Posted by allaboutmaldives on May 30, 2009

ރީކޯ މޫސަ ވިދާޅު ވާ ގޮތުގައި ކުރިޔަށް އޮތްތާގައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕި އަށް ތާއީދު ކުރާ މީހުން އިތުރު ވެގެންދާތަން ފެނިގެން ދާނެއެވެ. އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާ މުޚާޠަބު ކުރައްވައި މޫސާ މަނިކު މިދެއްކެވި ވާހަކަ ފުޅަކީ އެމީހުނަށް އަޑުއަހަން ވަރަށް ފަސޭހަ އަދި ގަބޫލު ކުރަން ވަރަށް ބޭނުން ވާހަ ފުޚަކަށް ވިއެވެ. އެމީހުނަށް ހަނދާން ނެތިފައި އޮތް ކަމަކީ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު މާ ކުރިން މި ވާހަކަ ފުޅު މިމޭރުމުން ދައްކަވައިފައި އޮތް ކަމެވެ. Read the rest of this entry »
Posted in Uncategorized | Leave a Comment »
Posted by allaboutmaldives on May 29, 2009

އެމްޑީޕީ އާ އެކު ވެރިކަން ހޯދުމަށް އިއްތިހާދުވި ޕާޓީ ތަކުގެ ތެރެއިން ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ފިޔަވައި ދެން ތިބި ހުރިހާ ފަރާތެއްވެސް އިއްތިހާދުގައި ބައިވެރިވީ އަމިއްލަ އެދުމަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވިތާ މާގިނަދުވަހެއް ނުވަނީސް ބޭއްވި ޢާންމު އިންތިޚާބުގައި ލިބުނު ނާކާމިޔާބާއި ގުޅިގެން އިއްތިހާދުގެ އެހީއަށް އެމްޑީޕީގެ ފަރާތުން އަލުން އެދެފިއެވެ. މިގޮތުން ސިޔާސީ ގޮތުން ބޮޑެތި ނާކާމިޔާބާ ކުރިމަތި ވެފައި ވާ ފަރާތްތައް ކަމުގައިވާ މޮނާޒާ ނަޢީމާއި އޭޑީކޭ ނާޝިދުމެން ފަދަ މީހުންނާ އެކު ރީކޯ މޫސާމަނިކު ވަނީ ނޫސް ކޮންފަރެންސެއް ބާއްވައި އިއްތިހާދު އެބައޮތްކަމާއި އިއްތިހާދުގެ އެންމެން ތިބީ އެކަތިގަނޑަކަށް ކަމުގައި ހާމަ ކޮށްފައެވެެ. ހަގީގަތުގައި ރައްޔިތުންގެ ސަޕޯޓެއް ނެތް އިއްތިހާދަކުން ކުރެވޭނީ ކޮން ކަމެއްތޯ އުފެދޭ ސުވާލަށް ދޭނޭ ޖަވާބެއް ރީކޯ މޫސާނިކަށް ވެސް އޮތް ކަމުގައި ދެންނެވޭ ކަށް ނެތެވެ. Read the rest of this entry »
Posted in Uncategorized | Leave a Comment »
Posted by allaboutmaldives on May 29, 2009


އިއްޔެ ހުވައިކުރި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސް ކަމުގެ ގޮނޑި ޑީއާރޕީ،ޕީއޭ ކޯލިޝަން ހޯދައިފިއެވެ. ބޮޑު ތަފާތަކުން އެމްޑީޕިގެ ކެންޑިޑޭޓުން ކަމުގައިވާ އިބުރާހިމް މުހަނމަދު ސާލިހާއި ހަމްޒާ ބަކލިކުރައްވައި ޑީއާރޕީގެ ކެންޑިޑޭޓް ޝާހިދަށް ރައީސްކަން ، ޕީއޭގެ ކެންޑިޑޭޓް ނާޒިމަށް ނައިބު ރައީސް ކަން ލިބުން ވެގެން ދިޔައީ ޑީއާރުޕީ އަށް ސިޔާސީގޮތުން މިފަހަކަށް އައިސް ހޯދުނު އެންމެ ކުލަގަދަ ކާމިޔާބު ކަމުގައެވެ. ހަމަ އެފަދައިން މި ނަތީޖާޔާ އެކު އެންމެ ބޮޑު އިދި ކޮޅު ޕާޓީ ޑީއާރޕީ އާއި ޕީއޭ ގުޅިފައިވާ ކޯލިޝަނަށް އަލަށް ހޮވުނު ރައްޔިތުންގެ މަޖިލީހުގައި ލިބިފައިވާ މަގާމު ހާމަވެގެން ހިނގައްޖެއެވެ. Read the rest of this entry »
Posted in Uncategorized | 2 Comments »
Posted by allaboutmaldives on May 27, 2009

