All About Maldives

whats happening here

ދިވެހިން އިންޑިޔާގެ އަޅުންނަށް ވީއެވެ. އަޅާ ނުލާ ހަމަ ތިބެން ވީ ހެއްޔެވެ

Posted by allaboutmaldives on August 16, 2009

ދިވެހިންގެ ތާރީޚު އެނގެން ފެށި ހިސާބުން ފެށިގެންވެސް ދިވެހި ގައުމާ ތަފާތު ގޮތް ގޮތުން ތޮޅި ހަމަލާ ދެމުން އައި އިންޑިޔާ އަކީ މިޒަމާނުގެ މޮޑަން ދުނިޔެއަށް އަހަރެމެންނަށް ނޭވާ ލެވުނު އިރު ދިވެހި ރާއްޖެއިން ބަޔެއް ދަމައިގެންފައިވާ ގައުމެކެވެ. ހަގީގަތުގައި އިންޑިޔާގެ ބިޔަކަމާއި ހަތިޔާރުގެ ގިން ކަމާއި ތަންތަނަށް އަތް ގަދަ ކުރަން ހުރި ކެތް ބަލި ކަމަށް ބަލަ އިރު ދިވެހި ރާއްޖޭގެ މީހުން އުޅޭ އެންމެ ރަށެއް އެމީހުންގެ އަތުގައި އޮތް އޮތުމަކީ މާބޮޑު ކަމަކަށް ނުވެއެވެ. ކާބަފައިން ވަނީ އިންޑީޔާ މީހުން ރާއްޖެޔާ ތޮޅެން އައި ކޮންމެ ފަހަރަކު ނިކަން ރަނަގަޅަށް ރޭރު ކޮށްލާފައެވެ. މިނިވަން ކަމުގެ ތޢރީޚަށް ބަލާ އިރު ދިވެހިންނަކީ އިންޑިޔާ އަށް ވުރެ ފަޚުރު ވެރި ތާރީޚެއް އޮތް ގައުމެކެވެ. ރާއްޖެއާ ތޮޅެން އައި ކޮންމެ ބަޔަކާ ވެސް ކާ ބަފައިން ވަނީ ފިސާރި ކެރިގެން ކުރިމަތި ލާ ފައެވެ. މިގޮތުން އިންޑިޔާ ހިފައިގެން ތިބި ޕޯޗްގީޒުންނަށް ވެސް ރައްޖެޔާ ކުޅެން ހަދައިގެނ ލިބުނީ ބޮޑު ލަނޑެކެވެ. މިއިރު އިންޑިޔާ އިންޑިޔާ އަކަށް ވީ އިނގިރޭސީންގެ ސަބަބުންނޭ ދެންނެވިދާނެއެވެ. އެއިގެ ކުރިން މަޝްހޫރު މޯގަލުން ކުޅަ ވެރިކަން ފަދަ ވެރިކަމަކީ އެމީހުން ހިތް ނޭދުނަސް އިންޑިޔާގެ މުގައްދަސް ތާރީޚު ކަމުގައި ދައްކަން އޮތް އެމީހުން ހަތުރުން ކަމުގައި ބަލާ މުސްލިމުންގެ ވެރިކަމެވެ.

ފަހުގެ ތާރީޚުގައި އިންޑިޔާގެ އަތްދަށު ނުވެ ދިވެހި ރާއްޖެޔަށް އޮވެވުނީ ދިވެހި ގައުމުގެ ހިންގުންތެރިންގެ ކުލަދާނަ ހިކުމަތުންނެވެ. އެހެންނަމަ ވެސް ދިވެހި ރާއްޖޭގެ ޒަޢާމަތު ކުފޫ ހަމަ ނުވާ މީހަކަށް ލިބި ޕާޓެ ގުރޫޕަކުން ގައުމު ހިންގަން ފެށުމާ އެކު އިންޑިޔާ މިއަދު މިވަނީ އެމީހުންގެ ހިތުގައި ޒަމާނުއްސުރެ އުތުރި އަރަމުން އައި ދިވެހި ރާއްޖެ އަތްދަށު ލުމުގެ މަޝްރޫއަށް އަމަލީ ސިފަ ގެނެސް ފައެވެ.

