All About Maldives ______________އޯލް އެބައުޓް މޯލްޑިވްސް

ޑޮކްޓަރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަށް ޖަމީލާއި އަބދުﷲ މުހަންމަދު ހައްޔަރުކުރުމުގެ ފަތުވާ ނެރެވުނީ އޮޅުމަކުން

Posted by allaboutmaldives on January 24, 2012

މުސްކުޅިން ބުނެ އުޅެއެވެ. މީހުން ދަސްވަނީ އެއް އޮޑިން ދަތުރު ކޮށްލީމައެވެ. ޑޮކްޓަރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަކީ މިގޮތަށް މަޑުމަޑުން ދިވެހިންނަށް ދަސްވަމުން އެނގެމުންދާ ބޭފުޅެކެވެ. ޤުރުއާނުގެ ޢިލްމުން ޕީ އެޗް ޑީ ނަންގަވައިގެން ވަޑައިގަތުމުން ގިނަބަޔަކު އެމަނިކުފާނަށް ގަދަރާ އިހުތުރާމް ކުރިއެވެ. ރާއްޖެއަށް ދިމާވި ޑިމޮކްރަސީގެ ކޮޅިކަނޑުގެތެރޭގައި ވެސް ޑޮކްޓަރ މަޖީދު ހުންނަވާ ކޮޅެއް ބަލައި އެކޮޅެއް ޚިޔާރު ކުރިމީހުންގެ ޢަދަދު ވެސް މަދެއް ނޫނެވެ. ރައީސް ނަޝީދުގެ ސަރުކާރުގެ ދީނީ މިނިސްޓަރ ގެ ހައިސިއްޔަތުން ޑޮކްޓަރ މަޖީދު ގެ ސިޔާސަތާއި އެމަނިކުފާނުގެ ޢަމަލުފުޅުތައް ރައްޔިތުން ނަށް މިއަދު މިދަނީ ވަރަށް ގާތުން ފެންނަމުންނެވެ. ފެންނަ ކަންތަކުގެ މައްޗަށް ބުރަވެ އެމަނިކުފާނުގެ އިލްމީ ބުރަދަނާ ސިޔާސީ ގާބިލް ކަން ހުރި މިންވަރު އެންމެންގެ ކުރިމަތީގައި މިއަދުމިދަނީ އެނގި ހާމަވަމުންނެވެ Read the rest of this entry »

Posted in ސިޔާސީ ފަޑު ކިޔުން | 2 Comments »

ސޯނިޔާ ގާންދީގެ މެސެޖެއް ރައީސް ނަޝީދަށް

Posted by allaboutmaldives on January 20, 2012

އިންޑިޔާގެ ވެރިކަން ކުރާ ޕާޓީގެ ލީޑަރ ސޯނކިޔާ ވިދާޅު ވިއެވެ. އެބައެއްގެ ބިމާ، ފެނާ، ކޯރުތަކާ، ފަރުބަދަތަކާ ވިއްކައިލައިގެން ލިބޭ ނަފަޔަކީ ތަރައްގީ އެއް ނޫނެވެ. އެވާނީ ކޮރަޕްޝަނަށެވެ. އެކަމަނާ މިހެން ވިދާޅުވީ މިހާރު އިންޑިޔާ ގައި ހިނގަމުންދާ އިލެކްޝަން ކެމްޕޭނުގައި، ބީޖޭޕީ ގެ ސަރުކާރަކުން ހިނގާ ސްޓޭޓެއްގައި ވާހަކަ ދައްކަވަމުންނެވެ. ބީޖޭޕީގެ ސްޓޭޓެއްގައި އެކަމަނާ މި ވާހަކަ ފުޅު ދެއްކެވި ކަމުގައި ވިޔަސް ހަގީގަތުގައި މި ވާހަކަ ފުޅު އެންމެ ފުރިހަމަޔަށް ނިސްބަތް ވަނީ އެކަމަނާގެ ސަރުކާރުގެ އެއްބާރު ލުމާ އެކު ދިވެހި ރާއްޖޭގެ ވެރިކަން ކުރައަވަމުން ގެންދަވާ ރައީސް ނަޝީދަށެވެ Read the rest of this entry »

Posted in ސިޔާސީ ފަޑު ކިޔުން | Leave a Comment »

