Posted by allaboutmaldives on August 24, 2009
އިންޓަނޭޝަނަލް ސްކޫލް ތައް ހުންނަނީ ކޮން ތާކު؟
ކޮންމެއަކަސް ދިވެހިންނަށް އިންޓަނޭޝަނަލް ސްކޫލު މިވަނީ ވަރަށް މުހިންމު ތަނަކަށް ވެފައެވެ. މިހިސާބުން އުފެދޭ ސުވާލަކީ އިންޓަނޭޝަނަލް ސްކޫލް ދިވެހިންނަށް ދަސްވީ ކޮން ގޮތަކުން ބަވައެވެ. މިސުވާލުގެ ޖަވާބު ވަރަށް ފަސޭހައިން ލިބޭނެއެވެ. އަވަށްޓެރި ސްރީލަންކާޔާއި އިންޑިޔާ އަދި މެލޭޝީޔާގެ އިންޓަނޭޝަނަލް ސްކޫލު ތަކުގައި ދިވެހި ކުދިން ކިޔަވަން ތިބުމަކީ ފަހަކަށް އައިސް ޢާދަޔަކަށް ވަނީ ވެފައެވެ. އެހެންކަމުން ދިވެހިންނަށް އިންޓަނޭޝަނަލް ސްކޫލް ދަސްވެގެން އުޅެނީ އެގައުމު ތަކުން ކަމުގައި ވުމަކީ ވަރަށް ފަސޭހައިން ގަބޫލު ކުރެވިދާނެ ކަމެކެވެ. Read the rest of this entry »
Posted in Uncategorized | Leave a Comment »
Posted by allaboutmaldives on August 21, 2009
ދިވެހި ރާއްޖޭގެ ވެރިކަމަށް ދަހިވެތި ވެގެން އުޅުނު ދެތިން ޢާއިލާޔަކުން ފާއިތުވި ހައެއްކަ އަހަރުހިންގަމުން އައި ޢަމަލުތަކެއްގެ ނަތީޖާ އެއްގެ ގޮތުން ދެކުނު އޭޝިޔާގެ ބާރު ގަދަ ސިންގާ ކަމުގައިވާ އިންޑިޔާގެ ވަކިތަކުގެ ޝިކާރަޔަކަށް ދިވެހި ރާއްޖޭގެ މިނިވަންކަން ވެ ނިމި ދަނީއެވެ. ދުރާ ލައި ރޭވިގެން އައި މަކަރު ވެރި ރޭވުމެއްގެ ދަށުން ދިވެހި ރާއްޖެ އަޅުވެތި ކޮށް އިންޑިޔާގެ ބާރުގެ ދަށަށް ގެންދިއުމުގެ އެންމެ ފަހުގެ ނިންމުންތައް ނިންމުމަށް އިންޑިޔާގެ ދިފާޢީ ވަޒީރު އެންތަނީ މިއަދު ރާއްޖެ ވަޑައިގެންފިއެވެެ. އެ މަނިކުފާނުގެ މިދަތުރުފުޅުގައި ސޮއި ކުރެވެން އުޅޭ އެއްބަސްވުމަކީ ރާއްޖެއަށް ކިތަންމެ ނުރައްކާ ތެރި އެއްބަސް ވުމަކަށް ވިޔަސް ދިވެހި ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ މުހަންމަދު ނަޝީދަށް ކުރެއްވޭނެ އެއްކަމެއް ވެސް ނެތެވެ. އެމަނިކުފާނު ހުންނެވީ އެމަނިކުފާނުގެ އަމިއްލަ ބަހުރުވައިން ނަމަ ފައިން އެރިފައެވެ. ނަމަވެސް އަޅުގަނޑުމެންގެ ބަހުރުވަޔަށް މިބަސް ތަރުޖަމާ ކޮށްފައި ލިޔާ ނަމަ ލިޔެވޭނީ އެމަނިކުފާނު ހުންނެވީ ސޯޓް ފުޅު ބޭލުއްވެވިފައި ކަމުގައެވެ. Read the rest of this entry »
Posted in Uncategorized | Leave a Comment »
Posted by allaboutmaldives on August 19, 2009
ޢަބްދުﷲ ސަމީރު
