All About Maldives ______________އޯލް އެބައުޓް މޯލްޑިވްސް

Archive for July, 2009

އިއްޔެ އާއި މިއަދާއި މާދަމާ

Posted by allaboutmaldives on July 29, 2009

މަގުމަތިން އިވެމުން ދިޔަ އަޑުފަށް ގަނޑެއްގެ ތެރެއިން އިވެމުން ދިޔަ އެއް އަޑަކީ “ނާސިރަށް ބޮޑު ބޮޅެކޭ ނާސިރަށް” މި އަންބާ އެވެ. ގޭގެ ފެންޑާގައި ހުރެ މަގު މައްޗާ ދިމާޔަށް ބަލައިލީމެވެ. ބޮޑު ގާޑިޔާ އެއްގައި ނާސިރު ސިފަކޮށް ދޭ ގޮތަށް މީހަކު ހެދުން އަޅުވައިގެން އޭނަޔަށް ތަޅާ އަދަބު ދޭކަމުގައި ދޭހަވާ ކަހަލަ ރޯލް ޕލޭއެއް ކުޅެމުން މަގުމަތިން މަޑުމަޑުން ދިޔަ ގާޑިޔަލެކެވެ. ގާޑިޔާގެ ވަށައިގެން އެކި ފުރާގެ މީހުން ޖަމާވެ ތިބެގެން ކުރިން ބުނި ފަދަ އަންބާކިޔަމުން މަޑު މަޑުން އޮވެ ދެއެވެ. ކިތަންމެ ދާހިތް ވިޔަސް ބައްޕަ ފެންޑާގެ އުނދޯލީގައި އަވަށްޓެރިޔަކާ ވާހަކަ ދައްކަން ހުރުމުން ނުކުމެގެން ގާޑީޔާ ކައިރިޔަކަށް ދާކަށް ނުކެރުނެވެ. އެވަގުތު ބައްޕަ ޖެހިގެން ހުރި މީހާ ގާތުގައި ބުނެލިއެވެ. Read the rest of this entry »

Posted in Uncategorized | 1 Comment »

އަނެއް ރާއްޖޭގެ ފުރަތަމަ މިނިވަން ދުވަސް

Posted by allaboutmaldives on July 26, 2009

ދިވެހި ރާއްޖޭގެ 45 ވަނަ މިނިވަން ދުވަސް މިއަދު ފާހަގަ ކުރަމުން ދާއިރު މިއަދު ގައުމު މިވަނީ ގައުމުގެ ޙަޔާތުގެ ވަރަށް ބޮޑު ބަދަލަކާ ކުރިމަތިލައި ފައެވެ. ދިވެހި ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީ އެއް ލިބި، އެ ޑިމޮކްރްސީ އިން ލިބުނު ބާރުގައި އަނެއް ރާއްޖޭގެ ނަމުގައި ވެރިކަމެއް ފެށިތާ އަދި ކިރިޔާ މިވީ ހައެއްކަ މަސް ދުވަހެވެ. މިނިވަން ދުވަހުގެ ބާނީ ކަމުގައިވާ ކުރީގެ ރައީސް އިބުރާހިމް ނާސިރު ދުނިޔެ ދުކުރައްވައި ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވިތާ ވެސް މިވީ ހަމަ އެހާކަށް ހާ ދުވަހެވެ. އެހެން ކަމުން ފާއިތުވެ ހައެއްކަމަސް ދުވަހުގެ ތެރޭގައި މިނިވަން ދިވެހި ރާއްޖޭގެ ނާ ކުރިޔަށް މިސްރާބަކާ މެދު ފުން ކޮށް ވިސްނާ ފިކުރު ކޮށްލުމަކީ ކޮންމެހެން ކުރަން ވީ ކަމެއް ކަމުގައި ފެނެއެވެ. Read the rest of this entry »

Posted in Uncategorized | 2 Comments »

އެމް ޑީ ޕީ ގެ ޖަލްސާތަކުގައި ބައިވެރިވަމުންދާ ސީޝެލްގެ ކުރީގެ ރައީސް ސަރ ޖޭމްސް މެންކަމަކީ ކާކު؟