ދިވެހި ރާއްޖެ އޮތީ ބައިނަލް އަގުވާމީ ކަނޑު ދަތުރު ފަތުރުގެ ވަރަށް މުހިންމު މަގާމެއްގައި ކަން އިންޑިޔާ އަށް އެނގެއެވެ. އެހެން ކަމުން އިންޑިޔާ ކަނޑުގެ ރަސްގެފާނު ކަމުގެ ލަ\ގަބު ހޯދުމަށް އންޑިޔާއިން ކުރަމުން ދާ މަސައްކަތަކީ ކޮންމެ ފަދަ އަގަކަށް ގަންނަން ޖެހުނަސް ގަންނަން އެމީހުން ތައްޔަރަށް އޮތް އެއްޗެކެވެ.

ނަސީބު ދެރަކަމުން މިވަގުތަކީ ޖަލުން ނިކުމެ ވަޑައިގެންނެވި ގުރޫޕުގެ ވެރިކަން ރާއްޖޭގައި އޮތް ދުވަސް ކޮޅެވެ. ޚަޒާނާ ގައި ހުރި ލާރި ކޮޅު ގައުމުން ހަނީ މޫނު ދުވަސް ކޮޅުގެ ތެރޭގައި ހުސް ކޮށްލައި ހަދާނެ ނަހަދާނެ ގޮތެއް ނޭގިގެން ސަލަން ޖަހަން އަތް ދިއްކޮށްލި ދަނޑިވަޅު ބަލާފައި އިންޑިޔާއިން އެއިގެ ބޭނުން ހިފާލީ ވަރަށް މޮޅަށެވެ. ސަތޭކަ މިލިޔަން ރުފިޔަ ދީފައި ދައުވަތު ދީފައި ގެންގޮސް އެރުވީ ސުލާ ޝިރާޒުގެ އެންމެ ތައްޓެކެވެ. މަގިނައިން ބުޔަކަ ނުވެސް ދިނެވެ. ފޮޓޯގްރާފަރަކު ލައްވާ ދެތިން ފޮޓޯނަންގުވާފައި ނޫސް ވެރިޔަކު ލައްވާ އެވާހަކަ ނޫހުގައި ޖެއްސީއެވެ. ފަހުން ބޭނުން ކުރަން ކާލާ މަންނު ގޮތަށް ފޮޓޯ ތަށް ހުރީ ބަހައްޓާފައެވެ. މިފޮޓޯ ތަކުގެ ބޭނުން ކޮށްގެން ކުރި ބްލެކް މެއިލްގެ ނަތީޖާ އަކަށްވީ ޗައިނާ ފަދަ ގައުމު ތަކުން ބިލިޔަނުން ރައްޖޭގައި އިންވެސްޓް ކުރަން ތައްޔާރަށް ތިއްބާ އެއިގެ ބޭނުން ވެސް ނުހިފި ސަތޭކަ މިލިޔަން ޑޮލަރުގެ ލޯނު އެހީޔަކަށް އިންޑިޔާ ޔަށް ދިވެހި ގައުމު ވިއްކާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް ނަޝިދަށް މަޖުބޫރު ވެ ވަޑައިގަތީއެވެ.

އިންޑިޔާ އާއި ރާއްޖެ އާ ދެމެދު ކުރަން ހަމަޖެހިފައިވާ އެއްބަސް ވުމަށް ނުވަތަ އެގްރީ މެންޓަށް ބަލާއިރު ދިވެހި ރާއްޖޭގެ ސަލާމަތީ ހުރިހާ ކަމެއް ބެލެހެއްޓުން އިންޑިޔާގެ ޑިފެންސް ފޯހަ ހަވާލު ކުރެވެއެވެ. އެއީ ކަނޑާއި ވައިގެ މަގުންނެވެ. އެގޮތުން އިންޑިޔާގެ ދެކުނު ކޮމާނޑް ގެ ދަށަށް ދިވެހި ރާއްޖެ ބެލެ ހެއްޓުން އަންނާނެއެވެ. ނަތީޖާ އެއްގެ ގޮތުން އިންޑިޔާގެ ދިފާއީ ނިޒާމުގެ ތެރެއިން ދިވެހި ރާއްޖޭގެ 26 ރަށެއްގައި ރާޑަރު ތަކެއް ބެހެއްޓޭނެއެވެ. މިރާޑަރު ތަކުގެ ސިގްނަލް ސީދާ ލިބޭނީ އިންޑިޔާގައި ހުންނަ ކޮންޓްރޯލް ރޫމަކަށެވެ. އެގޮތުތުން އިންޑިޔާ ކަނޑުގެ ރާއްޖޭގެ ސަރަހައްދު އިންޑިޔާ އަށް ކޮންޓްރޯލް ކުރެވޭނެއެވެ. މީގެ އިތުރުން އިންޑިޔާގެ ވައިގެ ސިފައިންގެ އުޅަނދުތައް ރާއްޖެ މަތިން އަބަދުވެސް އުދުހޭނެއެވެ. އަދި އިންޑިޔާގެ ދެހެލި ކޮޕްޓަރު ދިވެހި ރާއްޖޭގައި ދާއިމީ ގޮތަކަށް ބޭއްވޭނެއެވެ.