ސްކޫލްތައް ޕްރައިވަޓައިޒް ކުރުމަކީ ރައީސް ނަޝީދުގެ އެމްޑީޕީ ސަރުކާރުގެ މައިގަނޑު ޕޮލިސީ ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކޮންމެވެސް ސިފައެއްގައި މިކަން ފެށިގެން ކުރިޔަށް ދާއިރު އާންމުންގެ މެދުގައި ވަނީ ފާޑެއްގެ ނުތަނަވަސް ކަމެއްވެސް އުފެދިފައެވެ. އަމިއްލަ ސްކޫލްތަކުގެ އަގު ބޮޑު ވުމާއި ކިޔަވާދޭ ގޮތާއި މެދު ކުރެވޭ ސުއާލުތަކަކީ ހަގީގަތުގައި އެކަށީގެންވާ ޖަވާބު މިހާތަނަށް ލިބިފައިވާ ސުވާލު ތަކަކަށް ނުވިޔަސް ސަރުކާރުގެ ސްކޫލްތައް އަމިއްލަ ފަރާތްތަކާ ހަވާލު ކުރުން ނުވަތަ “ވިއްކާ”ލުމުގެ މަޝްރޫއަކީ މިއަދުގެ އެޑިޔުކޭޝަން މިނިސްޓަރު އެންމެ ބުރަ ކޮށް ކުރައްވަމުން ގެންދަވާ އެއް މަސައްކަތް ޕުޅެވެ. މި ލިޔުމުގައި ބަލާލާނީ ދިވެހި ރާއްޖޭގެ ސްކޫލްތައް ޕްރައިވަޓައިޒް ކުރުމާ ބެހޭގޮތުން އުފެދޭ ބައެއް ސުވާލުތަކާއި، ކުރި އަރާފައިވާ ގައުމު ތަކުގެ ތަޢުލީމީ ނިޒާމު އޮންނަ ގޮތުގެ މައްޗަށް ރިޢާޔަތް ކޮށް އެސުވާލު ތަކަށް ލިބިގެންދާ ޖަވާބުގެ މައްޗަށެވެ.. Read the rest of this entry »
Posted in Uncategorized | Leave a Comment »
Posted by allaboutmaldives on August 18, 2009
ކުރީ ޒަމާނުގައި އިންޑިޔާއިން ގެންނަ ހިންދީ ފިލްމު ތަކުގައި ހުންނަނީ ބުޗާގެ ދޮންމަނިކުގެ ސޮއި ކޮށް ސެންސަރު ކޮށްފައެވެ. ފިލްމަކީ އިންޑިޔާގެ އޯޑިއަންސަށް ތައްޔާރު ކޮށްފައި ހުންނަ ފިލް މު ތައް ކަމުން ދިވެހި އޯޑިއަންސަށް ފެތޭ ގޮތަށް ސެންސަރު ކޮށްލަނީ އެވެ. ދިވެހިންނަށް މިފިލްމު ތައް އެޑިޓް ކޮށް އަލުން ބަދަލު ކުރުމުގެ ހައްގު ނޯންނާތީ ހަދާ ގޮތަކީ ކަމު ނުދާ ބައި ކޮންމެވެސް ގޮތަކަށް ގާނާ ލަނީ އެވެ. ފަހުން މިކަން އެޑްވާންސް ވެގެން ގޮސް މަންޒަރުގެ މައްޗަށް މަލެއް އަރުވާފައި ހުއްޓާ ވެސް ފެނެއެވެ. Read the rest of this entry »
Posted in Uncategorized | Leave a Comment »
Posted by allaboutmaldives on August 16, 2009
ދިވެހިންގެ ތާރީޚު އެނގެން ފެށި ހިސާބުން ފެށިގެންވެސް ދިވެހި ގައުމާ ތަފާތު ގޮތް ގޮތުން ތޮޅި ހަމަލާ ދެމުން އައި އިންޑިޔާ އަކީ މިޒަމާނުގެ މޮޑަން ދުނިޔެއަށް އަހަރެމެންނަށް ނޭވާ ލެވުނު އިރު ދިވެހި ރާއްޖެއިން ބަޔެއް ދަމައިގެންފައިވާ ގައުމެކެވެ. ހަގީގަތުގައި އިންޑިޔާގެ ބިޔަކަމާއި ހަތިޔާރުގެ ގިން ކަމާއި ތަންތަނަށް އަތް ގަދަ ކުރަން ހުރި ކެތް ބަލި ކަމަށް ބަލަ އިރު ދިވެހި ރާއްޖޭގެ މީހުން އުޅޭ އެންމެ ރަށެއް އެމީހުންގެ އަތުގައި އޮތް އޮތުމަކީ މާބޮޑު ކަމަކަށް ނުވެއެވެ. ކާބަފައިން ވަނީ އިންޑީޔާ މީހުން ރާއްޖެޔާ ތޮޅެން އައި ކޮންމެ ފަހަރަކު ނިކަން ރަނަގަޅަށް ރޭރު ކޮށްލާފައެވެ. މިނިވަން ކަމުގެ ތޢރީޚަށް ބަލާ އިރު ދިވެހިންނަކީ އިންޑިޔާ އަށް ވުރެ ފަޚުރު ވެރި ތާރީޚެއް އޮތް ގައުމެކެވެ. ރާއްޖެއާ ތޮޅެން އައި ކޮންމެ ބަޔަކާ ވެސް ކާ ބަފައިން ވަނީ ފިސާރި ކެރިގެން ކުރިމަތި ލާ ފައެވެ. މިގޮތުން އިންޑިޔާ ހިފައިގެން ތިބި ޕޯޗްގީޒުންނަށް ވެސް ރައްޖެޔާ ކުޅެން ހަދައިގެނ ލިބުނީ ބޮޑު ލަނޑެކެވެ. މިއިރު އިންޑިޔާ އިންޑިޔާ އަކަށް ވީ އިނގިރޭސީންގެ ސަބަބުންނޭ ދެންނެވިދާނެއެވެ. އެއިގެ ކުރިން މަޝްހޫރު މޯގަލުން ކުޅަ ވެރިކަން ފަދަ ވެރިކަމަކީ އެމީހުން ހިތް ނޭދުނަސް އިންޑިޔާގެ މުގައްދަސް ތާރީޚު ކަމުގައި ދައްކަން އޮތް އެމީހުން ހަތުރުން ކަމުގައި ބަލާ މުސްލިމުންގެ ވެރިކަމެވެ. Read the rest of this entry »
Posted in Uncategorized | 1 Comment »
Posted by allaboutmaldives on August 14, 2009
ޢަބްދުﷲ ސަމީރު
ނޯޓް މިވަހަކަޔަކީ ޚިޔާލީ ވާހަކައެވެ. ވާހައިގެ އެއްވެސް ޝަޚުސިއްޔަތަކީ މިވަގުތު ދުނިޔޭގައި ހުރި ނުވަތަ މަރުވެގޮސްފައިވާ މީހަކަށް ނިސްބަތް ކޮށްފައިވާ ޝަޚުސިއްޔަތެއް ނޫނެވެ. ވާހަކައިގެ އެއްވެސް ހާދިސާ އެއް އެއްވެސް ފަރާތެއްގެ ދިރިއުޅުމަށް ނިސްބަތް ވާ ކަމުގައި ހީވާނަމަ އެއީ ހަމަ އިއްތިފާގެވެ. މިވާހަކައިގެ ކޮޕީރައިޓަކީ ލިޔުންތެރިޔާގެ ހައްގެކެވެ. ޝުކުރިއްޔާ
*************************************************
ހަވީރުގެ އެންމެ ފިނި ވަގުތު ކޮޅު އުދަރެހާ ދިމާއިން ވިލާތައް ވިރުވާއަޅަމުން ކަނޑުގެ ސަޠަހަޔަށް ތިރިވެގެން ދާއިރާއެކު ނިމިގެންދަނީ ދުވާލެއްގެ ހަލަބޮލި ކަމެވެ. މަރުހަބާ ކިޔަނީ ހިމޭން ރޭގަނޑަކަށެވެ. ހަމަހިމޭން ކަމުގެ އަގަކަށް ގުރުބާން ކޮށްލަން ޖެހުނީ އިންސާނުންގެ ރޫހަށް ހަލަބޮލިކަމާއި މުރާލި ކަން ގެނެސް ދިން ހޫނުކަމެވެ. އެ އަލީގައި ކޮޅު ކޮޅަށް ހޭލަ މޭލަވި އިރުގެ އަލިކަމެވެ. އެހެނަސް މިއީ ގުދުރަތީ ގާނޫނެވެ. އެއްވެސް ބަދަލަކީ އަގަކާ ނުލާ އަންނާނެ ބަދަލެއް ނޫނެވެ. ބައެއްފަހަރު ހިތާމައެވެ. އަނެއްބައި ފަހަރު އުފަލެވެ. މިއީ ދުނިޔޭގެ ޠަބީއަތެވެ. ތޮށަލި ދުޅަޔަކީ އެއަށް ކިޔަން އެންމެ ރަނގަޅު ނަމެވެ. އިންސާނާޔަކީ ދުނިޔޭގެ މި ސިސްޓަމެޓިކް ގާނޫނުގެ އެންމެ މުހިންމު ބައިވެރިޔާ އެވެ. އެހެންކަމުން އެއިންސާނާގެ ހިތަކީ ވެސް ބަދަލުތަކަށް އެދޭ އެބަދަލު ތައް ދެކެން ބޭނުންވާ ހިތެކެވެ. ގެންނަ ނުވަތަ އަންނަ ބަދަލުގެ ނަތީޖާ ޔާ މެދު ވިސްނާ ލެވޭނީ ގިނަފަހަރަށް މާފަހުންނެވެ. މިއީ ނިކަމެތި އަހަންނަށް ވެސް ހަމަ ވީ ގޮތެވެ. Read the rest of this entry »
Posted in Uncategorized | Leave a Comment »