Posted by allaboutmaldives on July 24, 2009

mancham[1]އެމް ޑީ ޕީ، ނުވަތަ ރަސްމީ ނަމުން ނަމަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އުފެދުނީއްސުރެ އެޕާޓީގެ ޖަލްސާތަކުގަޔާއި އެސެމްބްލީތަކުގައި ސީޝެލްސްގެ ކުރިގެ ރައީސް ސަރ ޖޭމްސް މެންކަމް ބައިވެރި ވެ ވަޑައިގަންނަވާތަން އަންނަނީ ފެންނަމުންނެވެ.އެންމެ ފަހުން އިއްޔެ ބޭއްވުނު އެޕާޓީގެ ޖަލްސާގައިވެސް މީނާ ވަނީ ބައިވެ ވަޑައިގެންފައެވެ. މި ޖަލްސާ ގައި ވާހަކަ ފުޅު ދައްކަވަމުން ދިވެހި ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ވަނީ ސަރ މެންކަމަކީ ޑިމޮކްރަސީގެ ނަމޫނާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ޚާއްސަ ކޮށް ވެރިކަމުން ވަކިވެ ވަޑައިގެން އިދިކޮޅު ޕާޓީއެއްގެ ލީޑަރަކަށް ހުންނެވުމުގެ ބަދަލުގައި ކުރީގެ ރައީސުގެ ގޮތުގައި ހުންނެވުން އެމަނިކުފާނު ޚިޔާރު ކުރެއްވި ކަމުގައި ޢިއްޒަތްތެރި ރައީސް ނަޝީދު ވަނީ ވިދާޅު ވެފައެވެ. އެހެން ކަމުން މިފަދަ އަގުހުރި ނަމޫނާ ޝަޚުސިއްޔަތަކީ ކިހިނެއް އުފެދުނު ކިހާވަރެއްގެ ބެފުޅެއްތޯ ބަލާލުމަކީ ކޮންމެހެންވެސް ކުރަން ވެއްޖެ ކަމެއް ކަމުގައި ފެންނާތީ މިތާގައި މި ލިޔެލަނީ ސަރ ޖޭމްސް މެންކަމް އާ ބެހޭގޮތުން އެއްކޮށްލެވިފައިވާ ޚުލާސާ މަޢުލޫމާތު ކޮޅެކެވެ. Read the rest of this entry »

Posted in Uncategorized | 2 Comments »

