އަނެއް ރާއްޖޭގެ ފުރަތަމަ މިނިވަން ދުވަސް
Posted by allaboutmaldives on July 26, 2009
ދިވެހި ރާއްޖޭގެ 45 ވަނަ މިނިވަން ދުވަސް މިއަދު ފާހަގަ ކުރަމުން ދާއިރު މިއަދު ގައުމު މިވަނީ ގައުމުގެ ޙަޔާތުގެ ވަރަށް ބޮޑު ބަދަލަކާ ކުރިމަތިލައި ފައެވެ. ދިވެހި ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީ އެއް ލިބި، އެ ޑިމޮކްރްސީ އިން ލިބުނު ބާރުގައި އަނެއް ރާއްޖޭގެ ނަމުގައި ވެރިކަމެއް ފެށިތާ އަދި ކިރިޔާ މިވީ ހައެއްކަ މަސް ދުވަހެވެ. މިނިވަން ދުވަހުގެ ބާނީ ކަމުގައިވާ ކުރީގެ ރައީސް އިބުރާހިމް ނާސިރު ދުނިޔެ ދުކުރައްވައި ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވިތާ ވެސް މިވީ ހަމަ އެހާކަށް ހާ ދުވަހެވެ. އެހެން ކަމުން ފާއިތުވެ ހައެއްކަމަސް ދުވަހުގެ ތެރޭގައި މިނިވަން ދިވެހި ރާއްޖޭގެ ނާ ކުރިޔަށް މިސްރާބަކާ މެދު ފުން ކޮށް ވިސްނާ ފިކުރު ކޮށްލުމަކީ ކޮންމެހެން ކުރަން ވީ ކަމެއް ކަމުގައި ފެނެއެވެ.
ސާޅީސް ހަތަރު އަހަރު ކުރިން ދިވެހިން ބޭނުން ވީ ގައުމު ބޭރުގެ ނުފޫޒުން މިނިވަން ވާށެވެ. ޚާއްސަކޮށް ދިވެހިންނަށް އެއްވެސް ފައިދާއެއް ނެތް ގޮތަށް އިނގިރޭސިންގެ ފަރާތުން ލިބިފައި އޮތް ހިމާޔަތަކީ އެއީ އެއްވެސް ބޭނުމެއް ނެތް ހިމާޔަތެއް ކަމަށް އެއިރުގެ ދިވެހި ރާއްޖޭގެ އިސް ލީޑަރުންނަށް ފެނުނެވެ. ނަތީޖާއެއްގެ ގޮތުން ނުހަނު ހިކުމަތްތެރި ަމާއެކު މަސައްކަތް ކުރައްވައިގެން އިނގިރޭސީންގެ އަތް ދަށުން ދިވެހި ގައުމު މިނިވަން ކޮށް ދެއްވީ ސުމުއްވުލް އަމީރު އިބުރާހިމް ނާސިރެވެ. އެމަނިކުފާނުގެ ފުރާނަ ފުޅަށް ދުވަރުގޭގެ އަރާމުކަން މިން ވަރު ކުރައްވާށިއެވެ.
މީގެ 44 އަހަރު ކުރިން ދިވެހި ރާއްޖެއަށް އިނގިރޭސިންގެ އަތްދަށުން މިނިވަން ކަން ލިބުނު ކަމުގައި ވިޔަސް ރާއްޖޭގެ މިޒަމާނުގެ ޖީލު ގަބޫލު ކުރާގޮތުގައި ދާދި ފަހަކާ ޖެހެންދެން ދިވެހިންނަށް ހަގީގީ މިނިވަން ކަމެއް ނުލިބެއެވެ. ހަގީގީ މިނިވަން ކަން ހޯދުމަށް ފެށި ދަތުރުގައި ދިވެހިން ނަށް ވަނީ ވަރަށް ބޮޑު ކާމިޔާބަކާ ހަމަޔަށް ވާސިލު ވެފައެވެ. އެގޮތުން ފާއިތުވި އަހަރު ނޮވެންބަރު 11 ވަނަ ދުވަހު އަލަށް ހުވައި ކުރި ސަރުކާރާއެކު ދިވެހިންނަށް ވަނީ ޑިމޮކްރަސީގެ ނަމުގައި ދުނިޔޭގައި އޮތް އެންމެ މިނިވަން ކަމަށް ދައުވާކުރާ ހިންގުމުގެ ނިޒާމުގެ ތެރެއަށް ވަދެވިފައެވެ.
ގައުމަށް ގެނެވުނު ޑިމޮކްރަސީގެ އާ ނިޒާމާ އެކު މިނިވަން ކަމުގެ އާރޯޅިޔެއް ފަޒާގައި ވަނީ ފެތުރިފައެވެ. ގާނޫނުން ހިމާޔަތް ލިބިގެން އެކަކު އަނެކަކުގެ އަގު ވައްޓާލުމާ އަގު އެރުވުމާ، ހަމަ އެގާނޫނުގެ ދަށުން ކުށެއް ނެތް މީހުން ކުށްވެރި ކުރުމާ ބޮޑެތި ކުށް ވެރިން މިނިވަން ކުރުން ފަދަ މިނވަން ކަމުގެ ސިފަތައް ދިވެހި ގައުމުންވެސް ވަނީ ފެންނަން ފަށާފައެވެ. އެއްބަޔަކު ކުރީގެ ސަރުކާރާ މިހާރުގެ ސަރުކާރުގެ ކޯޅުމުގައި ޣާފިލު ވެފައިވާއިރު އަނެއް ބަޔަކު ދަނީ އެމީހުނަށް ލިބުނު މިނިވަން ކަމުގެ ބޭނުން އޭގެ އެންމެ ފުރިހަމަޔަށް ކުރަމުންނެވެ. މިގޮތުން ހައްދު ޖެހުމަކީ އިންސާނިއްޔަތާ ޚިލާފު ބޯދާ ކަމެއް ކަމަށް ބުނެ އިސްލާމް ދީނަށް ފުރައްސާރަކުރާއިރު އެއީވެސް މިއަދުގެ ޑިމޮކްރަސީގެ ހަމަތަކުން ލިބިގެންދާ މިނިވަން ކަން ކަމުގައި ބަލަން މިވަނީ ޖެހިފައެވެ. އަނެއްބަޔަކު އެއްޖިންސުގެ މީހުންށް އެކުގައި އުޅެވެން ޖެހޭނެ ކަމަށް ދައުވާކޮށް އަޑު އުފުލަމުން ދާއިރު އެންމެ އަވައްޓެރި އިންޑިޔާގައި އިހަކަށް ދުވަހުނ ފާސްވިފަދަ ގާނޫނެއް ދިވެހި ރާއްޖޭގައި ފާސް ކުރުމަށް ގޮވައިލާނެ ކަމުގެ ބިރުވެސް މިއަދު މިއޮތީ ބޯމަތި ވެފައެވެ. އެފަދަ ހާލަތަކަށް ގައުމު ދިޔަޔަސް ޑިމޮކްރަސީގެ ރީތި ފޭރާމުގެ ތެރެއިން ލިބޭ މިނިވަން ކަމާއި އިންސާނީ ހައްގުގެ އެހީގައި ހެދޭނެ ގޮތެއް އޮތް ކަމަކަށް ވެސް ނުފެނެއެވެ.
އެހެން ކަމުން ދިވެހިން މިވަނީ މިނިވަން ކަމުގެ އާ މަރުހަލާޔަކަށް ދެވިފައި ކަމުގައި ވިސްނަން ޖެހެއެވެ. ސުވާލު އުފެދެނީ މީގެ ކުރިން ދިވެހިން އެމީހުންގެ ގައުމީ ތަރިކައެއް ކަމުގައި ދުށް، ބައެއް މައުނަވީ ހަރުމުދަލަށް މިއަދު ލިބިފައިމިވާ މިނިވަން ކަމުގެ ސަބަބުން ވެގެން ދާނެ ގޮތަކާ މެދުގައެވެ.
ދިވެހިން މިނިވަން ކަން ހޯދުމަށް މަޖުބޫރުވީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި، އެމީހުންގެ ފިއްތުމުގެ ދަށުގައި ނުތިބޭން ކަމުގައި ވިޔަސް، މިއަދު އަޅުގަނޑުމެންގެ ލީޑަރުން ދެކޭ ގޮތުގައި އަޅުގަނޑުމެން ތިބެން ޖެހޭނީ އިނގިރޭސީންގެ ދަށުގައެވެ. ގައުމު ހިންގަން ވާނީ އެމީހުން ބުނާ ގޮތަކަށެވެ. އެހެން ކަމުން އެންމެ ކުދި ކުދި ކަން ކަމުން ފެށިގެން ގޮސް އެންމެ ބޮޑެތި ކަންކަން ނިންމަނީ އެމީހުންގެ މަޝްވަރާޔާ ލަފާގެ ދަށުންނެވެ. ކާބަފައިން ދުށް ގޮތުގައި ދިވެހިންގެ އެންމެ ބޮޑު ރައުސުލް މާލަކީ އިސްލާމް ދީނެވެ. ސަތޭކަ ޕަސެންޓް މުސްލިމު ގއަުމެއްގެ ލަގަބު ދިވެހިންގެ ކޮނޑުގައި އިލިފައި އޮންނަ އޮތުން އެމިހުން ދެކެނީ ފަޚުރެއް ކަމުގައެވެ. އހެނަސް މިއަދު ގައުމުގެ މިސްރާބު ހުރީ އެ ފަޚުރު ހިފެހެއްޓޭ ފަދަ ދިމާޔަކަށް ނޫނެވެ.
އެހެން ކަމުން ސާޅީސް ފަސް ވަނަ މިނިވަން ދުވަސް ފާހަގަ ކުރާއިރު ދިވެހިންނަށް ލިބިގެންވާ މިނިވަން ކަމާ ނުލިބި އޮތް މިނިވަންކަމާ މެދު ފުން ކޮށް ވިސްނާލަން ވަނީ ޖެހިފައެވެ. ދިވެހި ހުރިހާ އަޚުންނާ އުޚުތުންނަށް މިނިވަން ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސް ކުރަމެވެ.
yasiph said
!?! Well that’s funny! I thought this was our 44th Independence day!
allaboutmaldives said
well. Let us start counting, one two three from 1965. if july 26th of 1965 is the first indipendent day of maldives???????????????let us count