މި އެގްރީމެންޓަށް ބަލާއިރު އެންމެ މުހިންމު ގޮތަކަށް ފާހަކޮށްލަން ޖެހޭ ކަމަކީ އިންޑިޔާ ސަރުކާރާ އެކު މިގޮތަށް އެއްބަސް ވުމަށް ފަހު ދިވެހި ސަރުކަރަށް ގައުމުގެ ސަލާމަތާ ބެހޭ އެއްވެސް ކަމެއްގައި އަމިއްލަޔަށް ގޮތެއް ނިންމުމުގެ ބާރެއް ނޯންނާނެއެވެ. އެހެން ގައުމަކާ އެކު ދިފާޢީ އެއްވެސް އެއްބަސް ވުމެއްގައި ސޮއި ކުރުމުގެ ބާރު ވެސް ގެއްލި ދާނެއެވެ. މިއީ އިންޑިޔާގެ ފޮނި ރިޕޯޓަރުން މި ރިޕޯޓް ގެނެސްދިން އިރު އެމީހުން ވެސް ހައިރާން ކުރުވި ޕޮއިންޓެއްކަން އެނގެއެވެ. މީގެ މާނަޔަކީ ދިވެހި ސިފައިންގެ މީހަކަށް އެންމެ ކުޑަމިނުން އިންޑިޔާއިން ބޭރު ކަރަޔަކުން މިލިޓަރީ ޓްރެއިނިނގް އެއް ހެދުމުގެ ދޮރު ވެސް ބަންދު ވުމެވެ.

މި ދެންނެވި ޕޮއިންޓް ތަކަށް ބަލާއިރު މި އެގްރީމެންޓާ މެދު ދެންނެވޭނީ މިއީ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިވެހިން ދިޔަފަދަ ހިމާޔަތުގެ އެގްރީމެންޓެއް ކަމުގައެވެ. އެއިރު ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުންނަށް ވިސްނި ވަޑައިގަތީ ދިވެހި ރާއްޖެފަދަ ކުދަ ގައުމަކަށް ސަލާމަތް ކަން އޮތީ އިނގިރޭސިން ފަދަ ގައުމެއްގެ ހިމާޔަތުގައި ތިބެގެން ކަމުގައެވެ. ނތީޖާ އެއްގެ ގޮތުން ކުރެވި ދިޔަ އެގްރިމެންޓް ނިމި ދިޔައީ އެތައް ދުވަހެއްގެ އަޅު ވެތި ކަމަކުންނެވެ. ދިވަހި ރާއްޖެ އިނގިރޭސިންގެ އަޅުވެތި ކަމުގައި އޮތް ދުވަސް ތަކަށް ވިސްނާލާއިރު އެކަމުން ދިވެހިންނަށް ކުރީ ކޮން ފައިދާ އެއްތޯ ކުރެވޭ ސުވާލުގެ ޖަވާބު ރާއްޖޭގެ އެންމެ ކުޑަ ކުއްޖާވެސް ދޭނެއެވެ.