ގާޒީ ނެތި ކޮށްލައި ޖަމީލު ރާއްޖެއިން ބޭރު ކުރުމަކީ ރައީސް ނަޝީދުގެ މައިގަނޑު މަގުސަދެވެ

Posted by allaboutmaldives on January 19, 2012

ސިފައިންގެ ފައުޖަކުން ގޮސް އިސް ގާޒީ ހިފާ ހައްޔަރު ކޮށް ވީނުވީ ތަނެއް ނޭނގޭ ގޮތަށް ބަންދު ކޮށްގެން އުޅޭތާ ތިން ދުވަސް ވީ އިރު ދިވެހި ގައުމީ ޕާޓީގެ އިސް ބޭފުޅެއް ކަމުގައިވާ ޑޮކްޓަރ ޖަމީލު ކޮންމެ ދުވަހަކު އެއްފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ގެންދަނީ ހައްޔަރު ކުރަމުންނެވެ. ކޯޓު ތަކުގު ތަކުގެ އަމުރަށާއި މިނިވަން މުއައްސަސާތަކުގެ ގޮވާލުމަކަށް އިޖާބަ ދިނުމެއް ނެތިއެވެ Read the rest of this entry »

Posted in ރިޕޯޓް | 1 Comment »

އަބްދުﷲ ގާޒީ މަރުގެ ތުންފަތް މަތީގައި ، ޢާއިލާޔަށް ވީނުއެއް ނޭނގޭ

Posted by allaboutmaldives on January 18, 2012

ކްރިމިނަލް ކޯޓުގެ ގާޒީ އަލް އުސްތާޒު އަބުދުﷲ މުހަންމަދުގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އޭނާ މިވަގުތު ވަނީ ދިވެހި ރާއްޖޭގެ ސިފައިންގެ ބެލުމުމުގެ ދަށުގައި ހުންނަ ގިރފުށީ މެޑިކަލް ސެންޓަރުގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ. ނަން ހާމަ ކުރަން ފަސް ޖެހޭ ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ގާޒީގެ އަނގައިންނާއި ނޭފަތުން ގިނަ އަދަދެއްގެ ލޭ ފައިބައިފައި ވެއެވެ Read the rest of this entry »

Posted in ކުއްލި ޚަބަރު | 2 Comments »

ޝޭޚު ހުސޭނަކަށް ތިހެނެއް ނުކިޔޭނެ

Posted by allaboutmaldives on January 16, 2012

ޝޭޚު ހުސޭނު ބުންޏެވެ. މީހަކު މުރުތައްދު ވެއްޖެކަން ކަނޑައަޅާނީ ކޯޓުންނެވެ. މިއަޑު އަހާފައި އަޅެ ހިންޏެއް ނާދޭ ހެއްޔެވެ. މިއޮތް ހުރިހާ ދުވަހު އަހަރެމެން ހީކޮށްގެން ތިބީ މީސްތަކުންގެ އިސްލާންކަމާ ކާފަރު ކަން ކަނޑައެޅުމުގެ ފާހެއް މީނާ ގެ އަތުގައި އޮންނަކަމަށެވެ. މީނާ ބުނެފައި ވެއެވެ. މައުމޫނަކީ ކާފަރެކެވެ. އެ އަޑު އަހައި ގިނަބަޔަކު މައުމޫނު ދެކެ ބިރު ގަތެވެ. މުސްލިމަކު ކާފަރު ވެއްޖެއްޔާ އމީހަކީ މުރުތައްދު ވީ މީހެއް ކަމަށް ބަލައި ދީނުގައި އޮންނަ ހުކުމަކުން ހުކުމް ކުރަން ޖެހޭތީ މައުމޫނު މަރަން ވެސް ބަޔަކު ގޮވާލިއެވެ Read the rest of this entry »

Posted in ސިޔާސީ ފަޑު ކިޔުން | 1 Comment »

ހޯމް މިނިސްޓަރަކަށް ތިހެނެއް ނުކިޔޭނެ

Posted by allaboutmaldives on January 16, 2012

ޑޮކްޓަރ ޖަމީލާއި ސަންދާނު އަހުމަދު ދީދީއަށް އެމީހުން ދެއްކި ވާހަކަ ފުލުސް އޮފީހުގައި ސާބިތު ކޮށް ނުދެވުނު ކަމަށް ވިދާޅުވެ ދިވެހި ރާއްޖޭގެ ހޯމް މިނިސްޓަރ ހަސަން އަފީފު ދެއްކެވި ވާހަކަ ފުޅަކީ ތަންދޮރު ފިލާ ފައި ހުރި ކުޑަކުއްޖަކުވެސް ހަމަ ހޭގައި ހުރެގެން ދައްކާ ވަރަށް ވުރެ ދޯދިޔާ ވާހަކައެކެވެ. Read the rest of this entry »

