All About Maldives

whats happening here

Archive for June, 2009

ޣައްސާނަށް ކެންޕޭނު ކުރެވޭ ފަދަ އަމާން މާހައުލަކަށް ތިމަރަ ފުށި ވާން އަދި ދެތިން އަހަރު ވަރު ނަގާނެ: ހޯމް މިނިސްޓަރ

Posted by allaboutmaldives on June 28, 2009

ތ. ތިމަރަފުށީ ދާއިރާގެ ވޯޓް ކެންސަލް ކޮށް އަލުން ވޯޓް ލުމަށް ހައި ކޯޓުން ކުރި އަމުރާ ގުޅިގެން  އެދާއިރާގެ  އިންތިޚާބީ ކެންޑިދޭޓެއް ކަމުގައިވާ ޣައްސާނު މައުމޫނަށް އެރަށުގައި އަމާން ކަމާ އެކު ކެންޕޭނު ކުރެވޭ ފަދަ މާހައުލެއްގާއިމު ކޮށް ދެއްވުމަށް ދެއަހަރެއްހާ ދުވަސް ވެސް ނަގައިފާނެކަމަށް ހޯމް މިނިސްޓަރު ވިދާޅު ވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކެމްޕޭނު ދަތުރު ފުޅެއްގައި ތިމަރަފުށްޓަށް ވަޑައިގަތުމުން އެކަމާ ބަޔަކު ހުރަސް އަޅައި އޭނާޔަށް ރަށަށް ފޭބުނަ ނުދިނުމުގެ ހާދިސާޔާ ގުޅިގެން ހަވީރު ނޫހުން ދެންނެވި ސުވާލެއްގެ ޖަވާބުގައެވެ. Read the rest of this entry »

Posted in Uncategorized | Leave a Comment »

މަރުހަބާ ރައީސް: ޑިމޮކްރަސީ ތިއޮތް ފައްކާ ވަނީއެވ

Posted by allaboutmaldives on June 1, 2009

ސަރުކާރުގެ އެންމެ އެތެރޭގެ ކަންތައް އެކަމެއް ހިނގުމުގެ ކުރިން ގެނެސްދޭ ބްލޮގެއް ކަމުގައިވާ އެމްވީ ޖާނަލިސްޓް ގައި “ނިއުމޯލްޑިވްސް ގެ އެރުމާއި ހުލިވުން” މި ސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުން ނިންމާލަމުން ލިޔެފައިވެއެވެ. “އަދި 28 މެއި އައިސް އާ ރައްޔެތުންގެ މަޖިލިސް ހުވާ ކުރިއިރުގައި އެބައެއްގެ ހިތި ނިމުމާއި ކުރިމަތި ލާފައިވަނީ ހަމައެކަނި ތަމަޅަ ޓައިގަރުންތޯ ބައެއް ފަރާތްތަކުން ސުވާލުކުރެއެވެ.” ޖަވާބު އައީ އެލިޔުން ޕަބްލިޝް ކުރި ދުވަހުގެ ފަހު ދުވަހު އެވެ. ޑޮކްޓަރ ޖަމީލް، އެމްޑީޕީ ކޯލިޝަނުން އުފެއްދި ސަރުކާރުގެ މިނިސްޓަރ ކަމުން ވަކި ކުރީ އެވެ. އެހިސާބުން ކުރިން ކުރެވުނު ސުވާލުގެ ޖަވާބު އަހަރެމެންނަށް ލިޔެވެން އޮތީ މިކަހަލަ ގޮތަކަށެވެ. އާނއެކެވެ. ތަމަޅަ ޓައިގަރުންގެ ވެރިޔާ ޕްރަބާކަރަންގެ މަސްގަނޑު އަންދާލެވެނުހެން، ފަސްބައިގައި ލައްކޮޅެއް ނެތް ތިން ޑޮކްޓަރުންގެ ގައުމީ ޕާޓީ ކަފުން ކޮށް ހަރަމަށް އަތް އެރުވީ އެވެ. ބާކީ އޮތީ ޖަނާޒާ އެވެ. ޖަނާޒާ ނިންމާލާނެ ދުވަހެއްވެސް އޮތީ ބަލަންތިބޭށެވެ. އެކަން އޮތީ ރައީސް ގެ އަތްޕުޅު ގައެވެ. Read the rest of this entry »

Posted in Uncategorized | Leave a Comment »