އެގްރިމެންޓަށް ބަލާއިރު މި އެގްރީމެންޓަކީ މިއަދުގެ ތަހުޒީބު މުޖުތަމަޢެއްގައި ބަޔަކު ހިންގާ އެންމެ ނާ ތަހުޒީބު އަމަލު ކަމުގައި ވެގެން ދާނެއެވެ. މިކަމުގެ ހުރި ގެއްލުމާއި ނުބައި ނަތީޖާ ގައުމުގެ ރައީސް މުޙަންމަދު ނަޝީދަށް ރަނގަޅަށް އެނގިވަޑައި ގަންނަވައެވެ. އެހެނަސް އމަނިކުފާނަށް މަޖުބޫރެވެ. ވެރިކަމުގެ ދަހި ވެތި ކަމުގައި އިންޑިޔާ އަށް ގޮސް ކުރި އާދޭހާ ވެރިކަން ލިބި ވަޑައިގަތުމުން އިންޑިޔާ އަށް ގެންގޮސް ހިއްޕަވަން އެރުވި ސުލާ ޝިރާޒާ ކުރިޔަށް އޮތް ފަސް އަހަރު އިންޑިޔާގެ އެހީގައި ރާއްޖޭގެ ވެރިކަމުގައި ފައި ވިއްދައިގެން ހުރުމުގެ ހުވަފެނާ މިހުރިހާ ކަމެއް އެމަނިކުފާނަށް އެބަ މަޖުބޫރު ކުރުވައެވެ. އެހެނަސް ދިވެހި ރައްޔިތުންނަށް އޮތީ ކޮން މަޖުބޫރެއް ހެއްޔެވެ. މިއަދުވެސް ނަޝީދު ވެރިކަމުން ބޭލުމުގެ ބާރު ރައްޔިތުންނަށް ލިބިގެން ވެއެވެ. އެކަމަކު މިބާރުގެބޭނުން ހިފާހާ ހިތްވަރު އަހަރެމެންގެ ކިބައިގައި އެބަހުރި ބާވައެވެ.

އެނގޭ ކަމަކީ ދިވެހި ރާއްޖޭގެ ވާހަކަ އެނގެން ފެށީއްސުރެ ދިވެހި ގައުމު ދުވަހަކު ވެސް ނުވާފަދަ އަޅުވެތިކަމެއްގެ ތެރެއަށް ދިވެހިން ވަދެގެން ދާން ދެން އޮތީ މަދު ދުވަސް ކޮޅެއް ކަމެވެ. ތާރީޚުގައި ދިވެހި ދަރިޔަކު ގައުމަށް ނުވާފަދަ ޚިޔާނާތް ކެނެރީގޭ ނަޝީދު ގައުމުގެ ރައީސަކަށް ހުންނަވައިގެން ވެވަޑައިގަންނަވަމުން އެގެންދަވަނީ ކަމެވެ. މި ޚިޔާނާތުގައި ގައުމީ ރޫހޭ މިނިވަން ކަމުގެ އުހަލޭ ކިޔައި ދިވެހިންގެ ތެރޭގައި އަޑުއުފުއްލަވަމުން ވަޑައިގެންނެވި މުހަންމަދު އަމީނުގެ ކާފަދަރި އަމީނު ފައިސަލް ވަރަށް ކެރި ހުރެގެން ބައިވެރިވެ ވަޑައިގަންނަވާ ކަމެވެ. މިޚިޔާނަތުގެ މައްސަލައިގައި ނަޝީދަށް އިނގިލި ދިއްލުރެވޭ އިރު ދިވެހި ރާއްޖޭގެ ވެރިކަމުގެ ދަހިވެތިކަމުގައި ނަޝީދަށް ވެރިކަން ހޯދައިދޭން މަރުފަލި ޖަހައި އެކަމަށް ފަޚުރުވެރިވާ މާލޭގެ ދެތިން ޢާއިލާ އެއްގެ މެންބަރުން ވެސް މިކަމަށް ޒިންމާ ވަން ޖެހޭނެއެވެ.

 

  

 

 

 

 

One Response to “ދިވެހިން އިންޑިޔާގެ އަޅުންނަށް ވީއެވެ. އަޅާ ނުލާ ހަމަ ތިބެން ވީ ހެއްޔެވެ”

  1. Ahmed said

    I think this article is just a fairy tale… and are trying to create a big trouble among our local citizens… no one accept former dictator’s puppets will believe this type of fairy tales… what a shame…

Leave a Reply

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>