Posted in ސިޔާސީ ފަޑު ކިޔުން | 1 Comment »

ވެލާނާގެ އަކީ ދިވެހި ސަރުކާރަށް ނަގައިފައިވާ ގެއެއް ނޫނެވެ.

Posted by allaboutmaldives on July 14, 2011

 

ވެލާނާގެ އަކީ ކުރީގެ ރައީސް އިބުރާހިމް ނާސިރުގެ ގެކޮޅެވެ. މިގެކޮޅު މިއަދު މިވަނީ ދިވެހި ސަރުކާރުގެ މިލްކަކަށް ވެ އެތަނުގައި ސަރުކާރުގެ ހައިބަތު ހުރި  އިމާރާތެއް ބިނާ ކޮށްފައެވެ. ސުވާލަކީ ވެލާނާގެ، ސަރުކާރުގެ ދަށަށް ދިޔައީ ކިހިނެއް ހެއްޔެވެ. މިސުވާލު އުފައްދަން ޖެހުނު ސަބަބަކީ، ވެލާނާގެއަކީ މައުމޫނުގެ ސަރުކާރުން ގަދަކަމުން ނަގައިފައިވާ ނާސިރުގެ މިލްކެއްކަމުގައި މިއަދު ގިނަ ބަޔަކު ވާހަކަ ދައްކަމުން ގެންދާތީއެވެ. ޚާއްސަ ކޮށް،  އިހަށް ދުވަހު މާލޭ ސިޓީ ކައުންސިލުން އިގުރާރު ވި ކިނބިގަސްދޮށުގެ ސަރުކާރަށް ނެގުމުމުގެ ތާރީީޚީ ގަރާރާ ގުޅިގެން މީހުން ފާޅު ކުރަމުންދާ ޚިޔާލު ތަކުގައި ވެލާނާގެ ސަރުކާރަށް ނެގި ގޮތަށް ކިނބި ގަސްދޮށުގެ ވެސް ނެގެން ޖެހޭނެ ކަމަށް ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ތާރީޚީ މި މުހިންމު ހާދިސާ އަކީ ހަގީގަތާ އެއްގޮތަށް އެންމެނަށް އެނގެން ޖެހ|ޭނެ ކަމެއްކަމުގައި ފެންނާތީ ވެސް މެއެވެ Read the rest of this entry »

Posted in ރިޕޯޓް | 1 Comment »

ޖިނންސް ބަދަލު ކުރުމާއި އެއް ޖިންސުގެ ގުޅުން ހިންގުމަކީ އެއްވެސް މައްސަލަ އެއް ނޫން ކަމުގައި އެމްޑީޕިގެ ޗެއާ ޕާސަން މާރިޔާ އަހްމަދު ދީދީ ވިދާޅު ވެއްޖެ

Posted by allaboutmaldives on June 10, 2011

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ހިމެނި ވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ އިސް ވެރިން ބައިވެރިވެ ވަޑައިގަންނަވައިގެން  ތޮއްޑޫގައި ބޭއްވި ހަފުލާއެއްގައި އެމްޑީޕީގެ ޗެއާ ޕާސަން މާރިޔަ އަހުމަދު ދީދީ އިސްލާމް ދީނަށް ވަރަށް ބޮޑަށް ފުރައްސާރަ ކުރައްވައިފިއެވެ. ހުޅަނގުގެ ލާދީނީ މީހުންގެ ތެރޭގައި ވެސް އަބުރު ވެރި މީހުން އަޑު އަހަން ކަމު ނުދާފަދަ ލަވަ ކިޔުމަށް މަޝްހޫރު ލޭޑީ ގާގާ ގެ ލަވައެއް ކަމުގައި ވާ “ބޯން ދިސްވޭ” (އުފަންވީ މިގޮތަށް) ތޮއްޑޫ ގައި ހަރު އަޑުން ވިދާޅު ވެ، މަރިޔާ ވަނީ އެލަވައިގައި ވާ އިސްލާމް ދީނާ ޚިލާފު ވާހަކަތަކަށް މުޖުތަމަޢުގެ ޒުވާނުންގެ ހިތް ތައް ލަންބުވާލުމަށް ބާރު އަޅުއްވާފައެވެ Read the rest of this entry »