ރައީސް ނަޝީދު ފައްޓަވައިފައިވާ ސިސްޓަމެޓިކް ގޮތެއްގައި މީހުން ހިފައި ކޑަހިނދު ކޮޅަކަށް ހައްޔަރު ކުރުމުގެ ޕްެގަރާމް ގެ ދަށުން ކުރީގެ ރައީސް މައުމޫން ޢަބްދުލް ގައްޔޫމް ހިފައި ހައްޔައރު ކުރުމުމަށް ރޭ މަސައްކަތް ކޮށްފިއެވެ.މި ޕްރޮގްރާމަކީ އާންމު ގޮތެއްގައި މީހުން ނިދާފައި ތިބޭ ގަޑިގައި ގޭ ގެޔަށް ވަދެ ހިފާ ހައްޔަރު ކޮށް ބިޑި އަޅުވާ ޕްރޮގްރާމެއް ކަމުން، ވާނުވާ ބެލުމަށްޓަކައި މައުމޫން އުޅުއްވާ ގެ ކޮޅު އަލިވާގެ ދޮށަށް ރޭ ދަންވަރު ގިނަ ޢަދަދެއްގެ ބަޔަކު އެއްވެ ތިއްބެވެ. މީގެ ތެރޭގައި މައުމޫނު ހައްޔަރު ވިޔަ ނުދޭން ޢަޒުމު ކަނޑައަޅައިގެން ތިބި އެމަނިކުފާނުގެ ސަޕޯޓަރުން ނާއި ވާނުވާ ބަލަން ގޮސް ތިބި މީހުން ވެސް ހިިމެނެއެވެ. Read the rest of this entry »
Posted in Uncategorized | Leave a Comment »
Posted by allaboutmaldives on May 26, 2009

ފާއިތުވެ ދިޔަ ޢާންމު އިންތިޚާބުގައި ސަރުކާރު ހިންގާ އެމްޑީޕީގެ މައްޗަށް ޑީއާރޕީ އާއި ޕީއޭ ގުޅިފައިވާ ކޯލިޝަނަށް ލިބުނު ކާމިޔާބު ފާހަގަ ކުރުމުގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ޕީ އޭ ގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ދެން އޮތީ ވަރުގަދަ ގައުމީ ޖިހާދެއް ކަމުގައެވެ. ކޯލިޝަނުން މަޖިލީހަށް ހޮވި ވަޑައިގެންނެވި ފަރާތްތަކަށް އެމަނިކުފާނު ގޮވައިލެއްވީ ފަސް ޖެހުމެއް ނެތި އެ ޖިހާދަށް އެމަނިކުފާނުގެ ފަހަތްޕުޅުން ނިކުތުމަށެވެ. Read the rest of this entry »
Posted in Uncategorized | Leave a Comment »
Posted by allaboutmaldives on May 26, 2009

ކުރީގެ ސަރުކާރުން ބޮޑެތި ޚިޔާނާތް ތައް ވެފައިވާ މީހުން ހިފާ ހައްޔަރު ކުރުމުގެ ނަމުގައި ރައީސް ނަޝީދު ހިންގަވާޕްރޮގްރާމްގެ ދަށުން ރެޑް ވޭވް ސަލީމްގެ ޕާސް ޕޯޓް ހައްޔަރު ކޮށްފިއެވެ. ޖިނާޢީ ކޯޓްން ނެރެފައިވާ ކޯޓް އަމުރަކަށް ސަލީމްގެ ޕާސްޕޯޓް ހިފައި ހައްޔަރު ކުރުމުގެ އެއްދުވަސް ކުރިން ވަނީ މީމު މެންބަރު ނާޒިމުގެ އަނބިކަނބަލުން ހިފާ ހައްޔަރު ކޮށްފައެވެ. ފުރަގަހަށް ބިޑި އަޅުވައިގެން ގެންގޮސް އޭނާ މިހާރު ވަނީ ފުލުސް އޮފީހުގައި ކަމުގައި މަޢުލޫމަތު ލިބެއެވެ. Read the rest of this entry »
Posted in Uncategorized | Leave a Comment »
Posted by allaboutmaldives on May 25, 2009