ސެންޓް ހެލީނާގައި ވަޒަންވެރި ވި ދިވެހިންނަކީ އަޅުންނެއް ނޫން

Posted by allaboutmaldives on July 22, 2009

ޖޯން ޓައިރަލް، އޭނާގެ މަޢުލުމާތު ޙިއްސާ ކޮށް ލައްވަނީ

ޖޯން ޓައިރަލް، އޭނާގެ މަޢުލުމާތު ޙިއްސާ ކޮށް ލައްވަނީ

ސެންޓް ހެލީނާ ގައި ދިވެހި އަޅުން ތަކެއް އަށާރަ ވަނަ ގަރުނުގެ ތެރޭގައި ވަޒަން ވެރިވެފައި ވާކަމަށާއި އެމީހުންގެ ނަމުން ނަންދީފައިފައިވާ މޯލްޑީވާ ކިޔާ ހިސާބެއް ރަށުގެ މެދުތެރޭގައި އޮންނަކަމުގައި ދިވެހި ރާއްޖޭގެ އެންމެ މަޝްހޫރު ދުވަހު ނޫސް ހަވީރުގައި ޝާއިޢު ކޮށްފައި ވި ކަމުގައި ވިޔަސް އެ ރަށުގައި ވަޒަން ވެރިވި މީހުންނަކީ އަޅުން ނޫންކަމުގައި ދިރާސާގެ އަލީގައި ސާބިތު ވެއްޖެއެވެ. ދިވެހި ބަޔަކު ސެންޓް ހެލީނާގައި އަޅުންގެ ގޮތުގައި ވަޒަންވެރި ވެފައިވާކަމަށް ހަވީރު ނޫހުގައި ލިޔުނު ލިޔުމުގައި ހޯދި މަޢުލޫމާތުގެ އަސްލެއް ކަމުގައި ބަލާފައި ވަނީ އިނގިރޭސި ރައްޔިތެއްކަމުގައިވާ ޖޯން ޓައިރަލް، ސެންޓް ހެލީނާ ޔަށް ކުރި ދަތުރާ ބެހޭގޮތުން އޭނާގެ އަމިއްލަ ބްލޮގުގައި ލިޔެފައިވާ ލިޔުމެކެވެ. މި ދެންނެވި ލިޔުމަށް ރިއާޔަތް ކޮށް ހަވީރު ނޫހުގައި ލިޔެފައިވާ ލިޔުމުގައި ހ. ޝަފީގު ގެ ޝަފީގާ ހަވާލާ ދެއްވައި ލިޔުމަށް އިތުރު ބާރު ގެންނަވާފައި ވެއެވެ. ޝަފީގު ވިދާޅުވެފައި ވާކަމުގައި ހަވީރު ނޫހުގައި އޮތް ގޮތުގައި ނަމަ އެފްރިކާޔާއި ޢަރަބި ކަރައިގެ އެކި ހިސާބުގައި ދިވެހިން އަޅުންގެ ގޮތުގައި މަސައްކަތް ކޮތްފައިވާކަން ޝަފީގަށް އެނގި ވަޑައިގަންނަވަވައެވެ. އެހެންނަމަވެސް ތާރީޚީ ގޮތުން ބަޔަކަށް ބަލައިގަނެވޭފަދަ އެއްވެސް ހެއްކެއް ނުވަތަ  އެގޮތަށް އޭނާ އެވިދާޅުވަނީ ކޮން ކަމަކާ ހަވާލާ ދެއްވާ ކަމެއްވެސް ހާމަ ނުކުރައްވާ ތާނގައި ސެންޓް ހެލީނާގެ ވާހަކަ އިވިވަޑައިގަތުމުން ވެސް ޝަފީގު ވިދާޅުވި ކަމުގައި ވަނީ “ތިއީ މަޝްހޫރު ރަށެއް އިނގޭތޯއެވެ.” ތާރީޚީގޮތުން އެފަދަ މަޝްހޫރު ސެންޓް ހެލީނާޔަކީ ކޮން ތަނެއްކަން، އެތަން އެނގި ވަޑައިގަންނަވަނީ ކޮންގޮތަކުން ކަން، ބުނެދެވޭ ފެންވަރުގެ މަޢުލޫމާތެއްވެސް ޝަފީގުގެ ކިބައިގައި ނެތުމުން ތާރީޚީ  މި މުހިންމު ހާދިސާގައި ޝަފީގަށް އެނގި ވަޑައިގަންނަވާ ކަމުގައި ވިދާޅުވާ މަޢުލޫމާތަކީ އެއްވެސް ބަރުދަނެއް ހުރި އެއްޗެއް ކަމުގައި ބެލެވޭކަށް ނެތެވެ. Read the rest of this entry »

Posted in Uncategorized | 1 Comment »

ރައީސް ނަޝީދަށް އެއް ކަމެއް ވެސް ނުކުރެއްވިގެން އުޅުއްވަނީ ކުރީގެ ސަރުކާރުން ކަންތައް ކޮށްފައި އޮތް ގޮތުންނެވެ

Posted by allaboutmaldives on July 16, 2009

ކޮއިމަލާ ކަލޯގެ މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް ހެދުން ރަނަގަޅު ވާނެ ކަމަށް ފެނޭ

ޙަގީގަތުގައި ވެސް ވަރަށް ބޮޑު ތެދެކެވެ. މިއަދު ދިވެހި ގައުމުގެ ހިންގެވުމާ ހަވާލުވެގެން ތިއްބެވި ވެރިންނަށް ދިވެހި ގައުމުގެ ތަރައްގީ އަށްޓަކާ ކަމުގައި ވިޔަސް ނުވަތަ އެނޫން ގޮތެއްގައި ވެސް ރަނގަޅޫ އެއްކަމެއްވެސް ނުކުރެވިގެން އުޅެނީ ކުރީގެ ސަރުކާރުން ކަންތައް ކޮށްފައި އޮތް ގޮތުން ނެވެ. އޭގެ މިސާލެއް ލިޔެލެވެން އަންނަނީ މިކަހަލަ ގޮތަކަށެވެ. Read the rest of this entry »

Posted in Uncategorized | Leave a Comment »