Posted in ޚަބަރު ދިރާސާ | 2 Comments »

މުސްލިމު އުންމަތާ އެކަހެރިވެ އިޒުރޭލާ ގާތަށް ދިވެހިން ގެންދަނީ

Posted by allaboutmaldives on June 7, 2011

 ދުނިޔޭގެ އެތައް މުސްލިމް ގައުމެއްގެ ތެރެއިން އެންމެ ދެތިން ގައުމު ފިޔަވައި އެހެން ގައުމު ތަކުން އިޒުރޭލުގެ މަތިންދާ ބޯޓު ތައް އެގައުމު ތަކަށް ދަތުރު ކުރަން ހުއްދަ ނުދިން ކަމުގައި ވިޔަސް ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ ދިވެހި ރާއްޖެ މިއަދު މިވަނީ މުސްލިމުންނާ ދޭތެރޭ ލާއިންސާނީ އަމަލުތައް ހިންގަމުންދާ އިޒުރޭލުގެ މަތިންދާ ބޯޓު ތައް މިގައުމަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ދީފައެވެ. ޓުއަރިސްޓުންގެ ގޮތުގައި ރާއްޖެ އަންނަން ބޭނުންވާ އިޒުރޭލުގެ ރައްޔިތުންނަށް އެ ފުރުސަތު ދޭންޖެހޭނެ ކަމުގައި ވިދާޅު ވެ ދިވެހި ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު ގެންދަވަނީ ދިވެހިންގެ ގިނަބަޔަކު ދެކޮޅު ހަދަމުން ގެންދާ މި ޢަމަލު ރަނގަޅު ކަމުގައި ދައްކަވަމުންނެވެ. Read the rest of this entry »

Posted in ދިރާސާ | Leave a Comment »

އަލީ ވަހީދު ބުންޏަސް ތެދެއް ވާނީ ތެދަކަށެވެ

Posted by allaboutmaldives on May 24, 2011

އަބްދުﷲ ސަމީރު 

ޑީ އާރޕީ އިން ވަކިވެ އެމްޑީޕީ ގެ ޕޯޑިއަމްގައި ވާހަކަ ދައްކަމުން ތޮއްޑޫ ދާއިރާގެ މެމްބަރ އަލީ ވަހީދު ބުނި ގޮތުގައި ސަރުކާރުގައި ޕްލޭނެއް އެބައޮތެވެ.  އިދި ކޮޅު ފަރާތްތަކުގައި އޮތީ ގޯހޭ ގޯހޭ ގޮވުމެވެ. ރަނގަޅު ވާހަކައެކެވެ. އެހެނަސް  އަލީ ވަހީދަށް ނޭނގުނު ކަމަކީ ސަރުކާރެއް ވެއްޖެއްޔާ ޕްލޭނެއް އޮންނާނެ ކަމެވެ. އޮންނަން ޖެހޭނެ ކަމެވެ.  އެ ޕްލޭނެއްގައި ހުންނަ ރަނގަޅު ކަންތަކާއި ނުބައި ކަންތަކަށް ފާރަ ވެރިވާ ބަޔަކީ އިދިކޮޅު ފަރާތް ކަމުގައި ވާ ހިނދު އެފަރާތުން މައިގަޑު ގޮތެއްގައި ކުރާނެ ކަމަކީ ސަރުކާރުން ނުރަނގަޅު ކޮށް ކުރާ ކަންތަކަށް ފާޑު ކިޔުން ކަމެވެ.  އަލީ ވަހީދުގެ ބަހުން ނަމަ ގޯހޭ ގޯހޭ ގޮވުން ކަމެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އިދި ކޮޅު ޕާޓީތަކުން ކުރާނެ ކަމަކީ އެއީ ކަން އަލީ ވަހީދަކަށް ނޭނގުނެވެ Read the rest of this entry »

Posted in ރިޕޯޓް | 2 Comments »

 
Follow

Get every new post delivered to your Inbox.