢީ ބާރުގެ ދަށަށް ދާނެއެވެ. އެހެނަސް އޮރިޖިނަލް ސްކޮރިޕްޓްގައި ވާގޮތުން ދިވެހި ރާއްޖޭގެ ކަނޑާ ވައިގެ ސަރަހައްދު އިންޑިޔާ ސިފައިންނަށް ހަމަ އެކަނި ހިތަކަށް ލިބޭނީ އެވެ. ފަހަރެއްގައި ވެސް އެމީހުންގެ އަތް ދަށަކަށް ނުދާނެއެވެ. މީގެ އިތުރުން ދިވެހި ރާއްޖޭގެ ސަރަހައްދު ތަކެއްގައި ބަހައްޓާ ރާޑަރ ސިސްޓަމްގެ ކޮންޓްރޯލް އިންޑިޔާ އަށް ލިބޭނެ ކަމުގައި ބުނާ ވާހަކަ ވެސް އަސްލު ސްކްރިޕް ޓްގައި އޮންނަނީ އެހެނެއްނޫނެވެ. އަސްލު ސްކްރިޕްޓްގައި ވާގޮތުން ދިވެހި ރާއްޖޭގެ ރާޑަރ ސިސްޓަމްގެ ހުރިހާ ފޮޓޯ ތަކެއް އިންޑިޔާ   ގެ ދިފާޢީ މަރުކަޒަށް ވަގުތުން ދަނީ އެވެ. އެހެންސް ކޮންޓްރޯލް އޮންނާނީ ދިވެހި ސިފައިންނަށެވެ.

ކޮންމެއަކަސް ދިވެހިންނާ އިންޑިޔާ މީހުން ވެސް ވަނީ މި ފިލްމު ސިނަމާ ތަކަށް އަންނާނެ ދުވހަކަށް ކެތް ބަލިވެފައެވެ. ފިލްމުގެ މުހިންމުކަމާ މަޝހޫރު ކަމާ ހެދި ދިވެހި ރާއްޖޭގެ ޓީވީ ތަކުގައި މިހާރު އެންމެ ހިނގާ ޑްރާމާ ކުޅޭ މަޖިލީހުގެ ޚާއްސަ ރިވިއު އަކަށް ގޮވާލެވުނެވެ. މިކަމަށް ގޮވާލެއްވީ ކުރީގެ މަޝްހޫރު ޓިވީ ތަރިކުއްޓިއެވެ. އެހެނަސް މިފަދަ މުހިންމު ފިލްމެއް ކުޅެ ނިނިމެނީސް އޭގެ ރިވިއު އެއް ހެދުން ރަނގަޅު ނުވާނެކަމުގައި ކޮމިޓީގެ އިއްތިފާގުން ނިންމުނެވެ. ގިނަ ބަޔަކު ލަފާ ކުރަނީ މިފިލްމަކީ އިންޑިޔާ އާ ދިވެހި ރާއްޖޭގެ އިތުރުން ބައިނަލް އަގުވާމީ ފިލްމް ފެއާ ތަކުގައި މޮޅެތި ވަނަތަކެއް ހޯދާނެ ފިލްމެއް ކަމުގައެވެ.   

 

 

 

 

 

Leave a Reply

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>