“މިރަށުގައިވެސް ފްލެޓް ކޮޅެއް އަޅައިދޭނަން……………، މިރަށުގެ މަސް ވެރިންނަށް މަސް ދޯންޏެއް ދޭނަން……………، މިރަށުގެ ބަނދަރު ވެސް ހަދައިދޭނަން……………….މިރަށުން މަދިރި މަރައިދޭނަން……………….،
މިއީ ފާއިތުވެ ދިޔަ އާންމު އިންތިޚާބުގެ ކެމްޕެއިން ފޯރި ރާއްޖޭގައި ގަދަ ވެފައި އޮތް އިރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުހަންމަދު ނަޝީދުގެ ދޫފުޅުން ނުކުންނަމުން ދިޔަ ތަފާތު ވައުދު ތަކެވެ. Read the rest of this entry »
Posted in Uncategorized | Leave a Comment »
Posted by allaboutmaldives on May 18, 2009
ތިމަރަފުށީގެ ވޯޓް ލުމުގެ ކަންތައް ގޮސްފައި ވަނީ ހަމަ ޖެހިފައިވާ އުސޫލްތަކާ ޚިލާފަށޭ، އެއިގެ ތެރޭގައި ގާނޫނާ ޚިލާފު ކަންތައް ވެސް ހިމެނެޔޭ، އިލެކްޝަންސް ކޮމިޝަންސް އިން ރަސްމީ ކޮށް ބުނުމުގެ މާނަޔަކީ އެވޯޓ،ް އެއީ ސައްހަ އެއްޗެއް ކަމުގައި އެ ކޮމިޝަނުން ވެސް ގަބޫލު ނުކުރުމެވެ. އެހެންސް މިގޮތަށް ވިދާޅުވި ބަޔާން ކޮމިޝަންގެ މެމްބަރު ދެއްވުމާ ވިިދިގެން ދެން ފެނިގެން ދިޔައީ އިލެކްޝަންސް ކޮމިޝަންގެ ދޮށަށް، ސަރުކާރުގެ އިސް ވެރިންނާއި ބައެއް މިނިސްޓަރުން ހިމެނޭ ގޮތުން އެމްޑީޕީގެ އެކްޓިވިސްޓުން ތަކެއް އެއްވި މަންޒަރެވެ.ކޮމިޝަންގެ ރައީސްގެ މޫނަށް ފެން ފުޅިޔަކުން ހަމަލާދީ އިންޒާރުދެވުނު، މި އެއްވުން ނިމިގެން ދިޔައީ ރައީސް މުހަންމަދު އިބުރާހީމް ފުދޭވަރަށް ‘ސައިޒަށް’ ތިރިކޮށްފައެވެ.އިތުރަށް އެކަތިވެސް ނުބުނެވޭ ވަރަށް ބިރު ގަންނުވާފައެވެ. Read the rest of this entry »
Posted in Uncategorized | Leave a Comment »
Posted by allaboutmaldives on May 16, 2009
ދިވެހި ރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާގެ ތިން ވަނަ ރައީސްގެ ފުރަތަމަ ރަސްމީ ބަޖެޓްގެ ހިސާބު އަދަދު ތަކަށް ބަލައިލުމުން ކަންބޮޑުވާން ޖެހޭ އަދަދު ތަކެއް ފާހަގަ ކުރެވެއެވެ. މީގެ ތެރޭގައި ބަޖެޓަށް ލިބޭނެ ކަމަށް ލަފާ ކުރާ މިންވަރާ އެ ފައޮިސާ ޚަރަދު ކުރާނެ ގޮތަކާ މިހެން ގޮސް ތަފާތު ކަންތަކެއް ހިމެނެއެވެ. މި ލިޔުމުގައި ބަލާލަން ގަސްދު ކުރަނީ މީގެތެރެއިން އެއާޕޯޓް ވިއްކައިގެން، ނުވަތަ މިއަދުގެ ސަރުކާރުން ކިޔާ ގޮތުން ނަމަ ޕްރައިވަޓައިޒް ކޮށްގެން، ބަޖެޓަށް ލިބޭނެ ކަމަށް ލަފާ ކޮށްފައިވާ އެތައް މިލިޔަން ރުފިޔާޔަ ބެހޭ ގޮތުންނެެ. Read the rest of this entry »
Posted in Uncategorized | Leave a Comment »